Datasets:
text
stringlengths 102
30.8k
| summary
stringlengths 3
7.7k
|
|---|---|
ރާއްޖެއެކޭ އެއްގޮތަށް އިސްލާމީ ގިނަ ގައުމުތަކަށް މި އަހަރުގެ މުލަރޯދަ ދުވަހަކީ، މާދަމާ ކަމަށް އެ ގައުމުތަކުން ރޭ އިއުލާންކޮށްފި އެވެ.އިއްޔެ އަކީ ޝައުބާން މަހުގެ 29 ވަނަ ދުވަސްކަމުގައި ވިޔަސް، ރޭ ހަނދު ނުފެންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުތަކުން ދައްކާފައިވާ އިރު، އިސްލާމީ އެއްވެސް ގައުމަކަށް ރޭ ހަނދު ފެނިފައެއް ނުވެ އެވެ. އެގޮތުން ރާއްޖެ އަށް ވެސް ރޭ ހަނދު ސާބިތުނުވާތީ އާއި އިސްލާމީ އެއްވެސް ގައުމަކަށް ރޭ، ރަމަޟާން މަހުގެ ހަނދު ސާބިތުވެފައި ނުވާތީ، މިއަދަކީ ޝައުބާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި، މާދަމާ އަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީން ރޭ ވަނީ އިއުލާންކޮށްފަ އެވެ.ސައޫދީ އަރަބިއްޔާ، މިސްރު، ލުބްނާން، ޔަމަން، ގަތަރު، ބަހްރައިން، ތޫނިސް، ސީރިޔާ، ޖޯޑްން، ފަލަސްތީން، މޮރިޓޭނިޔާ، އެމިރޭޓްސް، ސޫދާނުން ވެސް، މި އަހަރުގެ މުލަރޯދަ ދުވަހަކީ މާދަމާ ކަމަށް އެ ގައުމުތަކުގައި ރޭ އިއުލާންކުރި އެވެ. މިއިން ކޮންމެ ގައުމަކުން ވެސް ބުނި ގޮތުގައި އެއިން އެއްވެސް ގައުމަކަށް ރޭ ހަނދު ފެނިފައެއް ނުވެ އެވެ. މީގެ އިތުރުން އިރާގުގެ ސުންނީން ވެސް އިއުލާންކޮށްފައިވަނީ މި އަހަރުގެ ރޯދަ މަސް ފެށޭނީ ހޯމަ ދުވަހު ކަމަށެވެ.އިރާގުގެ ޝީއީން އަދި ވަކި ގޮތެއް އިއުލާނެއް ނުކުރެ އެވެ. ބޮޑަށް ބެލެވޭ ގޮތުގައި އިރާގުގެ ޝީއީން ވެސް ގޮތެއް ނިންމާނީ ލުބްނާންގެ ޝީއީން ކަނޑައަޅާ ގޮތަކަށެވެ. ލުބްނާންގެ ޝީއީންގެ އެންމެ މަތީ މަޖިލީހުން ބުނެފައިވަނީ ރޯދަ މަސް ފެށޭނީ ހޯމަ ދުވަހު ނުވަތަ އަންގާރަ ދުވަހު ކަމަށެވެ. ނަމަވެސް ލުބްނާންގެ ޝީއީންގެ މައި ޖަމާއަތަކުން ބުނެފައިވަނީ މުލަރޯދަ ދުވަހަކީ މާދަމާ ކަމަށެވެ.ސައޫދީ އަރަބިއްޔާގެ ހައި ކޯޓުން ބުނި ގޮތުގައި މުލަރޯދަ ދުވަހަކީ މާދަމާ ކަމަށް ކަނޑައެޅީ، އިއްޔެ އިރު އޮއްސުމަށް ފަހު ހަނދު ނުފެނުމުންނެވެ. އެ ގައުމުގައި ހަނދު ބެލުމަށް ބޮޑެތި ޖައްވީ ދުރުމިތައް ބޭނުންކުރި އެވެ. އެ ގޮތުން ކަނޑުގެ ސަތުހުން ފެށިގެން 2000 މީޓަރު އުހުގައި ޖިއްދާގެ ފަރުބަދައެއް މަތީގައި ހަދާފައި ހުންނަ ފަލަކީ މަރުކަޒުގައި ހުރި ދުރުމިތަކުން ބެލުމުން ވެސް ހަނދު ނުފެންނަ ކަމަށް އެ ގައުމުން ބުނެފައިވެ އެވެ.މިސްރުގެ ދާރުލް އިފްތާއުން ބުނި ގޮތުގައި ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމަށް އެ ގައުމުގެ ތަފާތު ޕްރޮވިންސްތަކުގައި އެކުލަވާލާފައިވާ ޝަރުއީ އަދި އިލްމީ ކޮމިޓީތަކަށް ވެސް، އެއްވެސް ފަރާތަކުން ރަމަޟާން މަހުގެ ހަނދު ސާބިތުކޮށްދީފައިނުވާތީ، މިއަދަކީ ޝައުބާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމުގައި ކަނޑައެޅީ އެވެ.އަބޫދާބީގެ ހަނދު ބެލުމާ ބެހޭ ކޮމިޓީން ބުނެފައިވާ ގޮތުގައި މިއަދަކީ ޝައުބާން މަހުގެ 30 ވަނަ ދުވަހެވެ. އަދި އޮގަސްޓް 1ވާ ހޯމަ ދުވަހަކީ މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައެޅީ، ޝަރުއީ ހަމަތަކުގެ މަތިން ރޭ އަބޫދާބީ އަށް ހަނދު ސާބިތުވެފައި ނުވާތީ އާއި އަވައްޓެރި އިސްލާމީ އެއްވެސް ގައުމަކަށް ވެސް ހަނދު ސާބިތުވެފައި ނެތުމުން ކަމަށް ވެސް އެ ކޮމިޓީން ބުނެފައިވެ އެވެ.އިސްލާމީ ހުރިހާ ގައުމުތަކާ ޚިލާފު ގޮތަކަށް ހަނދު ސާބިތުކުރާ ލީބިޔާ އިން ވެސް މި ފަހަރު ރޯދަ ހިފަން ފަށާނީ މާދަމާ ކަމަށް އެ ގައުމުގެ ޖަސްޓިސް މިނިސްޓްރީން އިއްޔެ ވަނީ އިއުލާންކޮށްފަ އެވެ.ނަމަވެސް އިސްލާމީ ގައުމުތަކަށް ވުރެ އެއް ދުވަސް ފަހުން ޝައުބާން މަސް ފަށާފައިވާ އުންމާން އިން ހަނދު ބަލަން ނުކުންނާނީ މިއަދު އިރު އޮއްސޭ ގަޑީގަ އެވެ. އުންމާނަށް މިއަދަކީ ޝައުބާން މަހުގެ 29 ވަނަ ދުވަސް ކަމަށް ވާތީ، ރަމަޟާން މަހުގެ ހަނދާ މެދު އެ ގައުމުން ގޮތެއް ނިންމާނީ މިއަދުގެ އިރު އޮއްސުމަށް ފަހުގަ އެވެ.ރޯދަ މަހުގެ މުނާސަބަތުގައި އިސްލާމީ ބައެއް ގައުމުތަކުގައި މިހާރު ވަނީ "ރޯދަ ބާޒާރު"ތައް ހުޅުވައިފަ އެވެ. އެ ގޮތުން ޕާކިސްތާނުގެ އެކި ސަރަހައްދުތަކުގައި ރޯދަ މަހު ކާބޯތަކެއްޗާއި ކާޑުގެ ބާވަތްތައް އަގު ހެޔޮކޮށް ވިއްކުމަށް ހާއްސަ 300 އަށް ވުރެ ގިނަ ވަގުތީ ފިހާރަ ހުޅުވާފައިވެ އެވެ. އަދި ރޯދަ މަހު ކާބޯތަކެތި އަގު ހެޔޮކޮށް ވިއްކުމަށް ޕާކިސްތާން ސަރުކާރުން މިހާރު ވަނީ ވިޔަފާރިވެރިންނަށް އަންގައިފަ އެވެ. އަދި ބައެއް ބާވަތްތައް ވަކި އަގަކަށް ވުރެ ބޮޑަށް ނުވިއްކޭ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.އޭގެ އިތުރުން އިންޑޮނީޝިޔާ އާއި މިސްރާއި ތުރުކީ އަދި ޖޯޑްންގައި ވެސް ރޯދަ މަހުގެ އަގު ހެޔޮކޮށް ތަކެތި ވިއްކުމަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސައި މޭވާ އާއި ތަރުކާރީ އާއި ކަދުރާއި ކާޑުގެ ބާވަތްތައް އިތުރަށް ބާޒާރަށް ނެރެފައިވެ އެވެ.
|
ރާއްޖެއާ އެއްފަދައިން އިސްލާމީ ގިނަ ގައުމުތަކުން މިއަހަރުގެ މުލަރޯދަ ދުވަހަކީ މާދަމާ ކަމަށް އިއުލާންކޮށްފިއެވެ. މިކަން އިއުލާންކޮށްފައިވަނީ ރޭ ހަނދު ނުފެނުމާ ގުޅިގެން ޝައުބާން މަހުގެ 30 ވަނަ ދުވަހަކީ މިއަދު ކަމަށާއި މާދަމައަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށެވެ. ވަކި ގޮތެއް ނުނިންމާ އިރާގުގެ ޝީއީން ފިޔަވައި ދެން މި ގައުމުތަކުގައި މި އަހަރުގެ ފުރަތަމަ ރޯދަ ދުވަހަކީ މާދަމާ އެވެ.
|
ރަތް ޓީސާޓް ލައިގެން މޭމަތީގައި އިންޑިއާ އައުޓް ޖަހައިގެން ފުމުނީ ރައީސް ޔާމީނު އެކަންޏެއް ނޫނެވެ. ޔާމީނު ވިދާޅުވާހާ އެއްޗެއް ހަދަން އެކަމުގައި އިސްވެ ނިކުމެ އުޅުނު މީހުންނަކީ ސަލާމަތް ބުއްދި ނެތް ބަޔަކީ ހެއްޔެވެ. ބައިހަދާފައި ނިކުމެ މަގުތައް މަތީގައި އިންޑިއާ އައުޓް ކުރަން އިސްވެ އުޅުނީ އެއްޗެއް ބޮއެގެން ބުއްދި ބުއްދިފިލާ ތިބެހެއްޔެވެ. އިންޑިއާގެ އަޅުވެތިކަމަށް ރާއްޖެ ވެއްޓޭކަމުގެ ބިރު ރައްޔިތުންގެ ތެރޭގައި އުފައްދައިގެން ވެރިކަން ހޯދީ ވެސް އޮޅިގެން ހެއްޔެވެ. ވެރިކަން ލިބިގެންވެސް އިންޑިއާ އާއި ދެކޮޅަށް ނެގިނެގިފައި ޖެހުނީ ބުއްދި ސަލާމަތުން ތިބެގެން ނޫން ހެއްޔެވެ.
މިހާރު ރާއްޖޭގައި އޮތީ ޔާމީނުގެ ވެރިކަމެއް ނޫނެވެ. ވެރިކަމުގައި ހުރީ މުއިއްޒެވެ. މުއިއްޒާއި މުއިއްޒު ސަރުކާރުގެ އެތައް ވަޒީރަކާއި ސިޔާސީ އެތައް ވެރިންނަކީ އިންޑިއާ އައުޓް ޓީސާޓްލައިގެން މުޒާހަރާއަށް ނިކުމެ ރާއްޖޭގައި ބިރުވެރިކަން އުފެއްދި މީހުންނެވެ. ވެރިކަން ލިބުމުން ވެސް އިންޑިއާއަށް ފުރައްސާރަކޮށް އިންޑިއާގެ ބޮޑުވަޒީރަށް ހުތުރު ސިފަތަކުން ރަައްދުކޮށް ޒަމާނުއްސުރެ އޮތް ގާތްގުޅުމުގައި ރެނދު އެޅުވީ ޔާމީނެއް ނޫނެވެ. މުއިއްޒާއި މުއިއްޒުގެ އައުވާނުންނެވެ.
ވެރިކަމަށް އެރިގޮތަށް އަރާ ދިމާކުރީ ބައިނަލްއަގުވާމީ ހަމަތަކާއި ދެ ގައުމުގެ ގާތްގުޅުމުގެ ތެރެއިން ރާއްޖެއާއި އިންޑިއާ ކަނޑުގެ ސަލާމަތާ ރައްކާތެރިކަމަށް ފާރަވެރިވެ ކުއްލިނުރައްކަލުގެ ހާލަތުގައި ދިވެހި ސިފައިންނަށް އެހީތެރިވެދޭން ތިބި ސަތޭކަ ވެސް ހަމަނުވާ އިންޑިއާ ސިފައިންނާއި އެ މީހުންގެ 2 ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓު ބޭރުކުރުމަށެވެ. ބޭރު ގައުމެއްގެ ސިފައިންގެ މީހެއްގެ ބޫޓްކިބައެއް ވެސް ނުބަހައްޓާ ބާލަން އުޅެގެން ބޭލުނީ އެ މީހުންގެ ޔުނީފޯމެވެ. އަނެއްކޮޅުން ކުރިއެކޭ އެއްގޮތަށް އިންޑިއާގެ ޔުނީފޯމްއެޅި ސިފައިން އެމްއެންޑީއެފްއާއި ގުޅިގެން މިހާރުވެސް ރާއްޖޭގައި މަސައްކަތްކުރެއެވެ. އިހު އޮތްބަޅަށް އެކަން ވެނިމިއްޖެއެވެ. ވިއްޔާވީ އިންޑިއާ އައުޓެއްވީ މުއިއްޒު ނިދީގައެވެ.
ވަރުދައްކާފައި އިންޑިއާގައި ނުޖެހި ތުރުކީން ކާޑު ގެންނަން އުޅުނެވެ. ޕާކިސްތާނުން ފިޔައާއި އަލުތްވާއި ކުކުޅުބިހާ ގެންނަން އުޅުނެވެ. އާސަންދައަށް ބޭސް ފަރުވާ ބެންކޮކާއި ދުބާއީން ކުރަން އުޅުނެވެ. އެއަރ މޯލްޑިވްސްގެ ބޯޓުފަހަރުގެ ބޭރުގައި ތެޔޮ އެލުވައިގެން ބަލިމީހުން ގޮވައިގެން ޑައިރެކްޓް ފްލައިޓް ބެންކޮކަށް ބާއްވާ ހިސާބަށް ދުއްވާލިއެވެ. އިންޑިއާގެ ޑޮނިއާ ބޯޓާނުލާ މޯލްޑިވިއަނުން އެއަރ އެންބިއުލާންސް ދުއްވަން އުޅުނެވެ.
ސަރަހައްދު ބެލެހެއްޓުމަށް ތުރުކީން ޑްރޯން ގަތެވެ. އިންޑިއާ އާއި ނުބައްސާ ދިވެހި ސިފައިން ލައްވާ ހައިޑްރޮގްފީ ހައްދަން އުޅުނެވެ. އިންޑިއާގެ އެހީގައި ހަދަމުން ދިޔަ ޑޮކްޔާޑް ހުއްޓުވާ އުތުރު ތިލަފަޅު ޗައިނާއަށް ދީގެން ދަނޑު ހައްދަން އުޅުނެވެ. މުއިއްޒުގެ ޗައިނާ ދަތުރު ނިންމާފައި އައިގޮތަށް އިންޑިއާއަށް ޗެލެންޖުކޮށް ގަދަބަސް ބުނެފައި ވަގުތުން ނުދައްކާ ފަރުޖެއްސެން އޮތް ދަރަންޏަކަށް އާނދޮގޭ އޭ ބުނެ 50 މިލިޔަން ޑޮލަރ ދެއްކިއެވެ.
ލަކުޑިދީބު ގޮނޑު ދޮށުގައި މޯޑީ ހިނގާލާ ފީނާލުމުން ކޮށިއަރައިގެން ޑެޕިއުޓީ މިނިންޓަރުންނާއި ސިޔާސީ މުސާރަވެރިން ލައްވާ އިންޑިއާ ރޮލާ ކާލަން ދިމާކުރިއެވެ. އެންމެ ފަހުން ރާއްޖެއަށް އެންމެ ގިނައިން ގެސްޓުން އަންނަ ގައުމުގެ ގޮތުގައި އޮތް އިންޑިއާއިން ރާއްޖެ ބޮއިކޮޓްކޮށް ރާއްޖޭގެ ސޫރަ ހަޑިކޮށް ދުނިޔޭގެ ކުރިމަތީގައި ރާއްޖޭއަށް އޮތް އިހުތިރާމާ ގަދަރު ވެއްޔާ މޮޑެވި ދިޔައީއެވެ.
މިހާރު ކިތަންމެ ވަރަކަށް މަތިއޮމާންކޮށް ނުވާކަމަކަށް ހަދަން އުޅުނަސް އެއީ ބަދަލުކުރެވޭނެ ތާރީހެއް ނޫނެވެ. އެއްޔަކީ ރައީސް ޔާމީނު ބޮލަށް ކެނޑޭނެ ކަންކަމެއްވެސް ނޫނެވެ. ވެރިކަމުގައި ތިބެ ކުރިހާ ކަންކަމުން ރައީސް ޔާމީނަށް ވުރެ ބޮޑަށް އިންޑިއާ އައުޓްގެ ޒިންމާ އުފުލަން ޖެހެނީ މުއިއްޒާއި މުއިއްޒު ސަރުކާރާއި ޕީއެންސީއެވެ. ހާރިޖީ ވަޒީރު ހަލީލު ބުނެލާ ބަހަކުން މުއިއްޒާ ޕީއެންސީއަކަށް އިންޑިއާ އައުޓަކުން ނުރެކެވޭނެއެވެ. މުއިއްޒު ގޮތްފޮތްނެތި އުޅުނު އުޅުމަށް ދަނޑި ވަޅުވަޅުބަލާ ބަދަލު ނުހިފާނެނަމަ އިންޑިއާއަކީ އިންޑިއާއެއް ނޫނެވެ.
|
ރާއްޖޭގައި ކުރީގެ ރައީސް ޔާމީނުގެ އިތުރުން ރައީސް މުއިއްޒާއި އޭނާގެ ސަރުކާރާއި ޕީއެންސީން އިންޑިއާ އައުޓް ޓީޝާޓް ލައިގެން މުޒާހަރާކޮށް ރާއްޖޭގައި ބިރުވެރިކަން އުފެއްދި ކަމަށް ބުނެ ފާޑުކިޔައިފިއެވެ. އަދި ވެރިކަމަށް އައި ފަހުންވެސް އިންޑިއާއަށް ފުރައްސާރަކޮށް ޒަމާންވީ ގުޅުމަށް ރެނދު އަޅުވަން މަސައްކަތްކުރީ މުއިއްޒާއި މުއިއްޒުގެ އައުވާނުން ކަމަށާއި އެކަމުގެ ޒިންމާ އެ ފަރާތްތަކުން އުފުލަންޖެހޭ ކަމަށް ބުނެފައިވެއެވެ.
|
ގދ. ގައްދޫ އިން ފުރައިގެން އެ އަތޮޅު ގަމަށް، ކުޑަ ޑިންގީއެއްގައި އެކަނި ދަތުރުކުރަމުން ދަނިކޮށް ގެއްލިފައިވާ އުމުރުން 79 އަހަރުގެ ޒަކަރިއްޔާ މުހައްމަދު ދަތުރުކުރަމުން ދިޔަ ޑިންގީ ކަނޑު އަޑިން ފެނިއްޖެއެވެ.
އެމްއެންޑީއެފް އިން ބުނީ ސިފައިންނާއި ފުލުހުން ގުޅިގެން ޒަކަރިއްޔާ ހޯދުމުގެ އޮޕަރޭޝަންގައި މިއަދު ހެނދުނު ކުރި ދެވަނަ ޑައިވްގައި ގައްދޫއާއި ގަމުގެ ދެމެދުން އޮންނަ ކަނޑުއޮޅީގެ 10 މީޓަރު އަޑިން ޑިންގީ ފެނިފައިވާ ކަމަށެވެ.
ޒަކަރިއްޔާ މިހާތަނަށް ފެނިފައިނުވާއިރު، ޒަކަރިއްޔާ ހޯދުމުގެ އޮޕަރޭޝަންގައި ކަނޑުމަގުން 2307.99 އަކަ ނޯޓިކަލް މޭލު އަދި ވައިގެމަގުން 3039.68 އަކަ ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދެއް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ ބަލާފައެވެ.
ޒަކަރިއްޔާ ގައްދޫ އިން ފުރާފައި ވަނީ ޖޫން 10 ވަނަ ދުވަހުގެ ހެނދުނު 9:30 ގައެވެ. އޭނާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ އެދުހުގެ ހަވީރު 17:05 ހާއިރެވެ.
ޒަކަރިއްޔާ އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ ނޫ ކުލައިގެ ޓީޝާޓަކާއި ކަޅު ސޯޓެކެވެ. ޒަކަރިއްޔާ ހޯދުމުގެ މަސައްކަތުގައި ގދ. ގައްދޫ ޕޮލިސް ސްޓޭޝަނާއި، ގައްދޫ މަސްވެރިންނާއި، އެ ރަށުގެ ރަށު ކައުންސިލާއި ރައްޔިތުންގެ ފަރާތުން ވެސް އެމްއެންޑީއެފް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމާއެކު ކަނޑު ދަތުރު ކުރާއިރު ސަމާލުވުމަށާއި، ކޮންމެހެން ކުރަން ޖެހިއްޖެ ދަތުރުތައް ނޫނީ ނުކުރުމަށް އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.
|
ގދ. ގައްދޫއިން ފުރައިގެން ގަމަށް ދަތުރުކުރަނިކޮށް ގެއްލިފައިވާ އުމުރުން 79 އަހަރުގެ ޒަކަރިއްޔާ މުހައްމަދު ދަތުރުކުރި ޑިންގީ ކަނޑު އަޑިން ފެނިއްޖެއެވެ. އެމްއެންޑީއެފް އިން ބުނީ ސިފައިންނާއި ފުލުހުން ގުޅިގެން ހޯދުމުގެ އޮޕަރޭޝަންގައި މިއަދު ހެނދުނު ކުރި ޑައިވް އިން ކަނޑުގެ 10 މީޓަރު އަޑިން ޑިންގީ ފެނުނުކަމަށެވެ. ނަމަވެސް ޒަކަރިއްޔާ ފެނިފައެއް ނުވެއެވެ. އޭނާ ހޯދުމުގެ މަސައްކަތުގައި ކަނޑުމަގުންނާއި ވައިގެ މަގުން ޢާއްމުކޮށްފައިވާ ސަރަހައްދުތައް ސިފައިންވަނީ ބަލާފައެވެ. ޒަކަރިއްޔާގެ ހަބަރެއް ނުވެ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގެ ހެނދުނު ދަތުރުފަށައި އެ ދުވަހު ހަވީރުއެވެ. މިހާރު ކުރިއަށްދަނީ އޭނާ ހޯދުމުގެ މަސައްކަތެވެ.
|
ކ. ތުލުސްދޫން އިސްމާއިލް ރަޝީދުލޯކަލް ގަވަމަންޓް ނިޒާމެއް ގާއިމުނުކުރެވި އޮތުމަކީ ރައްޔިތުންގެ ހައްގުތައް ނުލިބި އޮތުމުގެ އެންމެ ބޮޑު ސަބަބު ކަމަށް އެޓޯލްސް މިނިސްޓަރު މުހައްމަދު ވަހިއްދީން (ޑީން) ބުދަ ދުވަހު ވިދާޅުވެއްޖެ އެވެ.ކ. ތުލުސްދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް މި ރަށު އިޖުތިމާއީ މަރުކަޒުގައި ވާހަކަ ދައްކަވަމުން ޑީން ވިދާޅުވީ، ވޭތުވެދިޔަ 40 - 50 އަހަރު ތެރޭގައި ވެސް އަތޮޅުތަކުގެ ރައްޔިތުންނަށް ހައްގު ހޯދައިނުދެވި ވަނީ ލޯކަލް ގަވަމަންޓް ނިޒާމެއް ގާއިމު ކުރެވިފައިނުވުމުން ކަމަށާއި އެ ކަމަކީ މިހާރު ނުކުންނަ މައްސަލަތަކުގެ އެންމެ ބޮޑު އެއް ސަބަބު ކަމަށެވެ.އެޓޯލްސް މިނިސްޓަރު ވިދާޅުވީ ހަގީގީ ޑިމޮކްރަސީއެއް ގައިމުކުރެވޭނީ ރައްޔިތުންގެ ހައްގުތައް އެ މީހުންނަށް ލިބިގެން ކަމަށާއި އަބަދު މައި ސަރުކާރުން ކަންތައްތައް ކޮށްދިނުމަށް އެދި އާދޭސްކުރަން ނުޖެހޭ ނިޒާމެއް ގާއިމުކުރަން ޖެހޭ ކަމަށެވެ."ކޮންމެ ކަމެއް ކުރަން ސަރުކާރުގައި އާދޭސްކުރާކަށް ނުޖެހޭނެ. އަތޮޅުތަކުން ލިބޭ އާމްދަނީގެ ކޮންމެ ވެސް ބައެއް އަ އަތޮޅަކަށް ލިބޭނެ އިންތިޒާމެއް ގާއިމުކުރުމަށް މަސައްކަތް ކުރަނީ އެ ބޭނުމުގައި،" ޑީން ވިދާޅުވި އެވެ.ބޭސް ފަރުވާކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް ސިޓީ ފޮނުވައި އެތައް ދުވަހެއް ވަންދެން ގުޅާ ހަދަން ޖެހުމަކީ ވެސް އެކަން އެންމެ ފުރިހަމަ އަށް ނުކުރެވުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ."ފަނަރަ ދުވަސް ވަންދެން ގުޅާ ހަދައިގެން އެހީ ހޯދަން ޖެހުމަކީ އެކަންކަން ރަނގަޅު ނުކުރެވި ދިއުމުން ކުރަންޖެހޭ ކަމެއް. ހުރިހާ އަތޮޅެއްގައި ރިސޯޓް ހަދައި ގިނަ ބަޔަކަށް ވަޒީފާ ލިބެނޭ ގޮތްވެފައި އޮތުމަކީ ފުދުންތެރިކަން ވަރަށް ބޮޑުވާނެ ކަމެއް. ފުދުންތެރިކަން ބޮޑު ނަމަ ސަލާންޖަހާކަށް ނުޖެހޭނެ،" ތުލުސްދޫ މީހުންނާ މުހާތަބުކުރައްވައި ޑީން ވިދާޅުވި އެވެ.ވާހަކަ ކުރިއަށް ގެންދަވަމުން މިނިސްޓަރު ވިދާޅުވީ މިނިވަންކަމަކީ ވަރަށް މުހިންމު އެއްޗެއް ކަމަށާއި މިނިވަންކަން ލިބޭނީ ހުރިހާ ގޮތަކުން ފުދުންތެރި ބަޔަކަށް ވެގެން ކަމަށެވެ.ކައުންސިލްތައް ހަދައި ހިންގަން ސަރުކާރުން ނިންމައިފައި ވަނީ ރައްޔިތުންގެ ކަންތައްތައް އެ މީހުން ބޭނުންވާ ގޮތަށް ނިންމުމުގެ ފުރުސަތު ވީހާ ބޮޑަށް ދިނުމަށް ކަމަށް ވެސް ޑީން ވިދާޅުވި އެވެ.ކޮންމެ ވެރިކަމެއްގެ ފަހުކޮޅު ތަފާތު މައްސަލަތައް ނުކުމެ އެއްޗެހި ކިޔައި ހަދާ މައްސަލަ އަކީ ވެސް ހައްލުކުރަން ޖެހޭ ކަމެއް ކަމަށާއި އެކަމަށް ވެސް ހައްލެއް ހޯދޭނެ ކަމަށް ވިދާޅުވި އެވެ. އެ ހައްލަކަށް ވާނީ ބައެއް ބާރުތައް ރައްޔިތުންނަށް ދިނުމާއެކު ރަނގަޅު ވެރިކަމުގެ ނިޒާމެއް ގާއިމުކުރުން ކަމަށް ވެސް ޑީން ވިދާޅުވި އެވެ.ތުލުސްދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ގޮތުން ބޭއްވި ޖަލްސާގައި އެ ރަށުގެ ހުކުރު މިސްކިތް އިމާރާތްކުރުމަށާއި ދ. ރިނބިދޫން އެ ރަށް ބަދަލުވި މީހުންގެ ދާއިމީ ގެތައް އިމާރާތްކުރުމާއި އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގޮތުގެ މައުލޫމާތު ވެސް ޑީން ދެއްވި އެވެ.ޑީން ތުލުސްދު އަށް ބުދަ ދުވަހު ކުރެއްވި ދަތުރުގައި އެ އަތޮޅު ރަށްރަށުގެ ވެރިންނާ ބައްދަލުކުރެއްވި އެވެ. އަދި ކ. އަތޮޅުގެ ވެބްސައިޓް ވެސް މިނިސްޓަރު ބުދަ ދުވަހު ވަނީ އިފްތިތާހުކޮށްދެއްވި އެވެ.
|
ކ. ތުލުސްދޫގައި އެޓޯލްސް މިނިސްޓަރު މުހައްމަދު ވަހީދު (ޑީން) ވިދާޅުވެފައިވަނީ ރައްޔިތުންގެ ހައްގުތައް ނުލިބިއޮތުމުގެ އެންމެ ބޮޑު ސަބަބަކީ ލޯކަލް ގަވަރމަންޓް ނިޒާމެއް ގާއިމު ކުރެވިފައިނުވުން ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ފެންނަ މައްސަލަތަކުގެ އަސްލަކީވެސް އެކަން ކަމަށެވެ.
|
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މާލެއަތޮޅު ހުރާ ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެ މެމްބަރުންނާއި ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މިއަދު ބައްދަލުކުރެއްވުމުގައި
ވާހަކަފުޅު ދައްކަވަމުން ކައުންސިލުން ވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ
ދަތިކަން ނައްތާލުމަށް ރައީސުލްޖުމްހޫރިއްޔާ އެޅުއްވި ފިޔަވަޅުތަކަށް
ތަޢުރީފުކުރައްވައި، އެފަދަ ކަންކަމަކީ " ކޮންމެ ކޮންމެ ފަރާތަކަށް ކުރަން ކެރޭނެކަމެއް
ނޫން" ކަން ފާހަގަކުރައްވާފައެވެ.
މީގެއިތުރުން، ހުރާގެ
ރައްޔިތުންނަށް އެންމެ ދަތިވެފައިވާ އޭ.ޓީ.އެމްގެ މައްސަލައަށް ސަރުކާރުން ހައްލު
ހޯއްދަވައިދެއްވިކަމަށްޓަކައި ޝުކުރުއަދާކުރެއްވިއެވެ. ހަމައެއާއެކު ބަނދަރުގެ
މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާތީވެސް ކައުންސިލުން ޝުކުރުއަދާކުރެއްވިއެވެ.
އަދި ހުރާގެ ރައްޔިތުން ބޭނުންވާ ގޮތަށް ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށް
ގެންދެވީތީވެސް ހުރާ ކައުންސިލުން ޝުކުރުއަދާކުރެއްވިއެވެ.
މިއަދުގެ
ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ޞިއްޙީ މަރުކަޒުން ސްކޭންގެ ޚިދުމަތް
ލިބުމަށް ރައްޔިތުން އެދިވަޑައިގަންނަވާކަން ފާހަގަކުރައްވާފައެވެ. އަދި
އަތޮޅުތަކުގެ ރަށްތަކަށް ގޯލްޑް ކަޕް މުބާރާތް ކުޅެވޭނެގޮތް
ހައްދަވައިދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެއިތުރުން
ރަށުގެ ސުކޫލު ތަރައްޤީކުރުމަށް ބޭނުންވާ ކަންކަންވެސް ކައުންސިލުން
ފާހަގަކުރެއްވިއެވެ.
އަންހެނުންގެ ތަރައްޤީއަށް
މަސައްކަތްކުރާ ކޮމިޓީއިން ވަނީ ބަޖެޓުގެ ދަތިކަން ފާހަގަކުރައްވާފައެވެ. އަދި
އެކި ރަށްރަށުގެ އ.ތ.މ ކޮމިޓީތައް ބައްދަލުވެލައި، އެއްބަޔަކު އަނެއް ބަޔެއްގެ
މަސައްކަތްތައް ޙިއްޞާކުރެވޭނެ ފުރުޞަތުތައް ފަހިކޮށްދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި
ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން
ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ ކައުންސިލުން ވިދާޅުވި
ކަންކަމަށް ރަނގަޅު ހައްލެއް ގެނެސްދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި
ވިދާޅުވެފައެވެ.
|
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މާލެއަތޮޅު ހުރާ ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާއި ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާ އެޅުއްވި ފިޔަވަޅުތަކަށް ތަޢުރީފުކުރައްވައި ރަށުގެ ރައްޔިތުންނަށް އެންމެ ދަތިވެފައިވާ އޭ.ޓީ.އެމްގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވިކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ. މީގެއިތުރުން ބަނދަރުގެ މަސައްކަތާއި ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށްދާގޮތާމެދުވެސް ކައުންސިލުން ޝުކުރުއަދާކުރެއްވިއެވެ. ރައީސުލްޖުމްހނރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.
|
އަޅުގަނޑުމެންގެ ދުނިޔެ މިއަދު ދައުރުވަނީ މައުލޫމާތުގެ ވަށައިގެންނެވެ. ކޮންމެ ހިނދުކޮޅަކު އުފެދި، ފެތުރި އަދި ރައްކާކުރެވެމުންދާ، ހައްދެއް ނެތްހާ ގިނަ ޑޭޓާގެ ތެރޭގައިވަނީ އަޅުގަނޑުމެންގެ ދިރިއުޅުމާއި ވިޔަފާރިތަކާ އަދި މުޖުތަމައުތައް އެކީގައި ބަދަލުކޮށްލެވިދާނެ ފަދަ ބާރެކެވެ. ސްމާޓްފޯނުތަކުން ފެށިގެން ގޮސް ބޮޑެތި ކުންފުނިތަކުގެ އޮޕަރޭޝަންތަކާ ހަމައަށް، މި ޑޭޓާ ނުވަތަ މައުލޫމާތުތަކަކީ މުހިއްމު ނިންމުންތައް ނިންމުމަށާއި އީޖާދީ ހައްލުތައް ހޯދުމަށާ އަދި ކުރިއެރުން ގެނައުމަށް ބޭނުންކުރެވިދާނެ އަގުހުރި ވަސީލަތެކެވެ ނަމަވެސް، މި ޑޭޓާގެ ބިޔަ ކަނޑުން ފައިދާހުރި މުތީތައް ދޮވެ، އޭގެ އަޑީގައި ފޮރުވިފައިވާ ހަގީގަތްތައް ހޯދުމަށްޓަކައި ހާއްސަ އިލްމާއި ފުންނާބު އުސް ހުނަރުވެރިން ބޭނުންވެ އެވެ. އެއީ ޑޭޓާ ސައިންޓިސްޓުންގެ އިލްމާއި ހުނަރެވެ.
މި ބޭނުންތެރިކަމަށް އިޖާބަދީ، ޑޭޓާ ސައިންސްގެ ހަލުވި ދުވެލީގައި ކުރިއަރަމުންދާ ދާއިރާއިން، ހުނަރާއި މައުލޫމާތު ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ވިލާ ކޮލެޖުގެ މާސްޓަ އޮފް ޑޭޓާ ސައިންސް ޕްރޮގްރާމަކީ މި ދާއިރާގެ މާހިރަކަށް ވުމަށް އެދޭ ފަރާތްތަކަށް ހުޅުވިގެންދާ ރަނުގެ ފުރުސަތެކެވެ.
މި ޕްރޮގްރާމްގެ މުގައްރަރު ފަރުމާކޮށްފައިވަނީ ދަރިވަރުންނަށް މި ޒަމާނީ ދާއިރާއަށް ބޭނުންވާ އެންމެ މުހިއްމު ހުނަރުތައް ފުރިހަމައަށް ދަސްކޮށްދިނުމަށެވެ. އޭގެ ތެރޭގައި:
ޕްރޮގްރާމިން؛ ހާއްސަކޮށް، ދާއިރާގައި އެންމެ ގިނައިން ބޭނުންކުރާ ޕައިތަން ލޭންގުއޭޖް
ޑޭޓާ ރައްކާތެރިކަމާ އެކު ބެލެހެއްޓުން
އެފިޝަންޓް އަލްގޮރިދަމްތައް އީޖާދުކުރުން
އިންސާނުންނެކޭ އެއްފަދައިން ނިންމުންތައް ނިންމަން މެޝިންތަކަށް ދަސްކޮށްދޭ 'މެޝިން ލާނިން'
ކުރިއަށް ލަފާކޮށް، ޑޭޓާ ދިރާސާކުރާ 'ޕްރިޑިކްޓިވް އެނަލިސިސް'
'ބިގް ޑޭޓާގެ' ޒަމާނުގައި، ގިނަ އަދަދެއްގެ ޑޭޓާ އާއި ކްލައުޑް ކޮމްޕިއުޓިން ޓެކްނޮލޮޖީތައް ބޭނުންކޮށްގެން، އަގުހުރި އިންސައިޓްތައް ނެރުން
ވިލާ ކޮލެޖުގެ ސްކޫލް އޮފް ކޮންޕިއުޓަ ސައިންސްގެ ވެރިޔާ އުދުމާ އަބްދުލް ލަތީފް ވިދާޅުވީ ޑޭޓާ ސައިންސަކީ މިހާރު އަދި ކުރިއަށް އޮތް ތަނުގައި ވެސް ވަރަށް ބޮޑު ޑިމާންޑެއް އޮންނާނެ ދާއިރާއެއް ކަމަށެވެ. އެހެންވެ، މި ޕްރޮގްރާމް ފަރުމާކުރީ ހަމައެކަނި ތިއަރީ ދަސްކޮށްދިނުމުގެ ބަދަލުގައި، މަސައްކަތްކުރެވޭނެ އަމަލީ ހުނަރުތަކެއް ދަރިވަރުންނަށް ލިބިދިނުމުގެ މަގްސަދުގައިކަން އޭނާ ފާހަގަކުރެއްވި އެވެ.
"ޕައިތަންއިން ފެށިގެން ގޮސް، މެޝިން ލާނިން، ބިގް ޑޭޓާ، ކްލައުޑް ކޮމްޕިއުޓިން ފަދަ ހުރިހާ މުހިއްމު ދާއިރާއެއް ހިމެނޭނެ. ހާއްސަކޮށް، ފަހު އަހަރުގެ ޕްރޮޖެކްޓަކީ ދަރިވަރުންގެ ގާބިލްކަން ވަޒީފާގެ ބާޒާރަށް ދައްކާލުމަށް ލިބޭ ރަނުގެ ފުރުސަތެއް،" އޭނާ ވިދާޅުވި އެވެ.
"އަމާޒަކީ މި ޕްރޮގްރާމުން ދަސްވެނިވާ ކޮންމެ ދަރިވަރަކީ ޑޭޓާ ބޭނުންކޮށްގެން އީޖާދީ ހައްލުތައް ގެނެވޭނެ ގާބިލް، އަހުލާގީ ގޮތުން ޒިންމާދާރު މާހިރަކަށް ހެދުން."
މި ޕްރޮގްރާމަކީ ހަމައެކަނި އިލްމީ ކަރުދާހެއް ހާސިލްކުރުމެއް ނޫނެވެ. އެއީ ދަރިވަރުން ލިބިގަންނަ އިލްމާއި ހުނަރު، ދުނިޔޭގެ ގޮންޖެހުންތަކާ ކުރިމަތިލައި އަމަލީ ގޮތުން ބޭނުންކުރުމުގެ ދަތުރެކެވެ. މިކަން ކަށަވަރުކުރުމަށް، ޕްރޮގްރާމްގެ އެންމެ ފަހު މަރުހަލާގައި ހިމެނޭ މާސްޓާސް ޕްރޮޖެކްޓްގައި ދަރިވަރުންނަށް ދޭ ފުރުސަތުތަކުގެ ތެރޭގައި:
އަމިއްލަ ހުނަރުން ކޮމްޕްލެކްސް ޑޭޓާގެ މައްސަލައެއް ހައްލުކުރުން
މައުލޫމާތުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުން
އެ ހޯދުންތައް ސާފު، ފަސޭހަ ގޮތެއްގައި ތައުލީމީ އަދި އާންމު ފަރާތްތަކަށް ހުށަހަޅައިދިނުން
"ކުރިއަރަމުން އަންނަ ކޮންމެ ވިޔަފާރިއަކުން، ކޮންމެ މުއައްސަސާއަކުން މިހާރު ޑޭޓާ ބޭނުންކުރޭ. އެހެންވެ، ޑޭޓާ އެނަލައިޒްކޮށް، އޭގެން މުހިންމު އިންސައިޓްސް ނެރެދޭނެ މީހުންނަށް އޮތް ޑިމާންޑް ދަނީ އިންތިހާއަށް ބޮޑުވަމުން،" މި ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވި އެވެ.
"މާސްޓަ އޮފް ޑޭޓާ ސައިންސް ފަދަ ޕްރޮގްރާމަކުން ދަސްވެނިވުމަކީ ހަމައެކަނި ވަޒީފާއެއް ޔަގީންވުމެއް ނޫން. އެއީ އިންޑަސްޓްރީ ބަދަލުކޮށްލެވޭ ފަދަ އީޖާދުތައް ކުރުމުގެ ފުރުސަތު ހޯދުން."
މި ޕްރޮގްރާމުގައި ބައިވެރިވާން ޝައުގުވެރިވާ ދަރިވަރަކު ފާހަގަކުރި ގޮތުގައި، ޑޭޓާއަކީ ހަމަ ކޮންމެ ކަމެއްގެ ވެސް ބިންގަލެވެ. ފޯނުން ނަގާ ފޮޓޯއަކުން ފެށިގެން އޮންލައިންކޮށް ކުރާ ވިޔަފާރިއާ ހަމައަށް، ކޮންމެ ކަމެއްގައި ވެސް މިހާރު ހިމެނެނީ ޑޭޓާކަން އޭނާ ފާހަގަކުރި އެވެ.
"އަހަރެން ބޭނުންވަނީ މި ޑޭޓާ ބޭނުންކޮށްގެން ހަމަ ހަގީގީ މައްސަލަތަކެއް ހައްލުކުރަން ދަސްކުރަން. މި ޕްރޮގްރާމްގެ މޮޑިއުލްތަކަށް ބަލާލީމަ، އަހަންނަށް ބޭނުންވާ ހުރިހާ ހުނަރެއް ލިބޭނެހެން ހީވޭ. ހާއްސަކޮށް، ރިއަލް ވޯލްޑް ޕްރޮޖެކްޓް ހަދަން ޖެހުމަކީ ވަޒީފާ ހޯދާއިރު ވަރަށް ފައިދާކުރާނެ ކަމެއް ކަމަށް ދެކެން. މިއީ އަހަރެންގެ ކެރިއަރަށް ލިބޭ ވަރަށް ރަނގަޅު ފެށުމެއް،" އޭނާ ބުންޏެވެ.
މި ޕްރޮގްރާމުން އަމާޒުކުރަނީ ހަމައެކަނި ފަންނީ ގާބިލްކަން ލިބިފައިވާ ބަޔަކު އުފެއްދުމަށް ނޫނެވެ. އޭގެ ބަދަލުގައި ޑޭޓާ ސައިންސްގެ ފުޅާ މައިދާނުގައި އަހްލާގީ ޒިންމާދާރުކަމާ އެކު މަސައްކަތްކުރާނެ، ތަފާތު ދާއިރާތަކުގެ މީހުންނާ ގުޅިގެން އީޖާދީ ހައްލުތައް ހޯދޭނެ އަދި އަބަދުވެސް އާ އެއްޗެހި ދަސްކުރުމުގެ ރޫހު ހުންނަ ޕްރޮފެޝަނަލުންތަކެއް ބިނާކުރުމެވެ.
މި ޕްރޮގްރާމާ ގުޅޭ އިތުރު މައުލޫމާތު
|
ވިލާ ކޮލެޖުގެ މާސްޓަ އޮފް ޑޭޓާ ސައިންސް ޕްރޮގްރާމަކީ ޑޭޓާ ސައިންސްގެ ދާއިރާއިން ހުނަރާއި މައުލޫމާތު ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ރަނުގެ ފުރުސަތެކެވެ. ޕްރޮގްރާމްގައި ހިމަނާފައިވާ މުހިއްމު ދާއިރާތަކުގެ ތެރޭގައި ޕްރޮގްރާމިން ޑޭޓާ ރައްކާތެރިކަމާ އެކު ބެލެހެއްޓުން މެޝިން ލާނިން އަދި ބިގް ޑޭޓާ ހިމެނެއެވެ. މި ޕްރޮގްރާމްގެ މުގައްރަރު ފަރުމާކޮށްފައިވަނީ ދަރިވަރުންނަށް ފަންނީ ގާބިލްކަން ލިބި އަމަލީ ގޮތުން މަސައްކަތްކުރުމުގެ ޤާބިލްކަން ލިބިދިނުމުގެ މަގްސަދުގައެވެ. އަދި މި ޕްރޮގްރާމްގައި ފަހު އަހަރުގެ މާސްޓާސް ޕްރޮޖެކްޓަގައި ދަރިވަރުންނަށް މުހިންމު ތަޖުރިބާތައް ހޯދުމުގެ ފުރުސަތު ލިބެއެވެ.
|
މަރުޙޫމް ޝައިޚް އިބްރާހީމް ފަރީދުގެ ހަނދާނުގައި ރާއްޖޭގައިވެސް މިސްކިތެއް ބިނާކުރުމަށް ހިދުމަތް ޖަމިއްޔާއިން ނިންމައިފިއެވެ.
މިއީ ބަންގްލަދޭޝްގައި މިސްކިތެއް އެޅުމަށް ފަންޑު ރެއިޒް ކުރުމަށްފަހު، އިތުރަށް ލިބުނު ފައިސާއިން ކުރިއަށް ގެންދިއުމަށް ނިންމި މަޝްރޫޢެކެވެ.
ހިދުމަތް ޖަމިއްޔާއިން އިއްޔެ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޝައިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރުމަށް ފައިސާ ހޯދަން ފަށާފައިވާ ކަމަށެވެ. އަދި އެ އިޢުލާނު ކުރިތާ 24 ގަޑިއިރު ނުވަނީސް، މިސްކިތް އެޅުމަށް ބޭނުންވާ ހަތް ލައްކަ ރުފިޔާ ހަމަވެފައިވާ ކަމަށް ޖަމިއްޔާއިން މަޢުލޫމާތު ދީފައިވެއެވެ.
މިއަދު ހިދުމަތް ޖަމިއްޔާއިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ގިނަ ފަރާތްތަކުން އަދިވެސް އެ ފަންޑަށް ފައިސާ ޖަމާކުރަމުންދާ ކަމަށެވެ. އަދި ބަންގްލަދޭޝްގައި މިސްކިތް ބިނާކުރުމަށް ބޭނުންވާ ވަރަށްވުރެ އިތުރަށް ފައިސާ ލިބެމުންދާތީ، ރާއްޖޭގައިވެސް މިސްކިތެއް ބިނާކުރަން ނިންމާފައިވާ ކަމަށް އެ ޖަމިއްޔާއިން ހާމަކޮށްފައިވެއެވެ.
ޝައިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރާ މިސްކިތުގެ ފަންޑަށް އެހީތެރިވުމަށް ބޭނުންވާ ފަރާތްތަކަށް ހިދުމަތް މިސްކިތު ފަންޑު އެކައުންޓު ނަންބަރު 7770000141496 އަށް ފައިސާ ޖަމާކުރެވޭނެ ކަމަށް ޖަމިއްޔާއިން ބުނެފައިވެއެވެ.
މަރުޙޫމް ޝައިޚް އިބްރާހީމް ފަރީދު އަވަހާރަވެފައިވަނީ ހިދުމަތް ޖަމިއްޔާއިން ދިން ދަޢުވަތަކަށް މެލޭޝިއާގައި އޮތް ބައްދަލުވުމަކަށް މިދިޔަ ހޯމަ ދުވަހު ވަޑައިގަންނަވަނިކޮށް އެ ޤައުމުގެ އެއަރޕޯޓުގައެވެ.
މާތްﷲ ޝެއިޚް ފަރީދުގެ ފާފަފުއްސަވާދެއްވައި ރަހްމަތްލައްވަވައި ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރްދައުސްގައި ލައްވާށިއެވެ. އަދި ޝެއިޚްގެ އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ. އާމީން
|
ހިދުމަތް ޖަމިއްޔާއިން މަރުޙޫމް ޝައިޚް އިބްރާހީމް ފަރީދުގެ ހަނދާނުގައި ރާއްޖޭގައި މިސްކިތެއް ބިނާކުރުމަށް ނިންމައިފިއެވެ. މިއީ ބަންގްލަދޭޝްގައި މިސްކިތެއް އެޅުމަށް ފަންޑު ރެއިޒް ކުރުމަށްފަހު އިތުރަށް ލިބުނު ފައިސާއިން ކުރިއަށް ގެންދިއުމަށް ނިންމި މަޝްރޫޢެކެވެ. ހިދުމަތް ޖަމިއްޔާއިން ބުނީ ބަންގްލަދޭޝްގައި މިސްކިތް ބިނާކުރުމަށް ބޭނުންވާ ވަރަށްވުރެ އިތުރަށް ފައިސާ ލިބެމުންދާތީ ރާއްޖޭގައިވެސް މިސްކިތެއް ބިނާކުރަން ނިންމާފައިވާ ކަމަށެވެ. ޝައިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރާ މިސްކިތުގެ ފަންޑަށް އެހީތެރިވުމަށް ހިދުމަތް މިސްކިތު ފަންޑު އެކައުންޓު ނަންބަރު 7770000141496 އަށް ފައިސާ ޖަމާކުރެވޭނެ ކަމަށް ޖަމިއްޔާއިން ބުނެފައިވެއެވެ.
|
ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަކުރަން ނިންމީ އެހީދޭ ބޭރު ފަރާތްތަކުގެ ލަފާގެ މަތިން ކަމަށް ރައީސް މުހަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.ކޮންމެ ހުކުރު ދުވަހު ދެއްވާ ރޭޑިއޯ ހިތޯބުގައި ރައީސް އިއްޔެ ވިދާޅުވީ ސަރުކާރުން މުސާރަތަކަށް ހިނގާ ހަރަދު ކުޑަކުރުން ވަރަށް މުހިންމު ކަމަށެވެ."މިބަދަލުތައް އަޅުގަނޑުމެން މިހާރު ނުގެނެސްފިނަމަ، އެހީދޭ ޖަމާއަތްތަކުން ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން ވެސް، ދިވެހިރާއްޖޭގެ މާލިއްޔަތާ ގުޅޭގޮތުން ވެސް ދެކޭނީ ވަރަށް ވެސް ނިކަމެތި ގޮތެއްގައި. އަޅުގަނޑުމެންނަށް އެހީގެ ގޮތުގައި ނުވަތަ ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ލިބިދާނެ ލޯން ނުވަތަ އެހެން ވެސް ބާވަތް ބާވަތުގެ ފެސިލިޓީޒްތައް ލިބުމަށް ވަރަށް ބޮޑަށް ދަތިވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.ސަރުކާރުން ހަރަދު ކުޑަކުރެއްވުމަށް އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ޖުމްލަ ނަތީޖާ ރަނގަޅުވެގެންދާނީ ދައުލަތުގެ އެހެން މުއައްސަސާތަކުންނާއި އަދި އާންމުކޮށް ދިވެހި ރައްޔިތުން ވަރަށް އިހްލާސްތެރިކަމާއެކު ގައުމުގެ ހެވާއި ލާބައަށްޓަކައި މިކަމުގައި އެއްބާރުލުން ދީގެން ކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހާއި އެހެނިހެން މުއައްސަސާތަކުގައި ވެސް މަސައްކަތް ކުރާ މީހުންގެ މުސާރަތައް ސިޔާސީ މުވައްޒަފުންގެ މުސާރަތަކުން އެ ކުޑަކުރި ނިސްބަތުގެ އަދަދަކުން ކުޑަކުރުމަކީ މިވަގުތު ކޮންމެހެން ވެސް ކުރަންވެއްޖެ ކަމެއް ކަމެއް ކަމަށް ސަރުކާރަށް ފެންނަ ކަމަށެވެ.ލާމަރްކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހެޅިފައިވާ ބިލާ މެދު މެންބަރުން ފުންކޮށް ވިސްނާވަޑައިގެން، ޕާޓީގެ ފިކުރަށްވުރެ އަމިއްލަ ފިކުރެއް ގެންގުޅުއްވުމަށް ރައީސް އިއްޔެ އެދިވަޑައިގަތެވެ. ޕްރޮވިންސް އުފެއްދުން ރަނގަޅު ނޫން ކަމަށް ވާދަވެރި ސިޔާސީ ޕާޓީތަކުގެ ބައެއް މެންބަރުން ފާހަގަކުރައްވާ ކަމަށާއި އެހެން ނަމަވެސް އަތޮޅަކީ އިދާރީ ދާއިރާއެއްގެ ގޮތުގައި ލާމަރްކަޒީ ކޮށްގެން ހިންގުމަށް މާކުޑަ ސަރަހައްދެއް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި އެއްއަތޮޅު އެއީ އިދާރީ ދާއިރާއެއްގެ ގޮތުގައި ނުވަތަ ލާމަރްކަޒީ ޔުނިޓެއްގެ ގޮތުގައި ބަލައިގެން މިކަން ކޮށްފިނަމަ ރާއްޖޭގެ ބަޖެޓަށާއި ހިންގުމަށާއި އަދި ނެރެން މިއުޅޭ ނަތީޖާއަށް ނުހަނު ހީނަރުކަމެއް އަންނާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.މިރޮނގުން ވާހަކަފުޅު ދައްކަވަމުން މި ބިލާމެދު ފުންކޮށް ވިސްނާވަޑައިގަތުމަށް ޑީއާރުޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް އަހްމަދު ތަސްމީން އަލީ އާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކާ ދެ ބޭފުޅުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވި އެވެ.ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މަޖިލީހުގައި ބައެއްފަހަރަށް ހޫނުގަދަވެ ޖޯޝް ގަދަވެގެންދިޔަ ކަމުގައިވިޔަސް މަޖިލީހަށް ހިތްހަމަޖެހުމާއި ހިތްހެޔޮކަމާއި ހަމަޖެހުން އެބަ އަންނަ ކަމުގައި ވިދާޅުވި އެވެ. އަދި މި ހަމަޖެހުން ލިބުމުގައި މަޖިލީހުގައި ބައިވެރިވެވަޑައިގަންނަވާ އަންހެން ބޭފުޅުންގެ ދައުރު ވަރަށްފުޅާ ކަމަށް ވިދާޅުވި އެވެ.ދިވެއްސެއްގެ ގައިން މިދިޔަ ހަފްތާގައި އެޗް.ވަން.އެން.ވަން ފެނިފައިވުމާއެކު، މިދަނޑިވަޅުގައި ހެލްތް މިނިސްޓްރީގެ ލަފާގެ މަތިން ކަންތައްތައް ކުރެއްވުމަށް ރޭޑިއޯ ހިތާބުގައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް އިލްތިމާސް ކުރެއްވި އެވެ. އަދި ކަމާބެހޭ ހުރިހާ ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.މަސްތުވާތަކެތީގެ ނުރައްކަލުން ގައުމު ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ހުރިހާ ދާއިރާތަކެއްގެ މެދުގައި އެއްބާރުލުން އިތުރުކޮށް، މިކަމުގައި ކުރިއަށް ދެވޭނެ ގޮތުގެ އަމަލީ މަޝްރޫއު އެކުލަވާލެއްވުމަށް އާ ރަށުގައި ފަށާ ކޮންފަރެންސްގެ މުހިންމު ކަމުގެ މައްޗަށް ވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވި އެވެ.ރައީސުލްޖުމްހޫރިއްޔާގެ ރޭޑިއޯ ހިތާބުގައި، އިތުރު ޓެކްސީ ސެންޓަރުތައް ހުޅުވުމަށް ހުއްދަ ދެއްވަން ސަރުކާރުން ނިންމެވިކަން ވެސް އިއްލާނު ކުރެއްވި އެވެ. މިކަން އިއްލާނު ކުރައްވަމުން، ޓެކްސީ ސެންޓަރުތައް ވަކިވަރެއްގައި ހިފަހައްޓާކަށް، އެއްގަމު ދަތުރުފަތުރުގެ ގާނޫނު ލާޒިމު ނުކުރާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.އަންނަ މަހުގެ 1 އިން ފެށިގެން ސަރުކާރުގެ އިއްލާނުތަކާއި ދެންނެވުންތަކާއި އެންގެވުންތައް ހަމައެކަނި ޝާއިއު ކުރެވޭނީ ގެޒެޓްގައި ކަމަށް ވިދާޅުވެ، ސަރުކާރުގެ އޮފީސްތަކަށް ކަމާބެހޭ މައްލޫމާތުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރު ދެއްވަމުން ގެންދަވާކަން ވެސް ރޭޑިއޯ ޚިތާބުގައި ރައީސުލްޖުމްހޫރިއްޔާ އިއްޔެ ހާމަކުރެއްވި އެވެ. އަދި ރާއްޖޭގެ އަމިއްލަ ރޭޑިއޯ ޗެނަލެއް ކަމަށްވާ ރޭޑިއޯ އެޓޮލް 96 އެފްއެމް އިން 1 ސެޕްޓެމްބަރުން ފެށިގެން ކޮންމެ ދުވަހަކުވެސް ދުވާލަކު 1 ގަޑިއިރު ސަރުކާރުގެ އިއްލާނުތަކާއި ނޫސްބަޔާންތަކާއި ދެންނެވުންތައް ހިލޭ ބްރޯޑްކާސްޓް ކޮށްދެއްވުމަށް އެސްޓޭޝަނުން ނިންމަވާފައިވުމާއެކު، އެކަން ފާހަގަކުރައްވައި އެކަމަށް އިސްނެންގެވި ކަމަށްޓަކައި އެސްޓޭޝަނަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވި އެވެ.
|
ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ވިދާޅުވެފައިވަނީ ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަކުރީ ބޭރުގެ އެހީދޭ ފަރާތްތަކުގެ ލަފާއާ އެއްގޮތަށް ކަމަށެވެ. އެމަނިކުފާނުގެ ރޭޑިއޯ ހިތޯބުގައި ވިދާޅުވީ މުސާރައިގެ ހަރަދު ކުޑަނުކޮށްފިނަމަ ބޭރުގެ އެހީތެރިކަމާއި ލޯންތައް ހޯދުމުގައި ދަތިތައް ކުރިމަތިވާނެ ކަމަށެވެ. ރައީސް ވަނީ ރައްޔިތުންނާއި މުއައްސަސާތަކުން ވެސް މި ބަދަލުތަކަށް އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފަ އެވެ. މީގެ އިތުރުން ރައީސް ވަނީ ލާމަރްކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމާ ގުޅޭ ބިލާމެދު ފުންކޮށް ވިސްނުމަށް މަޖިލިސް މެންބަރުންނަށް އިލްތިމާސްކުރައްވައިފަ އެވެ.
|
މި އިތުރުކުރުމަށް ފައިސާ ހޯދުމަށްޓަކައި، ސްޓާމާ ވަނީ "ވަރަށް އުނދަގޫ" ނިންމުމެއް ނަންގަވައި، ބައިނަލްއަގުވާމީ ތަރައްގީއަށް ދޭ ބަޖެޓު މިހާރުގެ ގައުމީ އާމްދަނީގެ 0.5% އިން 2027 ވަނަ އަހަރަށް 0.3% އަށް ދަށްކުރުމަށް ނިންމަވާފަ އެވެ. އެއީ ދިފާއީ ބަޖެޓު އިތުރުކުރުމަށް ހަމަޖެހިފައިވާ އަހަރެވެ.
"އަޅުގަނޑުމެން ޖެހޭނީ ގައުމީ ސަލާމަތީ ސިޔާސަތު ބަދަލުކުރަން،" އޭނާ އަންގާރަ ދުވަހު ޕާލަމެންޓުގައި ވާހަކަދައްކަވަމުން ވިދާޅުވި އެވެ.
އެންމެ މަހެއް ކުރިން، ޑިވެލޮޕްމަންޓް މިނިސްޓަރު އެނެލީސް ޑޮޑްސްއަށް ވަނީ 2021 ގައި، އިނގިރޭސިވިލާތުން ފަހުން އެހީ ކުޑަކުރިއިރު، ޔަމަނުގައި ކުޑަ ކުދިން ބަނޑުހައިހޫނުކަމުގައި މަރުވެފައިވާކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.
މިހާރު، ގާޒާ، ސޫދާން އަދި ޔޫކްރެއިންއަށް ދޭ އިންސާނީ އެހީތައް ހިމާޔަތްކުރެވޭނެ އެވެ. ނަމަވެސް އިނގިރޭސިވިލާތުގެ އެހެން ބައިނަލްއަގުވާމީ ބަޖެޓުތައް ބޮޑަށް ކުޑަކުރެވޭނެ އެވެ. މި އެހީ ކުޑަކުރުމުގެ ސަބަބުން މެދުއިރުމަތި، އެފްރިކާ އަދި އޭޝިއާގައި ހިންގާ މަޝްރޫއުތަކަށް އަސަރުކުރާނެކަމަށްވެ އެވެ.
އަސްކަރީ އާލާތްތައް މޮޑަނައިޒްކުރަން ޖެހޭ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ބައްދަލުކުރެއްވުމަށް ސްޓާމާ ބުރާސްފަތި ދުވަހު ވޮޝިންގްޓަނަށް ދަތުރުކުރުމަށް ހަމަޖެހިފައިވެ އެވެ. މި ބައްދަލުވުމުގައި ޔޫކްރެއިންއާއި ޔޫރަޕުގެ ސަލާމަތާބެހޭ މުހިންމު ވާހަކަތައް ދެކެވޭނެ އެވެ.
އެމެރިކާގެ ރައީސް ވަނީ ޔޫރަޕްގެ ގައުމުތަކުން ދިފާއީކަންތައްތަކަށް އެކަށީގެންވާ ވަރަށް ހޭދަ ނުކުރާކަމަށް ވިދާޅުވެފަ އެވެ. އިނގިރޭސިވިލާތުގެ މި އިއުލާނުން، ނޭޓޯއަށް އެމެރިކާއިންދޭ އެހީ ދަށްވަމުންދާއިރު އެހީތެރިކަން ހަރުދަނާކުރުމަށް މަގުފަހިވެދާނެ އެވެ.
"ހަނގުރާމަކުރުމުގެ ބާވަތްތައް މިހާރު ވަނީ ބޮޑުތަން ބަދަލުވެފައި،" ސްޓާމާ ވިދާޅުވިއެވެ. "އަޅުގަނޑުމެން ޖެހޭނީ އަޅުގަނޑުމެންގެ ގާބިލިއްޔަތުތައް މޮޑަނައިޒްކުރަން."
އެހީގެ ޖަމްއިއްޔާތަކުން ނުރުހުން ފާޅުކުރަނީ
ބޮޑުވަޒީރުގެ މި ނިންމުމާ ގުޅިގެން އެހީދޭ ޖަމްއިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ބޮންޑްގެ ޗީފް އެގްޒެކެޓިވް ރޮމިލީ ގްރީންހިލްއިން ބުނެފައިވަނީ: "މިއީ ބޮޑުވަޒީރާއި ޓްރެޝަރީން ނިންމި ކުރުރާސްތާގެ އަދި ހައިރާންވާންޖެހޭ ކަމެއް،" ކަމަށެވެ.
"ކުރިންވެސް ކުޑަވެފައިވާ އިނގިރޭސިވިލާތުގެ އެހީގެ ބަޖެޓު ދިފާއީ ބަޖެޓަށް އިތުރުކުރުމަށްޓަކައި މިހާ ބޮޑަށް ކުޑަކުރުމަކީ ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް ނުރައްކާތެރި ނަތީޖާތަކެއް ނިކުންނާނެ ފަރުވާކުޑަ ނިންމުމެއް."
ކުރީގެ ލޭބާ ފޮރިން ސެކްރެޓަރީ އަދި އިންޓަނޭޝަނަލް ރެސްކިއު ކޮމިޓީގެ އިސްވެރިޔާ ޑޭވިޑް މިލިބޭންޑް ވަނީ މިއީ "އިނގިރޭސިވިލާތުގެ ފަޚުރުވެރި ނަން ގްލޯބަލް އިންސާނީ އަދި ތަރައްގީގެ ލީޑަރެއްގެ ގޮތުގައި ލިބިފައިވާ ނަމަށް ލިބޭ ބޮޑު ލޮޅުމެއް" ކަމަށް ވިދާޅުވެފަ އެވެ.
ދިފާއީ ބަޖެޓުން ޖާސޫސަންނަށްވެސް ފައިސާ ލިބޭނެ
ދިފާއީ ޚަރަދުތައް އިތުރުކުރުމުގައި ސްޓާމާ ވަނީ އިނގިރޭސިވިލާތުގެ އިންޓެލިޖެންސް ސާވިސްތަކަށް 4 ބިލިއަން ޕައުންޑް އިތުރުކުރުމަށްވެސް އިއުލާންކުރައްވާފަ އެވެ. އޭނާ ވަނީ ހަތަރު އަހަރުގެ ތެރޭގައި ދިފާއީ ޚަރަދު ޖީޑީޕީގެ 3% އަށް އިތުރުކުރުމަށް "ސާފު ތަސައްވުރެއް" ކަނޑައަޅާނެކަމުގެ ވައުދުވެސް ވެވަޑައިގެންފަ އެވެ.
މިހާރު ޖޫން މަހުގައި އާ ގައުމީ ސަލާމަތީ ސްޓްރެޓެޖީއެއް ޝާއިއުކުރެވި، މިހާރު ކުރިއަށްދާ ދިފާއީ ރިވިއުއާއެކު، މިހާރުގެ ރެކޯޑް ދަށް އަދަދެއްކަމަށްވާ 72,000 ސިފައިންގެ އިނގިރޭސި އެއްގަމު ސިފައިންގެ އަދަދު އިތުރުކުރާނެކަމަށް ބެލެވެ އެވެ.
ގިނައިން އުފެއްދޭ ހަގުރާމަމަތީ ޑްރޯންތައް، ޕްރެސިޝަން މިސައިލްތައް، އާޓިލަރީ އަދި އެއާ ޑިފެންސްތަކަށް އިންވެސްޓްކުރުމަށް ޑިފެންސް މިނިސްޓްރީން ބަލާނެ އެވެ. އަދި ނިއުކްލިއާ މިސައިލް ސަބްމެރިން ޕްރޮގްރާމް ކުރިއަށް ގެންދަން ބާރުއަޅައި، 2030 ގެ ކުރީކޮޅު އާ ޑްރެޑްނޯޓް ސަބްމެރިން ތައާރަފުކުރުމަށް ރާވާފައިވެ އެވެ.
ތަރައްގީއަށް މަސައްކަތްކުރާ ޖަމްއިއްޔާއެއްގެ އިސްވެރިޔާ 'ހިތްދަތިކަން' ފާޅުކުރަނީ
ނަމަވެސް މި ދިފާއީ ޚަރަދަށް ލިބޭ ފައިސާއަކީ ބޭރުގެ އެހީގެ ބަޖެޓުން ބޮޑު މިންވަރެއް ކަނޑާލައިގެން ހޯދާ ފައިސާއެވެ. އެހެންކަމުން އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޮމިޓީގެ ޗެއާލޭޑީ ސާރާ ޗެމްޕިއަން ވިދާޅުވީ އޭނާ މިކަމާ "ވަރަށް ހިތްދަތިވެފައިވާ" ކަމަށެވެ.
ސްޓާމާގެ އެހީ ކުޑަކުރުމުގެ އިއުލާނާ ާމެދު "އަލުން ވިސްނުމަށް" އޭނާ ގޮވާލައްވާފައިވެ އެވެ.
"ކޮންފްލިކްޓަކީ ގިނަފަހަރަށް ކެތްތެރިކަން ގެއްލުމުގެ، މޫސުމީ ބަދަލުތަކުގެ އަދި ނާމާންކަމުގެ ނަތީޖާއެއް،" އޭނާ އިތުރަށް ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ފައިސާ ހޭދަކުރަންވާނީ މި ކަންކަން [ހަނގުރާމަ] ހުއްޓުވުމަށް، ނުރައްކާތެރި ނަތީޖާތަކަށް ނޫން."
އިނގިރޭސިވިލާތުގެ ޑިޕްލޮމެޓް އަދި ކުރީގެ އ.ދ ގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ލޯޑް މެލޮކް ބްރައުން ވަނީ ދިފާއީ ޚަރަދަށް ފައިސާ އިތުރުކުރުމަށް ބޭރުގެ އެހީ ކުޑަކުރުމުގެ ހިސާބުތައް ރަނގަޅުވާނެކަމާމެދު ސުވާލު އުފައްދަވާފަ އެވެ.
ސްޓާމާ ވިދާޅުވެފައި މިއީ "އަޅުގަނޑު އުފަލުން ކުރާ އިއުލާނެއް ނޫން" ކަމަށެވެ. ނަމަވެސް އޭނާ އިތުރުކުރެއްވީ "މިފަދަ ވަގުތެއްގައި އިނގިރޭސިވިލާތުގެ ދިފާއ އަދި ރައްކާތެރިކަން އަބަދުވެސް އިސްވާންޖެހޭނެ" ކަމަށެވެ.
ފޮރިން އޮފީހުގެ ބަޖެޓް 40% ކެނޑިދާނެކަމަށް ބެލެވޭ
އަންގާރަ ދުވަހު ޑައުނިން ސްޓްރީޓުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޓާމާ ރިޕޯޓަރުންނަށް ވިދާޅުވީ: "އަޅުގަނޑު މިއަދު އުނދަގޫ ނިންމުމެއް ނިންމައިފިން. އެއީ އަޅުގަނޑު އޯވާސީސް ޑިވެލޮޕްމެންޓަށް އިތުބާރުކުރާތީ، އަދި މިއަދު އަޅުގަނޑު ނަގަން ޖެހުނު ނިންމުމުގެ އަސަރު އަޅުގަނޑަށް އެނގޭތީ، އަދި އަޅުގަނޑު މިއަށް ލުއިކަމެއް ނުދޭނަން."
"އެއީ އިނގިރޭސިވިލާތުގެ ލޭބަރ ބޮޑުވަޒީރެއްގެ ގޮތުގައި އަޅުގަނޑު ނަގަން ބޭނުން ނުވާނެ ނިންމުމެއް، ނަމަވެސް އަޅުގަނޑުމެން ގައުމުގެ ސަލާމަތާއި ދިފާއު ޔަގީންކުރުމަށްޓަކައި ނަގަންޖެހޭ ނިންމުމެއް."
ބޮޑުވަޒީރާ ގާތް މަސްދަރެއް ށް ވިދާޅުވެފައިވަނީ ސަރުކާރުން މިހާރު "އުނދަގޫ ނިންމުންތަކެއް ނަގަންޖެހޭނެ" ކަމަސާ، އެއީ އޮފިޝަލް ޑިވެލޮޕްމަންޓް އެސިސްޓެންސް ބަޖެޓުން ކަނޑަންޖެހޭ ވަކި ދާއިރާތަކާ ބެހޭގޮތުންނެވެ.
ކުރިން އިނގިރޭސިވިލާތުން ދުނިޔެއަށް މިސާލެއް ދެއްކީ ބޭރުގެ އެހީއަށް، ޖީޑީޕީގެ 0.7% ކަނޑައަޅައި ބައިނަލްއަގުވާމީ ގޮތުން އެއްބަސްވެފައިވާ ހިސާބަށް ޚަރަދުކުރުމުންނެވެ. މިއީ ބުނެވޭގޮތުގައި "ސޮފްޓް ޕަވާ" ގެ ލަނޑުދަނޑިތައް ހާސިލުކުރެވޭ ކަމެކެވެ.
ނަމަވެސް ކޮވިޑް-19ގެ ދުވަސްވަރު 2021ގައި މިއަދަދު 0.5% އަށް ނުވަތަ 12 ބިލިއަން ޕައުންޑަށް ކުޑަކުރެވުނެވެ.
އިނގިރޭސިވިލާތުގެ ބޭރުގެ އެހީ ހޭދަކުރެވެނީ ފުޅާ ދާއިރާއެއްގެ މަޝްރޫއުތަކަށެވެ. އޭގެތެރޭގައި ހިމެނެނީ ގާޒާ ނުވަތަ ސީރިއާގައި ހަނގުރާމައިގެ ސަބަބުން ހާލުގައިޖެހިފައިވާ މީހުންނާއި، ކެރީބިއަން ނުވަތަ ސައުތު ޕެސިފިކްގައި މޫސުމީ ބަދަލުތަކުގެ ސަބަބުން އަސަރުކޮށްފައިވާ މީހުންނަށް އެހީވުމަށެވެ.
ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުގެ ބައިނަލްއަގުވާމީ ތަރައްގީގެ ބަޖެޓަށް އައިސްފައިވާ ބަދަލުތައް
ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި، އިނގިރޭސިވިލާތުގެ ބައިނަލްއަގްވާމީ ތަރައްގީގެ ބަޖެޓަށް ފާހަގަކުރެވޭ ބަދަލުތަކެއް އައިސްފައިވެއެވެ:
2020: 14.5 ބިލިއަން ފައުންޑް
2021: 11.4 ބިލިއަން ފައުންޑް
2022: 12.8 ބިލިއަން ފައުންޑް
2023: 15.3 ބިލިއަން ފައުންޑް
2024: 13.7 ބިލިއަން ފައުންޑް
2020 ގައި، އިނގިރޭސިވިލާތުގެ ސަރުކާރުން ކޮވިޑް-19 ބަލިމަޑުކަމަށް ވަގުތީ ފިޔަވަޅެއްގެ ގޮތުން، ރަސްމީ ތަރައްގީގެ އެހީ ގައުމީ ޖުމްލަ އާމްދަނީގެ 0.7% އިން 0.5% އަށް ދަށްކުރި އެވެ. މި ދަށްކުރުމުގެ ސަބަބުން 2019 ގައި 15.2 ބިލިއަން ޕައުންޑްގައި ހުރި އެހީގެ ޚަރަދު 2021 ގައި 11.4 ބިލިއަން ޕައުންޑަށް ދަށްވި އެވެ.
|
އިނގިރޭސިވިލާތުން އަސްކަރީ ބަޖެޓު އިތުރުކުރުމަށްޓަކައި ބޭރުގެ އެހީގެ ބަޖެޓު ކުޑަކޮށްފިއެވެ. މިއީ ދިފާއީ ބަޖެޓު 2027 ވަނަ އަހަރަށް ގައުމީ އުފެއްދުންތެރިކަމުގެ 0.3% އަށް ދަށްކުރުމަށް ނިންމި ނިންމުމެކެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް ނުރައްކާތެރިކަން ކުރިމަތިވާނެކަމަށް އެހީދޭ ޖަމްއިއްޔާތަކުން ބުނެއެވެ.
|
ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތް ވަޒީރުންނަށް މަގާމުގައި ނުތިއްބެވޭނެ ކަމަށް ސުޕްރީމް ކޯޓުން ރޭ ނިންމުމާ ގުޅިގެން އެ ވަޒީރުންނަށް ސަރުކާރުން ދެމުން ގެންދާ އިނާޔަތްތައް ނުނެންގެވުމަށް އަމިއްލައަށް ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވެއްޖެ އެވެ.ޒުހައިރު ވިދާޅުވީ އެ ބޭފުޅުންގެ އިނާޔަތްތަކުގެ ތެރޭގައި ހިމެނޭ ކާރުކޮޅު ބޭނުން ކުރެއްވުން ވެސް މިހާރު ހުއްޓާލައްވާފައިވާ ކަމަށެވެ."އެ ބޭފުޅުންނަށް ލިބިވަޑައިގަންނަވާ އިނާޔަތްތައް ނެންގެވުން މިހާރު ވަނީ އަމިއްލަފުޅަށް ހުއްޓަވާލައްވާފައި. އެއީ އެ ބޭފުޅުންގެ އަމިއްލަ ނިންމެވުމެއް. ސަރުކާރުން ވަކި ގޮތަކަށް އިނާޔަތްތައް ހުއްޓާލެއްވީއެއް ނޫން،" ޕްރެސް ސެކްރެޓަރީ ވިދާޅުވި އެވެ.އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމްގައިވާ ގޮތަށް ރުހުން ނެތް ވަޒީރުން މަގާމުން ރައީސުލްޖުމްހޫރިއްޔާ ވަކި ކުރައްވަންދެން އަމިއްލައަށް ގޮތެއް ނިންމަވަންދެން މަސްއޫލިއްޔަތު އަދާ ކުރެއްވުމުގައި ދެމި ތިއްބަވާނެ ކަމަށާއި އެ ބޭފުޅުން ތިއްބަވާނީ ރައީސުލްޖުމްހޫރިއްޔާގެ މުވައްޒަފުންގެ ގޮތުގައި ކަމަށެވެ.ރައީސުލްޖުމްހޫރިއްޔާ އެމީހުން މަގާމުން ވަކިކުރަން ދެން ތިބޭނީ "ޑި ފެކްޓޯ" މުވައްޒަފުންގެ ގޮތުގައި ކަމަށް ވިޔަސް "ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބޭ ހާލަތެއްގައި ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ އެއްވެސް މެމްބަރަކަށް ވަޒީރުންގެ މަޖިލިހުގެ މެމްބަރުކަމުގެ މަގާމުގައި ދެމި ތިބެވޭނެ ތަނެއް ނެތް ކަމަށް" ސުޕްރީމް ކޯޓުގެ ހަ ފަނޑިޔާރުންގެ ނިންމެވުމުގައިވެ އެވެ.ރުހުން ނެތް ވަޒީރުން ރައީސުލްޖުމްހޫރިއްޔާ ވަކިކުރަން ދެން "ޑި ފެކްޓޯ" މުވައްޒަފުންގެ ގޮތުގައި ތިބެވޭނެ ކަމަށް ނިންމީ އަދުލް އިންސާފު ގާއިމްކުރުމުގެ ހައިސިއްޔަތުންނާއި ސުޕްރީމް ކޯޓަށް ލިބިފައިވާ ގާނޫނު އަސާސީގެ ބެލެނިވެރިކަމުގެ މަސްއޫލިއްޔަތަށް ބެލުމަށް ފަހު ކަމަށް ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން ވިދާޅުވެފައިވެ އެވެ.ޕްރެސް ސެކްރެޓަރީ ވިދާޅުވީ އާދީއްތަ ދުވަހު އޮފީސްތައް ހުޅުވުމުން ރުހުން ނެތް ވަޒީރުން އޮފީހަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި އެ ބޭފުޅުންނާ މެދު ރައީސުލްޖުމްހޫރިއްޔާ ގޮތެއް ނިންމަވާނީ އާދިއްތަ ދުވަހު ކަމަށް ޒުހައިރު ވިދާޅުވި އެވެ.ހަފުތާގެ ރޭޑިޔޯ ތަގުރީރުގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ ހުކުމަށް ތަބާވެ ވަޑައިގަންނަވާނެ ކަމށެވެ.ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތީ ހޯމް މިނިސްޓަރު މުހައްމަދު ޝިހާބާއި ޑިފެންސް މިނިސްޓަރު އަމީން ފައިސަލާއި ފިނޭންސް މިނިސްޓަރު އަލީ ހާޝިމާއި އެޓާނީ ޖެނެރަލް އަހުމަދު އަލީ ސަވާދާއި ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދާއި ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހިމް ދީދީ އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީގެ އެވެ.
|
ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތް ވަޒީރުންނަށް ސަރުކާރުން ދެއްވާ އިނާޔަތްތައް ނުނެންގެވުމަށް އެބޭފުޅުން އަމިއްލަފުޅަށް ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ހާމަކުރައްވައިފިއެވެ. ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އެބޭފުޅުންގެ އިނާޔަތްތައް ނެންގެވުން ހުއްޓަވާލައްވާފައިވާއިރު އެބޭފުޅުން ތިއްބަވާނީ ރައީސުލްޖުމްހޫރިއްޔާގެ މުވައްޒަފުންގެ ގޮތުގައި ކަމަށެވެ. މިވަޒީރުން މަގާމުން ވަކިކުރައްވަންދެން އެބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ދެމި ތިއްބަވާނެ ކަމަށްވެސް ޒުހައިރު ވިދާޅުވިއެވެ.
|
ތިން ރަށެއްގެ ބީއެމްއެލް ބްރާންޗުތައް، އިސްލާމިކް ބޭންކިންއަށް އިސްކަންދޭން ރީބްރޭންޑްކޮށްފިއެވެ. މިއަދަކީ ބީއެމްއެލްގެ އިސްލާމިކް ބޭންކިން ޚިދުމަތްތައް ދެމުން އަންނަތާ 10 އަހަރު ފުރުނު ދުވަހެވެ. ބީއެމްއެލްއިން ބުނި ގޮތުގައި، ބީއެމްއެލް އިސްލާމިކް ގާއިމުކުރެވުނީއްސުރެ އިސްލާމިކް ބޭންކިން ޚިދުމަތް ދެމުން އަންނަނީ ޝާރީއާއާ އެއްގޮތްވާ ގޮތުގެ މަތީން ފަރުމާކޮށްފައިވާ ޕްރޮޑަކްޓްތަކާއި، ބީއެމްއެލް އިސްލާމިކްގެ ފަންޑު މުޅީން ވަކިކޮށް، އިސްލާމިކް ބޭންކިންގެ ދާއިރާގައި ބައިނަލްއަގުވާމީގޮތުން ބޭނުންކުރާ އެންމެ ރަނގަޅު މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ. ބީއެމްއެލްއިން ބުނީ، ބޭންކުގެ ސްޓްރެޓެޖީއާ އެއްގޮތްވާ ގޮތުގެ މަތިން، އޭދަފުށި، މަހިބަދޫ އަދި ގަން ބްރާންޗްތައް މިހާރުން ފެށިގެން ބީއެމްއެލް އިސްލާމިކްގެ ބްރާންޗްތަކަކަށް ރީބްރޭންޑްކޮށް، އެ ބްރާންޗްތަކުން ޚިދުމަތް ދެމުން ދާނީ އިސްލާމިކް ބޭންކިންގެ ޚިދުމަތްތަކަށް އިސްކަންދީގެން ކަމަށެވެ. ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ ބީއެމްއެލް އިސްލާމިކްއަށް 10 އަހަރު ފުރުމަކީ ފަޚުރެއް ކަމަށެވެ. "ރާއްޖޭގެ އެންމެ ބޮޑު އިސްލާމިކް ބޭންކުގެ ހައިސިއްޔަތުން، މި ބޭންކުން އެކައުންޓް، ކާޑު އަދި ފައިނޭންސިން ޚިދުމަތްތައް ހިމެނޭހެން ހުރިހާ ޚިދުމަތެއް ފޯރުކޮށްދެން. މި ބޭންކަކީ އިސްލާމިކް އޯވާޑްރާފްޓް ފައިނޭންސިން، ކޭޝް ފައިނޭންސިން، ހައިބްރިޑް ހޯމް ފައިނޭންސިން، އިސްލާމިކް ޑެބިޓް ކާޑު ރާއްޖެއަށް ތައާރަފުކުރި ބޭންކް،" އޭނާ ވިދާޅުވިއެވެ. "އަދި ހަމައެހެންމެ މި ބޭންކަކީ ރާއްޖޭގައި ހަމައެކަނި ޝަރީޢާ ކޮމްޕްލައެންޓް ކްރެޑިޓް ކާޑުގެ ޚިދުމަތްދޭ ބޭންކުވެސްމެ." ޝަރީފް ވިދާޅުވީ ތިން ރަށުގެ ބްރާންޗްތަކަށް ގެނައި ބަދަލުން ދައްކުވައިދެނީ ރައްޔިތުން ބޭނުންވާފަދަ ޚިދުމަތެއް ފޯރުކޮށްދިނުމަށް އެ ބޭންކުން ދޭ އަހައްމިއްޔަތުކަން ކަމަށެވެ. ބީއެމްއެލްގެ ބޭންކިން ވިއުގައިގައި 20 އަތޮޅުގައި 39 ބްރާންޗް، 95 ސެލްފްސާވިސް ބޭންކިން ސެންޓަރު، 150 އޭޓީއެމް އޭޖެންޓު ބޭންކިން ޚިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތް ހިމެނެއެވެ.
|
ބީއެމްއެލް އިން އޭދަފުށި މަހިބަދޫ އަދި ގަން ބްރާންޗްތައް އިސްލާމިކް ބޭންކިންގެ ޚިދުމަތަށް އިސްކަންދީ ރީބްރޭންޑްކޮށްފިއެވެ. މިއަދަކީ ބީއެމްއެލް އިސްލާމިކްގެ 10 ވަނަ އަހަރުފުރޭ ދުވަސް ކަމަށާއި މި ބޭންކުން ހުރިހާ ޚިދުމަތެއް ދެނީ ޝަރީޢާއާ އެއްގޮތަށް ފަރުމާކޮށްފައިވާ ޕްރޮޑަކްޓްތަކާއި ފަންޑުތައް މެދުވެރިކޮށް ކަމަށް ބީއެމްއެލްއިން ބުނެއެވެ. އިސްލާމިކް ބޭންކިންގެ ދާއިރާއިން ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ޚިދުމަތް ދެމުންދާ ބޭންކްގެ ހައިސިއްޔަތުން މި ބޭންކުން އެކައުންޓާއި ކާޑު އަދި ފައިނޭންސިންގ ގެ އިތުރުން ކްރެޑިޓް ކާޑުގެ ޚިދުމަތް ފޯރުކޮށްދެއެވެ.
|
ކުރީގެ އަނބިމީހާއަށް ބިރު ދައްކައި ބްލެކްމައިލް ކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ އުމުރުން 57 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ވަނީ 10 ދުވަހުގެ މުދަތެއް ޖަހާފައެވެ.
އޭނާގެ ބަންދު މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވާ ގޮތުން އެމީހާގެ މައްޗަށް ތުހުމަތު ކުރާ ކަންކަމަކީ ހުއްދަ ނެތި ގެދޮރަށް ވަނުމާއި އޮރިޔާން ކާޑު ގެންގުޅުމާއި ބްލެކްމެއިލް ކުރުން އަދި ބިރުދެއްކުމެވެ.
އޭނާގެ ކުރީގެ އަނބިމީހާ ބްލެކްމެއިލް ކުރި ކަމަށް ކޮންމެ ވެސް މިންވަރަކަށް ހެކި ހުށަހަޅާފައިވާ ކަމަށް ވެސް އެ އަމުރުގައި ބުނެފައި ވެއެވެ. އަދި އޭނާ ބަންދުކުރީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ ކަމަށް ވެސް ކްރިމިނަލް ކޯޓުން ބުނެފައި ވެއެވެ.
|
ކުރީގެ އަނބިމީހާ ބްލެކްމެއިލްކޮށް ބިރުދެއްކި ކަމުގެ ތުހުމަތުގައި އުމުރުން 57 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށް ކޯޓުން ވަނީ 10 ދުވަހުގެ ބަންދު މުއްދަތެއް ދީފައެވެ. ކޯޓުގެ އަމުރުގައި ބުނާ ގޮތުން އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ހުއްދަނެތި ގެދޮރަށް ވަނުން އޮރިޔާން ކާޑު ގެންގުޅުން ބްލެކްމެއިލްކުރުން އަދި ބިރުދެއްކުން ހިމެނެ އެވެ.
|
ޣައްޒާގެ ދެ މިލިއަނަށްވުރެ ގިނަ ރައްޔިތުންނަށް އިސްރާއީލުން ފޯރުކޮށްދެމުން އައި ކަރަންޓުގެ ޚިދުމަތް ވަގުތުން ކަނޑާލުމަށް އިސްރާއީލުގެ އެނަރޖީ މިނިސްޓަރު އެލީ ކޯހެން އަންގައިފިއެވެ.
މިކަން އޭނާ ކަށަވަރުކޮށްދީފައިވަނީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
"ވާހަކަދެއްކުމުގެ ވަގުތު މިހާރު ވަނީ ހަމަވެފައި. މިހާރު މިއީ ޢަމަލީ ގޮތުން ކަންތައްތައް ކުރުމުގެ ވަގުތު!" އޭނާ ބުނެފައިވެއެވެ.
މި އިޢުލާނު އައިސްފައިމިވަނީ، އިސްރާއީލުން ޣައްޒާއަށް ފޯރުކޮށްދެމުން އައި ހުރިހާ މުދަލެއްގެ ސަޕްލައި ހުއްޓާލިތާ ހަފްތާއެއް ފަހުންނެވެ.
ޤަތުލު އާއްމުގެ ކުރިން ޣައްޒާއަށް ބޭނުންވާ ކަރަންޓުގެ ބޮޑު ބައެއް ލިބެމުން އައީ އިސްރާއީލުންނެވެ. ނަމަވެސް 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ވަނީ ކަރަންޓު ސަޕްލައި ބޮޑުތަނުން މަދުކޮށްފައެވެ. އަދި ޣައްޒާގެ ހަމައެކަނި ކަރަންޓު އުފައްދާ ޕްލާންޓަށް ބޭނުންވާ ތެޔޮ ވެސް ހިފަހައްޓާފައެވެ.
އިސްރާއީލް ހަޔޯމް ނޫހުން ފާއިތުވި އާދީއްތަ ދުވަހު ރިޕޯޓުކުރި ގޮތުގައި، ހަމާސްއިން ގަތުލް އާއްމު މެދުކަނޑާލުމުގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހި އިތުރަށް ދިގުކުރުމަށް އެއްބަސްނުވާނަމަ، އިސްރާއީލުގެ ސަރުކާރުން ޣައްޒާގެ ކަރަންޓާއި ފެން ކަނޑާލާނެއެވެ.
އަދި އިސްރާއީލްގެ ނިރުބަވެރި ބޮޑުވަޒީރު ނަތަންޔާހޫ ހުރީ ގަތުލް އާއްމު އެއްކޮށް ނިންމުމަށް އެއްބަސްވުމަށް ތައްޔާރަށް ނޫން ކަމަށްވެސް އެ ނޫހުން ރިޕޯޓް ކޮށްފައިވާއިރު، އެހެން އެއްބަސް ނުވަނީ އެކަމުގެ ސަބަބުން ހަމާސް ބާރުގަދަ ވާނެތީ ކަމަށް ބުނެފައިވެއެވެ.
|
އިސްރާއީލުގެ އެނަރޖީ މިނިސްޓަރު އެލީ ކޯހެން ޣައްޒާއަށް ދެމުން އައި ކަރަންޓުގެ ޚިދުމަތް ވަގުތުން ކަނޑާލުމަށް އަންގައިފިއެވެ. އެކްސްގައި ކޮށްފައިވާ އިޢުލާނެއްގައި ކޯހެން ބުނެފައިވަނީ ވާހަކަދެއްކުމުގެ ވަގުތު ފާއިތުވެ މިހާރު އަމަލީ ފިޔަވަޅު އަޅަންޖެހޭކަމަށެވެ. މި ނިންމުން އައިސްފައިވަނީ އިސްރާއީލުން ޣައްޒާއަށް ފޯރުކޮށްދެމުން ދިޔަ ހުރިހާ މުދާ ސަޕްލައި ހުއްޓާލިތާ ހަފްތާއެއް ފަހުންނެވެ. އިސްރާއީލް ހަޔޯމް ނޫހުން ރިޕޯޓްކޮށްފައިވާގޮތުގައި އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހި އިތުރަށް ދިގުނުކުރާނަމަ އިސްރާއީލުން ޣައްޒާގެ ކަރަންޓާއި ފެނުގެ ޚިދުމަތް ކަނޑާލާނެއެވެ.
|
ހދ. މަކުނުދޫ ސްކޫލު ކުދިންނަށް ދިމާވާ މައްސަލައަކީ ހަމައެކަނި ޖިންނީންގެ ސަބަބުން ދިމާވާ ކަމެއް ނޫން ކަމާއި އެއީ މާސް ހިސްޓީރިއާ ކަމަށް މިހާރު ގިނަ ބަޔަކު ގަބޫލު ކުރާ ކަމަށް މަކުނުދޫގެ ބައެއް މީހުން ބުނެފި އެވެ.އެ ރަށުގެ އިސް މީހަކު މިއަދު ވިދާޅުވީ މަކުނުދޫ ސްކޫލު ކުދިންނަށް ދިމާވާ މައްސަލައަކީ ހަމައެކަނި ޖިންނީންގެ ސަބަބުން ޖެހޭ މައްސަލައެއް ކަމަށް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އަދި ބައެއް ކުދިންނަށް އެ ބަލި ޖެހުމުން ގިނަ ކުދިން އެކަމާ ބިރުގަނެ ހޭނެތެނީ ކަމަށް ގަބޫލު ކުރާ ކަމަށާއި އެއީ ސައިކޭޓްރިސްޓުން ބުނާ މާސް ހިސްޓީރިއާ ކަމަށް ގިނަ ބެލެނިވެރިން މިހާރު ގަބޫލު ކުރާ ކަމަށެވެ.އެ މައްސަލަ ދިމާވި ކުއްޖެއްގެ ބެލެނިވެރިއަކު މިއަދު ބުނި އޭނާގެ ތިން ދަރިންނަށް އެ މައްސަލަ ދިމާވި ކަމަށާއި އެހެން ނަމަވެސް އޭގެ ތެރެއިން ދެ ކުއްޖަކަށް ޖެހިފައި ވަނީ ޖިންނި ބަލި ނޫން ކަމަށް މިހާރު ގަބޫލު ކުރާ ކަމަށެވެ."އަޅުގަނޑުގެ ތިން ކުދިންނަށް ވެސް އެ ބަލި ޖެހިފައިވާ ކަމަށް ކުރިން ހީކުރިން. އެހެން ނަމަވެސް ފަހުން އެނގިއްޖެ އެއީ އެ ބަލި ނޫންކަން. އެއީ ނަފްސާނީ ގޮތުން ބިރުގަތުން ކަން،" ބެލެނިވެރިޔާ ބުންޏެވެ.މަކުނުދޫ ސްކޫލުގެ އިސްވެރިއަކު މިއަދު ވިދާޅުވީ ރަށުގެ ގިނަ ބަޔަކު ގިނަ ކުދިންނަށް ޖެހިފައިވަނީ ޖިންނި ބަލި ނޫން ކަން ގަބޫލު ކުރަމުންދަނީ ފަންޑިތަ ހަދާތާ ގިނަ ދުވަސްތަކެއް ވެގެން ދިޔައިރު އެ ބަލި ރަނގަޅު ނުވާތީ އެވެ. އަދި އެ ރަށަށް ޒިޔާރަތް ކުރި ސައިކޭޓްރިސްޓުންނާއި ކައުންސިލަރުންގެ ވާހަކަތަކުގެ ސަބަބުން ވެސް އެކަން ގަބޫލު ކުރަން އެހީ ވެދިން ކަމަށް އޭނާ ވިދާޅުވި އެވެ."ކުރިން ރަށު އެންމެން ކަހަލަ ގޮތަކަށް ގަބޫލު ކުރަމުން އައީ ހުރިހާ ކުދިންނަށް ވެސް މި ޖެހެނީ ޖިންނީންގެ މައްސަލައެއް ކަމަށް. އެހެން ނަމަވެސް ރަށުގެ ބެލެނިވެރިއަކު އޭނާގެ ދަރިފުޅަށް ވެގެން އުޅޭގޮތް ވަރަށް ގާތުން ބެލީ. ބެލިއިރު މިވާ ގޮތަކީ އެހެން ކުދިން ބަލިވާތީ އޭނަވެސް ބިރުގަނެ ހޭނެތެނީ. ދެން ގަޔަށް ބާރުގަނޑެއް އަރާ އެހެން ކުދިންނަށް ވާގޮތް ހަމަވަނީ. އެހެން ކަމުން އެނގިއްޖެ ގިނަ ކުދިންނަކީ އެ މައްސަލައިގައި ބިރުން އުޅުމުގެ ސަބަބުން"ބަލި ޖެހިފައިވާ" ކުދިން ކަން،" ސްކޫލުގެ އެއްވެރިއާ ވިދާޅުވި އެވެ.އޭނާ ވިދާޅުވީ ފަންޑިތަ ހަދައިގެން ވެސް ކުދިން ރަނގަޅުނުވާން ފެށުމުން އޭގައި އެހެން ކަމެއް އުޅޭކަން ގިނަ ބެލެނިވެރިން މިހާރު ގަބޫލު ކުރާ ކަމަށެވެ. އޭނާ ވިދާޅުވީ އެ މައްސަލަޖެހިފައިވާ 23 ހަކަށް ކުދިން ރަށުގައި އުޅޭ އިރު އޭގެ ތެރެއިން އަސްލު މައްސަލަ ޖެހިފައިވަނީ އެންމެ ހަތަރު ވަރަކަށް ކުދިންނަށް ކަމަށެވެ."މިހާރު ގަބޫލު ކުރޭ ގިނަ ކުދިންނަށް ޖެހިފައިވަނީ ސައިކޭޓްރިސްޓުން ބުނާ ކަހަލަ މައްސަލައެއް ކަން. އެއީ ފަންޑިތައިން ރަނގަޅުވާނެ ކަމެއް ނޫން ކަންވެސް އަދި ކައުންސިލަރުންނާއި ސައިކޭޓްރިސްޓުންގެ އެހީ ހޯދަން ޖެހޭ ކަމެއް ކަން ވެސް ގަބޫލު ކުރޭ،"މަކުނުދޫ ސްކޫލުގެ އިސް ބޭފުޅަކު މިއަދު ވިދާޅުވީ އެ ސްކޫލުގެ 19 ކުއްޖަކަށް "ޖިންނި ބަލި" ޖެހި، މަސް ދުވަސް ސްކޫލަށް ނުދެވި ގޭގައި މަޑު ކުރަން ޖެހިފައިވާ ކަމަށެވެ. އެހެން ނަމަވެސް މިހާރު އެ ކުދިންގެ ހާލު ރަނގަޅުވެ ސްކޫލަށް ދާން ފަށައިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.އޭނާ ވިދާޅުވީ ކުދިން ރަނގަޅުވެ ސްކޫލަށް ދާން ފެށި ނަމަވެސް އޭގެތެރެއިން ގިނަ ކުދިން ބައިތިއްބަނީ އެހެން ކުދިންނާ ވަކިން ކަމަށެވެ. އެގޮތުން އެ ރަށު ސްކޫލުގެ ގްރޭޑް 1- 7 ގައި ކިޔަވާ ދަރިވަރުންގެ ތެރެއިން މައްސަލަ ކުރިމަތިވެފައިވާ ކަމަށް ބުނާ 11 ދަރިވަރަކަށް ޓާމް ޓެސްޓު ދެމުން އަންނަނީ ވަކި ހާއްސަ ގަޑިއެއްގައި ކަމަށެވެ." ގިނަ ފަހަރަށް ކުއްޖަކު ވެއްޓޭ އިރަށް އެހެން ކުދިން ބިރުގަންނަ ގޮތްވަނީ. އެހެން ކަމުން އެކުދިން މުޅިން ރަނގަޅުވަންދެން އެހެން ކުދިންނާ ވަކިން ބޭތިއްބުމަކީ ރަނގަޅު ގޮތެއް ކަމަށް ފެންނާތީ އަޅުގަނޑުމެން އެގޮތަށް ކަންތައް ކުރީ" މަކުނުދޫ ސްކޫލުން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.އޭނާ ވިދާޅުވީ ކުދިން ސްކޫލަށް ނާދެވި މަހެއްހާ ދުވަސް ވަންދެން ކިޔެވުން މެދުކެނޑުމުގެ ސަބަބުން އެ ކުދިންގެ ކިޔެވުމުން ވަރަށް ބޮޑުބައެއް ގެއްލިފައިވާ ކަމަށެވެ. އެ މައްސަލަ ޖެހިފައިވާ ކުދިން ސްކޫލަށް ނުގެންދިއުމަށް އަންގާފައިވާނެ ކަމަށާއި އެއީ އެހެން ކުދިންނަށް އޭގެ ސަބަބުން ނަފްސާނީ މައްސަލަތައް ކުރިމަތިވާތީ ކަމަށް އެ ބޭފުޅާ ވިދާޅުވި އެވެ.މަކުނުދޫ ސްކޫލުން ބުނިގޮތުގައި ކައުންސިލަރުންގެ އެހީތެރިކަމާއި ކުދިން ރަނގަޅުނުވެ ގިނަ ދުވަސްވާން ފެށުމުން އެއީ ހަމައެކަނި ޖިންނީންގެ ސަބަބުން ދިމާވާ ކަމެއް ނޫން ކަމަށް ގިނަ ބެލެނިވެރިން މިހާރު ގަބޫލު ކުރާ ކަމަށެވެ.މަކުނުދޫން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ ރަށުގެ 23 ހަކަށް ކުއްޖަކަށް އެ އާދަޔާ ހިލާފު މައްސަލަ ދިމާވުމުގެ ސަބަބުން އެ ކުދިންގެ އާއިލާތަކާއި އަވަށްޓެރިން ރަށުގައި ބަންދުވެވި މަސައްކަތެއް ނުކޮށް ތިބެން ޖެހިފައިވާ ކަމަށެވެ. އޭގެ ސަބަބުންނާއި ކުދިންނަށް ފަރުވާ ކުރުމަށް ގިނަ ހަރަދުތަކެއް ކުރަން ޖެހުމުގެ ސަބަބުން އެމީހުންގެ އަތްމަތި ވަރަށް ދަތިވެފައިވާ ކަމަށް އޭނާ ބުންޏެވެ."އަޅުގަނޑުމެން މިއުޅެނީ އެހީއަށް އެދި އެކި ފަރާތްތަކަށް ދަންނަވައިގެން. އެކި މިނިސްޓްރީތަކާއި ބައެއް ވިޔަފާރި ވެރިންވެސް އެހީ ތެރިވެދޭނެ ކަމަށް ބުނަނީ،" ނަން ހާމަ ނުކުރުމަށް ޝަރުތު ކޮށް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
|
ހދ. މަކުނުދޫ ސްކޫލު ކުދިންނަށް ދިމާވާ މައްސަލައަކީ ހަމައެކަނި ޖިންނީންގެ ސަބަބުން ދިމާވާ ކަމެއް ނޫން ކަމާއި އެއީ މާސް ހިސްޓީރިއާ ކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ. މި މައްސަލަ ދިމާވި ކުދިންގެ ބެލެނިވެރިންގެ ތެރެއިން އެކަކު ބުނީ އޭނާގެ ތިން ކުދިންނަށް އެ މައްސަލަ ދިމާވި ކަމަށާއި ނަމަވެސް އޭގެ ތެރެއިން ދެ ކުއްޖަކަށް ޖެހިފައި ވަނީ ޖިންނި ބަލި ނޫން ކަމަށެވެ. ސްކޫލުގެ އިސްވެރިޔަކު ވިދާޅުވީ ގިނަ ކުދިންނަށް ޖެހިފައިވަނީ ނަފްސާނީ ބައްޔެއްކަމާއި އެއީ ފަންޑިތައިން ރަގަނޅުވާނެ ބައްޔެއް ނޫން ކަމަށެވެ. އެ ރަށުގައި 23 ކުދިންނަށް މި މައްސަލަ ދިމާވެފައިވާއިރު އޭގެ ތެރެއިން ހަތަރު ކުދިންނަށް މަޢާނަވީ މައްސަލައެއް ކުރިމަތިވެފައިވާ ކަމަށް ބެލެވެއެވެ.
|
ކުށެއް ކުރެވުނަސް އަދި ފާފައެއް ކުރެވުނަސް އެއީ ހަތަރު އުދަރެސް ފެނުޖެހެންވީ ކަމެއް ނޫނެވެ. އެކަން ޤަބޫލުކޮށް ތިމާ އިޞްލާޙްވީމާ ނުވަތަ ތައުބާވީމާ އެއޮތީ އެކަން ނިމިފައެވެ. ނަމަވެސް ތިމާގެ ސަބަބުން މީހަކަށް ދެރައެއް ލިބިއްޖެނަމަ ސަލާމަތްވެވުން އެހައި ފަސޭހައެއް ނުވާނެއެވެ.
ނިސާ ސޫރަތުގެ 112 ވަނަ ޢާޔަތް ބަލާށެވެ. "އަދި، ކުށެއް ނުވަތަ ފާފައެއްކޮށް (އެކަމުގެ) ކުށެއްނެތް މީހެއްގައި އެކަން އަޅުވާ މީހާ (ދަންނާށެވެ!) ފަހެ، އެމީހާ ބޮޑުވެގެންވާ ދޮގަކާއި، ފާޅުވެގެންވާ ފާފައެއް އުފުލައިފިކަން ކަށަވަރެވެ." އޮތް ބަސްފުޅަށެވެ.
ތިމާ އަމިއްލައަށް ކުށް، އަދި ފާފަތައް ކުރުމަށްފަހު އެއްވެސް ކުށެއް ނެތް މީހުންގެ ބޮލުގައި އެކަން އަޅުވައެވެ. ތިމާކުރި ފާފައިން ރެކި ސަލާމަތްވާން މަސައްކަތްކުރެއެވެ. ފާފައެއް ކުރުމަށްފަހު އެހެން މީހެއްގެ ބޮލުގައި ފާފަކުރިކަން އެޅުވުމުން އެކުރެވެނީ ބޮޑުވެގެންވާ 2 ފާފައެވެ. 1 ކުރިފާފަ. 2 އެހެން މީހެއްގެ ބޮލުގައި ނުޙައްޤުން ފާފައެއް އެޅުވުން. މިއީ ހަމަކޮންމެ މީހަކުވެސް ވިސްނައިލަން ޖެހޭނެ ކަމެކެވެ.
ފާފައެއް ކުރުމަށްފަހު މިފަދައިން ޢަމަލުކުރުމަކީ ސުވަރުގެ ގެއްލިދާނެ ފަދަ ކަމެކެވެ. އެހެނީ އެކުރެވެނީ ނުބައިކަން ބޮޑުވެގެންވާ ފާފައެކެވެ.
މީސްތަކުންނޭވެ! ކޮންމެ މީހަކަށްވެސް ފާފައެއް ކުރެވިދާނެއެވެ! ފާފައެއް ކުރެވިއްޖެ ނަމަ އަވަހަށް ތައުބާވާށެވެ! އެކަމުގެ ޒިންމާ މިދުނިޔޭގައިވެސް އުފުލާށެވެ! ތެދުބަހުން ބުނެ ކުށަށް އިއްތިރާފްވާށެވެ! ހަމަ އެއާއެކު ފާފަ ނުކުރާ މީހުންގެ ބޮލުގައި އިލްޒާމްތައް އަޅުވައި ނުހަދާށެވެ!
ނިކަން ވިސްނައިލަބަލާށެވެ! އެއް ގޭގައި އެކީ އުޅެމުން ތިމާއަށް ކުރެވޭ ކުދިކުދި ކަންކަން ބޮލުން ނައްޓާލައި އަޚާގެ ނުވަތަ އުޚުތާގެ ބޮލުގައި އެބަ އަޅުވަމުއެވެ. މިހުންނަނީ އާދައިގެ ކަންކަން ކަމުގައި ދެކޭ މީހުން މިއަދު މަދެއް ނޫނެވެ! އެއީ އެއްވެސް ކަމެއް ނޫން ކަމަށް މިއަދު ޤަބޫލުކުރެވުނު ނަމަވެސް އާޚީރަތް ދުވަހު އެކަންކަންވެސް އެމީހަކާއި ބައްދަލުކުރަނީ މީހަކަށް ކުރި ބޮޑެތި އަނިޔާގެ ގޮތުގައެވެ. ފާފައިގެ ގޮތުގައެވެ. ވީމާ ވިސްނުންތެރިވާށެވެ! އާޚިރަތް ދުވަހަށް ބިރުވެތިވާށެވެ!
އެފަދަ ކަމެއްގެ ސަބަބުން އަނެކާއަށް ދެވޭ ކޮންމެ ދެރައެއްގެ ޒިންމާ އުފުލަން ޤިޔާމަތްދުވަހު ޖެހޭނެއެވެ. އަދަބެއް ނުލިބުނު ނަމަވެސް މީހެއްގެ ބޮލުގައި ކަމެއް އެޅުވުމުން މީސްތަކުންގެ ކުރިމަތީގައި ވާފަޟީޙަތަކީ ވެސް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ. މިފަދަ ކޮންމެ ކަމަކަށް ޤިޔާމަތް ދުވަހު ބަދަލުދޭންޖެހޭނެއެވެ! ތިމާކުރި ކުށުން ދުނިޔޭގައި ރެކެވުނު ނަމަވެސް އާޚިރަތް ދުވަހު ޖެހޭނީ ހަމަކުރިމަތިލާށެވެ! ވީމާ މިބަޔާންކުރިފަދައިން ތިމާގެ ސަބަބުން އެއްވެސް މީހަކަށް ކިތަންމެ ކުޑަމިންވަރެއްގެ ނަމަވެސް ދެރައެއް ދެވިފައިވާނަމަ އެމީހެއްގެ ކިބައިން އަވަހަށް މާފުހޯދާށެވެ! ޤިޔާމަތް ދުވަހަކީ އެއްވެސް މީހަކު އެއްވެސް މީހަކަށް މާފުކުރާނެ ދުވަހެއް ނޫނެވެ! އެދުވަހު އެންމެން ވެސް އުޅޭނީ އެމީހަކު ނަރަކައިން ސަލާމަތް ނުވެވިދާނެ ކަމުގެ ބިރުގައެވެ.
--މުފްތީ މެންކުގެ ދަރުސަކުން
|
* ސޫރަތުލް ނިސާގެ 112 ވަނަ އާޔަތުން އެނގެނީ ކުށެއް ނުވަތަ ފާފައެއްކޮށްފައި އެކަން ކުށެއްނެތް މީހެއްގެ ބޮލުގައި އަޅުވުމުން އެމީހަކު ބޮޑުވެގެންވާ ދޮގަކާއި ފާޅުވެގެންވާ ފާފައެއް އުފުލާކަމެވެ.
* ކުށް އަދި ފާފަތައް ކުރުމަށްފަހު އެއްވެސް ކުށެއް ނެތް މީހުންގެ ބޮލުގައި އެކަން އަޅުވައެވެ. މިއީ ބޮޑުވެގެންވާ ދެފާފައެވެ.
* ފާފައެއް ކުރުމަށްފަހު އެހެން މީހެއްގެ ބޮލުގައި ފާފަކުރިކަން އެޅުވުމުން އެކުރެވެނީ ނުބައިކަން ބޮޑުވެގެންވާ ކަމެކެވެ.
* ކޮންމެ މީހަކަށްވެސް ފާފައެއް ކުރެވިދާނެއެވެ! ފާފައެއް ކުރެވިއްޖެނަމަ އަވަހަށް ތައުބާވާށެވެ! އަދި ތެދުބަހުން ކުށަށް އިއްތިރާފްވާށެވެ!
* އެއްގޭގައި އެކީ އުޅެމުން ކުރެވޭ ކުދިކުށްތައް ބޮލުން ނައްޓާލައި އަޚާގެ ނުވަތަ އުޚުތާގެ ބޮލުގައި އަޅުވަމުއެވެ. މިފަަދަ ކަންކަން އާޚިރަތް ދުވަހު އެމީހަކާއި ބައްދަލުކުރާނީ ބޮޑެތި އަނިޔާގެ ގޮތުގައެވެ.
* އެފަދަ ކަމެއްގެ ސަބަބުން އަނެކާއަށް ދެވޭ ކޮންމެ ދެރައެއްގެ ޒިންމާ ޤިޔާމަތްދުވަހު އުފުލަންޖެހޭނެއެވެ. އަދި ޤިޔާމަތް ދުވަހު އެއްވެސް މީހަކު އެއްވެސް މީހަކަށް މާފުނުކުރާނެއެވެ.
|
ލޯނުތައް ދެއްކުމުގެ ފުރިހަމަ ގާބިލްކަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕަނީ ލިމިޓެެޑް (އެމްއޭސީއެލް) ގައި އެބަހުރިކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެ އެވެ.ޓީވީއެމްގެ "ހެއްޔަންބޯ"ގައި ވާހަކަ ދައްކަވަމުން ޝަރީފް ވަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން ދޭ ހިދުމަތްތައް ތަރައްގީކޮށް، ވިޔަފާރީގެ ފައިދާ އިތުރު ކުރުމަށް ޓަކައި މި ދައުރުގައި ކޮށްފައިވާ ބައެއް ކަންތައްތައް ފާހަގަ ކުރައްވައިފައެވެ.އޭގެ ތެރޭގައި ފިއުލް ހައިޑްރަންޓް ސިސްޓަމް ބޭނުންކުރަން ފެށުމުން ދުރުރާސްތާ ބޯޓުތަކަށް ތެޔޮ އަޅަން ހޭދަވާ ވަގުތުން 45 މިނެޓާއި އެއް ގަޑިއިރު ސަލާމަތް ކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.މިދިޔަ އަހަރުގެ ނޮވެންބަރު މަހު އިފުތިތާހުކުރި ފިއުލް ހައިޑްރަންޓް ސިސްޓަމަކީ ތެޔޮ ރައްކާކުރާ ތަނުން ފެށިގެން މަތިންދާ ބޯޓުތައް ޕާކުކުރާ ސަރަޙައްދާ ހަމައަށް ބިމުގެ އަޑީގައި ގާއިމުކޮށްފައިވާ 8.4 ކިލޯމީޓަރުގެ ވިއުގައެކެވެ.މީގެއިތުރުން އައު ޓަމިނަލާއެކު ޓުއަރިޒަމް އިންޑަސްޓްރީއާ ގުޅިގެން ރާއްޖެއަށް އިތުރު އެއާލައިންތައްވެސް ގެނެވޭނެކަމަށާއި، މިހާރު ރާއްޖެއަށް ދަތުރުކުރާ ފްލައިޓްތަކުން ޝެޑިއުލް ދަތުރުތައް އިތުރު ކުރެވޭނެކަންވެސް ޝަރީފް ފާހަގަކުރެއްވި އެވެ.ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވުމަށް މަދު ދުވަސްކޮޅަކަށް ވެފައިވާއިރު ގިނަ ތައްޔާރީތަކެއް އެރޕޯޓުން ދަނީ ވަމުންނެއެވެ. އެގޮތުން އައު ޓަރމިނަލްގެ އެކި ކަންކަން ޓެސްޓުކޮށް ގިނަ ޓްރިއަލްތަކެއް ދަނީ ކުރިއަށް ގެންދަމުންނެއެވެ.އައު ޓަރމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބާގައި ޖުލައި 26ގަ އެވެ.އެމްއޭސީއެލްގައި ދަރަނި ދެއްކުމުގެ ގާބިލްކަން ހުރިކަމުގެ ޔަގީންކަން ޝަރީފް ދެއްވިއިރު، މިދިޔަ އަހަރު އެ ކުންފުނީގެ ދަރަނި 13 ބިލިއަށް ރުފިޔާއަށްވުރެ އިތުރެވެ.އޭގެ ތެރޭގައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ނަގާފައިވާ އެކި ދަރަނިތަކަށް ނުދައްކައި 1.6 ބިލިއަން ރުފިޔާ އެބަ އޮތެވެ. އޭގެ ތެރޭގައި ކޯޕަރޭޓް ބޭނުމަށް ކަމަށް ބުނެ، ޑިސެންބަރު 26، 2023ގައި ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ލޯނެއް ހިމެނެއެވެ. އެއީ ފަސް އަހަރުން ދައްކާ ގޮތަށް، ކޮންމެ އަހަރަކަށް 8.5 ޕަސެންޓުގެ އިންޓަރެސްޓުގައި ބީއެމްއެލްއިން ނެގި ލޯނެކެވެ. މި ލޯނުގެ 40 މިލިއަން ޑޮލަރު އޮތީ ނުދައްކައެވެ.މީގެ އިތުރުން، މިދިޔަ އަހަރުގެ ޖޫން 24ގައި 30 މިލިއަން ޑޮލަރުގެ ލޯނެއް ވެސް ކޯޕަރޭޓް ބޭނުމަށް 8.5 ޕަސެންޓުގެ އިންޓަރެސްޓުގައި ފަސް އަހަރުން ދައްކާގޮތަށް ބީއެމްއެލްއިން ނަގާފައިވެއެވެ. އޭގެ ތެރެއިން ވެސް 26.5 މިލިއަން ޑޮލަރު އޮތީ ނުދައްކައެވެ.އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވަން ތައްޔާރުވަމުންދާއިރު، އެ ތަން ފަރުމާކޮށްފައިވަނީ 7.5 މިލިއަން ފަތުރުވެރިންނަށް ޚިދުމަތްދެވޭހާ ޖާގަ ތަނަވަސްކޮށެވެ.
|
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕަނީން ލޯނު ދެއްކުމުގެ ގާބިލްކަން އެބަހުރި ކަމަށް މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ އައު ފިއުލް ހައިޑްރަންޓް ސިސްޓަމުން ގިނަ ފައިދާ ތަކެއް ލިބިފައިވާ ކަމަށާއި އައު ޓާމިނަލް ހުޅުވުމުން އިތުރު އެއާލައިންތައް ރާއްޖެއަށް އަންނާނެ ކަމަށެވެ. އެމްއޭސީއެލްގެ ދަރަނި ވަނީ 13 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާފަ އެވެ.
|
މާލެއާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރު ކޮށްފި އެވެ.
ޑްރަގް އެންފޯސްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކުރީ ޏ. ފުވައްމުލައް، ފުނާޑު، ފިނިފެންމާގޭ އަހްމަދު ޝައުބާން ލަތީފް، 26 އެވެ.
މިދިޔަ އާދީއްތަ ދުވަހު ހިންގި އެ އޮޕަރޭޝަންގައި އޭނާއާ ގުޅުންހުރި ކަމަށް ބެލެވޭ ފޭސް 2 އެޕާޓްމަންޓަކާއި މާލޭގެ ތިން ތަނެއް ބަލައި ފާސް ކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި އެ ތަކެތީގެ ބަރުދަނުގައި 1058.31 ގްރާމް ހުރި ކަމަށް ފުލުހުން ބުނެ އެވެ.
އެ މައްސަލައިގައި ޝައުބާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، ހަތް ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފަ އެވެ.
|
މާލެއާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު އުމުރުން 26 އަހަރުގެ އަޙްމަދު ޝައުބާން ލަތީފް ހައްޔަރުކޮށްފިއެވެ. ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސުން ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ފޭސް 2 އެޕާޓްމަންޓެއް ބަލައި ފާސްކުރުމުން 1058.31 ގްރާމްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މައްސަލައިގައި ޝައުބާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށް 7 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
|
ރާއްޖެއާއި ކުވޭތާ ދެމެދު އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި ތަފާތު އެކި ދާއިރާތަކުން ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި
ރާއްޖެއަށް އެކި ދާއިރާތަކުން ފޯރުކޮށްދޭ އެހީތެރިކަން އިތުރުކުރުމާ ގުޅޭގޮތުން، ކުވޭތުގެ އިސްވެރިންނާ، އެ ގައުމަށް މި ވަގުތު ވަޑައިގެން އުޅުއްވާ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މަޝްވަރާ ކުރައްވައިފި އެވެ.
ކުވޭތުގެ ހާރިޖީ ވަޒީރު އަބްދުﷲ އަލީ އަލް ޔަހްޔާގެ ދައުވަތަކަށް ހަލީލް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން، ކުވޭތުގެ ވަގުތީ ބޮޑުވަޒީރު އަދި އިންޓީރިއާ މިނިސްޓަރު ޝެއިހް ފަހަދު ޔޫސުފު ސައުދު އަލް ސަބާ އާ ވަނީ މިއަދު ބައްދަލުކުރައްވައިފަ އެވެ.
އެ ބައްދަލުވުމުގައި ރާއްޖޭގެ ތަރައްގީގެ ތަފާތު އެކި މަޝްރޫއުތަކަށް ކުވޭތު ސަރުކާރުން ފޯރުކޮށްދެމުންދާ އެހީތެރިކަމަށް އެ ގައުމުގެ އިސްވެރިންނަށް ހަލީލް ޝުކުރު އަދާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ހާއްސަގޮތެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށް ކުވޭތު ފަންޑް ފޯ އިކޮނޮމިކް ޑިވެލޮޕްމެންޓްގެ އެހީތެރިކަމާއި، ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ދެއްވާ އެހީތެރިކަން އޭނާ ފާހަގަކުރެއްވި ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
އަދި ރާއްޖެއާއި ކުވޭތާ ދެމެދު އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި ތަފާތު އެކި ދާއިރާތަކުން ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ބައްދަލުވުމަށްފަހު، ހަލީލް ވަނީ ކުވޭތުގެ ހާރިޖީ ވަޒީރު އަބްދުﷲ އަލީ އަލް ޔަހްޔާ އާއެކު ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވައިފަ އެވެ.
މި ބައްދަލުވުމުގައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި އިގްތިސާދީ ރޮނގުންނާއި، ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާއިންނާއި، ސިއްހީ ނިޒާމް ހަރުދަނާ ކުރުމުގެ ގޮތުންނާއި، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ހަލީލު، ކުވޭތުގެ ފޮރިން މިނިސްޓަރާ މަޝްވަރާކުރެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.
ހަލީލްގެ މި ދަތުރުގައި، ކުވޭތުގެ މިނިސްޓާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީޒް އާއި، މިނިސްޓާ އޮފް އިންވެސްޓްމަންޓް، އަދި މިނިސްޓާ އޮފް ފިނޭންސާ ސަރުކާރުގެ އެހެނިހެން އިސް ވެރިންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި ވިޔަފާރީ އާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ރާއްޖެއަށް ކުވޭތުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ކުރެވިދާނޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
|
ރާއްޖެއާއި ކުވޭތާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ މަޝްވަރާތައް ކުވޭތުގެ ހާރިޖީ ވަޒީރު އަބްދު އަލީ އަލް ޔަހްޔާ އާ އެކު ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. އަބްދު ހަލީލު ކުރައްވައިފިއެވެ. ކުވޭތުގެ ވަގުތީ ބޮޑުވަޒީރު ޝެއިހް ފަހަދު ޔޫސުފު އާ ވެސް ބައްދަލުކުރައްވާފައިވާއިރު ރާއްޖޭގެ ތަރައްގީގެ މަސައްކަތްތަކަށް ކުވޭތު ސަރުކާރުން ފޯރުކޮށްދޭ އެހީތެރިކަމަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ. ދެ ގައުމުގެ ދެމެދު އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ގުޅުން އިތުރަށް ބަދަހިކުރުމާއި އެކި ދާއިރާތަކުން ގުޅުން ހަރުދަނާ ކުރުމާ ގުޅޭގޮތުން މި މަޝްވަރާތަކުގައި ވާހަކަ ދެކެވުނެވެ.
|
ރާއްޖޭގެ 55 ރަށެއްގައި ކައުންސިލް އިދާރާ އިމާރާތް ކުރުމަށް މެލޭޝިޔާގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ. ސިޓީޒް ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން ބުނީ، ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން 55 ރަށެއްގެ ކައުންސިލް އިދާރާ އެޅުމަށް މެލޭޝިޔާގެ ހެކްސްޓާ ގްލޯބަލްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. 55 ރަށެއްގެ ކައުންސިލް އިދާރާ އެޅުމަށް މެލޭޝިޔާގެ ކުންފުންޏަކާ ހަވާލުކުރުން -- ފޮޓޯ/ ލޯކަލް ގަވަމެންޓް މިނިސްޓްރީ މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޑރ. ޢާއިޝަތު މުނާއެވެ. ކޮންޓްރެކްޓަރގެ ފަރާތުން ސޮއިކުރެއްވީ ހެކްސްޓާ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަލީ ޝަރީފެވެ. ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް -- ފޮޓޯ/ ލޯކަލް ގަވަމެންޓް މިނިސްޓްރީ މީގެ ކުރިން އޮތީ ކައުންސިލްތަކަށް އަޅާނުލެވި ކަމަށާއި، ރަަށްރަށުން ރިކުއެސްޓު އައުމުން 187 ރަށެއްގައި ކައުންސިލްގެ އިދާރާތައް އަޅަން ޖެހިފައިވާ ކަމަށް މިނިސްޓްރީން މީގެ ކުރިން އޮތީ ބުނެފައެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމެވީ އެމަނިކުފާނުގެ ޒާމަތުގައި 55 ކައުންސިލް އިމާރާތް އުމްރާނީ ގޮތުން ތަރައްގީ ކުރުމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ.
|
މިއަދު ސިޓީޒް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން ވަނީ ރާއްޖޭގެ 55 ރަށެއްގައި ކައުންސިލް އިދާރާތައް އިމާރަތް ކުރުމަށް މެލޭޝިޔާގެ ހެކްސްޓާ ގްލޯބަލް ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން މި މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިނިސްޓްރީން ބުނީ ކުރިން ކައުންސިލްތަކަށް އަޅާނުލެވި އޮތުމަށްފަހު ރަށްރަށުން ރިކުއެސްޓު އައުމުން 187 ރަށެއްގައި ކައުންސިލްގެ އިދާރާތައް އެޅުމަށް ޖެހިފައިވާ ކަމަށެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ޒާމާނުގައި 55 ކައުންސިލް އިމާރާތް ތަރައްޤީ ކުރުމަށް މިނިސްޓަރު އާދަމް ޝަރީފް ވަނީ ނިންމަވާފައެވެ.
|
އެފްއޭއެމް ލީގު ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު މަހިބަދޫ ސްޕޯޓްސް ކްލަބް އަތުން 6-0 އިން އޮޑި ސްޕޯޓްސް ކްލަބުން ފުރިހަމަ މޮޅެއް ހޯދައިފި އެވެ.
ފަސް ޓީމު ވާދަކުރާ ލީގު ކަޕް ފުޓްބޯޅަ މުބާރާތުގައި އޮޑިން ކުޅުނު ފުރަަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބާ ވަނީ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެފަަ އެވެ. އެ މެޗަށް ނެރުނު ފުރަތަމަ އެގާރަ އަށް ބަދަލުތަކެއް ގެނެސްގެން އޮޑިން ނުކުމެ، މަހިބަދޫ އަތުން މޮޅުވީ، މުޅި މެޗު ޑޮމިނޭޓްކޮށްގެން ކުޅެގެންނެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން، 40 ސިކުންތު ތެރޭގައި އޮޑި އަށް ލީޑުނަގަން ހުސް ފުރުސަތެއް ލިބުނެވެ. އެ ގޮތުން، އޮޑީގެ މިސްރު ކުޅުންތެރިޔާ، އެލްސައީދު ޖެހި ބޯޅަ ގޯލާ ސީދާނުވި އެވެ. އޭގެ ފަހުން، އޮޑި ޓީމުގެ އަހުމަދު ނޫމާން (ހެލްމެޓް) އަށް ލިބުނު ފުރުސަތެއްގައި ގޯލަށް ފޮނުވާނުލެވުނުއިރު، އެ ޓީމުގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) ޖެހި ގޯލު ވަނީ އޮފްސައިޑްވެފަ އެވެ. އޭގެ ފަހުން، އޮޑި ޓީމުގެ ހައިޝަމް ރަޝީދު (ހައި) ބޮލުން ފޮނުވާލި ބޯޅައެއް ހުރަސްދަނޑިއަށް އަމާޒުވެ، ރީބައުންސުން މުޒްދާން ހަސަން ޖެހި ބޯޅަ ވަނީ ބްލޮކްވެފަ އެވެ.
މަހިބަދޫން މެޗު ފެށި ކީޕަރު، އަބްދުﷲ ޔާމީން އަށް ލިބުނު އަނިޔާއެއްގެ ސަބަބުން ވަނީ ބަދަލުކޮށްފަ އެވެ. ބާވީސް މިނިޓް ފަހުން، އޭނާގެ ބަދަލުގައި ދެން ކުޅެން އެރީ، އަހުމަދު ނައުފަލް އެވެ.
އޮޑިން ލީޑުނެގީ 34 ވަނަ މިނިޓްގައި، މިސްރުގެ ޑިފެންޑަރު، އިސްމާއިލް ފެކްރީ ޖެހި ޕެނަލްޓީންނެވެ. މިއީ، މަހިބަދޫގެ ޑިފެންޑަރު، މުހައްމަދު އައިހަމް އަންވަރު އެ ޓީމުގެ އޭރިއާތެރެއިން، އޮޑީގެ އިއްބެ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. ފުރަތަމަ ލަނޑުޖެހިތާ މިނިޓެއް ފަހުން، އޮޑީގެ ލީޑުފުޅާކޮށްދިނީ އޭރިއާތެރެއިން މުޅިން ހުސްކޮށް ލިބުނު ފުރުސަތަކުން، އިސްމާއިލް ވިފާގު (އިއްސެ) އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން އޮޑިން ވަނީ ތިން ވަނަ ގޯލެއް ޖަހައިފަ އެވެ. މި ލަނޑު ޖެހީ ވެސް އިއްސެ އެވެ. މެޗުގެ 44 ވަނަ މިނިޓްގައި، އޭރިއާބޭރުން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު، އިއްސެ ވަނީ އޭރިއާތެެރެއަށް ވަދެ، ކުޅުންތެރިއަކު ކައިރިން ނައްޓާލުމަށް ފަހު ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިފަ އެވެ.
އޮޑިން ވަނީ ދެ ވަނަ ހާފު ކުޅުން ފެށިގެން ހަތަރު މިނިޓް ތެރޭ އެ ޓީމުން މެޗުގައި ޖެހި ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. މި ލަނޑު ޖެހީ، މެޗުގެ 49 ވަނަ މިނިޓްގައި، އައިހަމް އަހުމަދު (އައިހު) ހުސްކޮށްލާފައި ދިން ބޯޅައަކުން މުޒްދާން އެވެ. އޭގެ ހަ މިނިޓް ފަހުން، އައިހު ދިން ބޯޅައަކުން އޮޑީގެ ފަސް ވަނަ ލަނޑު ޖެހީ ހައިޝަމް އެވެ.
މެޗުގައި އޮޑިން ޖެހި ހަ ވަނަ ގޯލު ޖެހީ 75 ވަނަ މިނިޓްގައި މުޒްދާން އެވެ. މުޒްދާން މި ގޯލު ޖެހީ ބަދަލަކަށް ކުޅެން އެރި، އިބްރާހިމް އާޒިމް ނަގައިދިން ހުރަހަކަށް އަރަ އެވެ.
އެފްއޭއެމް ލީގު ކަޕްގައި މިރޭ ކުޅޭ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުޅޭނީ ޓީސީއާ އެވެ.
|
އެފްއޭއެމް ލީގު ކަޕް ފުޓްބޯޅަ މުބާރާތުގައި އޮޑި ސްޕޯޓްސް ކްލަބުން މަހިބަދޫ ސްޕޯޓްސް ކްލަބް އަތުން 6-0 އިން މޮޅުވެއްޖެއެވެ. އޮޑި ޓީމުން ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކައި މުޅި މެޗު ޑޮމިނޭޓްކޮށްފައެވެ. މި މެޗުގައި އޮޑި ޓީމުގެ އިސްމާއިލް ފެކްރީ އިސްމާއިލް ވިފާގު މުޒްދާން ހަސަން އަދި ހައިޝަމް ރަޝީދު ވަނީ ލަނޑުޖަހައިފައެވެ. މި ނަތީޖާއާއެކު އޮޑި ޓީމުން ވަނީ މުބާރާތުގައި ރަނގަޅު ފެށުމެއް ހޯދާފައެވެ.
|
މާލޭގައި މާރާމާރީތަކާއި ކުށްކުރުން އިތުރުވަމުންދާތީ ފުލުހުން ރޭ ފެށި ހާއްސަ އޮޕަރޭޝަންގައި 10 މީހަކު ހައްޔަރުކޮށްފި އެވެ.ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ 10 މީހުންގެ ތެރޭގައި، ކަނޑި ގެންގުޅުމުގެ ތުހުމަތުގައި 2008ގެ ޖުލައި މަހުގެ ތެރޭގައި ފަސް އަހަރަށް ޖަލަށްލުމަށް ކޯޓުން ހުކުމްކޮށްފައިވަނިކޮށް މިދިޔަ ހަފުތާގެ ބުދަ ދުވަހު ޑީޕީއާރުއެސް އިން ގޭ ބަންދަށް ދޫކުރި ގދ. ނަޑެއްލާ އަތަމާގޭ، މުހައްމަދު ނާފިޒް (ޗިކާ) ވެސް ހިމެނޭ ކަމަށެވެ."އެ 10 މީހުން ވެސް ހައްޔަރުކުރީ އިއްޔެ މާލޭގައި ހިނގި ތަފާތު ކަންތައްތަކާ ގުޅިގެން. އަޅުގަނޑުމެން މިހާރު މި ދަނީ އެ ކަންތައް ތަހުގީގުކުރަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.ޗިކާ ގޭ ބަންދަށް ދޫކޮށްލި ހަބަރު ކިޔައިގެން ބަޔަކު މީހުން އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި ވަނީ ދިޓީވީ އަށް ގޮސް އެ ތަނުގެ ސީނިއާ މުވައްޒަފުންތަކަކަށް ހަމަލާދީ މާރާމާރީ ހިންގައިފަ އެވެ. އަދި އެ ކަން ހިނގިތާ ތިން ގަޑިއިރު ނުވަނީސް ހަވީރުގެ އިދާރާގެ ޕްރިންޓިން ޑިޕާޓްމަންޓުގައި މަސައްކަތްކުރާ އިސް މުވައްޒަފެއްގެ ބުރަކައްޓަށް ވަނީ ވަޅި ހަރައި ވަރަށް ބޮޑަށް ޒަހަމްކޮށްފަ އެވެ. އޭނާ އަށް ހަމަލަދިނީ އޮފީސް ނިންމާފައި ގެއަށް ދިއުމަށްޓަކައި ސައިކަލަށް އަރަން އުޅުނު ވަގުތު އެވެ.ޗިކާ ގޭ ބަންދަށް ދޫކޮށްލީ ޑީޕީއާރުއެސް އިން ބުނެފައިވާ ގޮތުގައި އެ ފަރާތުން ކުރާ ތަހުގީގަކަށެވެ. އެކަމަކު އޭގެ އެއްވެސް ތަފުސީލެއް ޑީޕީއާރުއެސް އިން މީޑިއާ އަށް ހާމައެއް ނުކުރެ އެވެ.މާރާމާރީތަކާއި ކުށްކުރުން ހުއްޓުވުމަށް ފުލުހުން ފެށި ހާއްސަ އޮޕަރޭޝަން ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދާނެ ކަމަށާއި އެންމެންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާކަން ފުލުހުންވަނީ ހާމަކޮށްފަ އެވެ.މީގެ އިތުރުން މި އޮޕަރޭޝަން ކުރިއަށްދާ އިރު ރޭން ފެށިގެން ފުލުހުން ވަނީ މީޑިއާތަކުގެ އޮފީސްތައް ކައިރީގައި ފޯރިމަރަން ފަށައިފަ އެވެ.ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބޮޑެތި ކުށްކުރާ މީހުން ހައްޔަރުކުރި ނަމަވެސް މިހާރަކަށް އައިސް ދިމާވާ އެންމެ ބޮޑު އެއް މައްސަލަ އަކީ އެފަދަ މީހުން ސަލާމަތްކުރުމަށްޓަކައި ބައެއް ގާނޫނީ ވަކީލުން ކުރަމުންދާ މަސައްކަތް ކަމަށެވެ."ކުށް ކުރާ މީހުންނަކީ ކޮން ބައެއް ކަމާއި އެ މީހުން އެ ހިންގާ ކަންތައްތައް ރަނގަޅަށް އެނގި ތިބެ ވެސް ބައެއް ގާނޫނީ ވަކީލުން އެ މީހުން ސަލާމަތްކުރުމަށް އެބަ މަސައްކަތްކުރޭ. މިއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް. މުޖުތަމައުގެ އެންމެންގެ ރައްކަލަށް ގާނޫނީ ވަކީލުން ވެސް ވިސްނަންޖެހޭ. އެހެންވީމަ އަޅުގަނޑުމެން މި އެދެނީ ގާނޫނީ ވަކީލުން ވެސް އެ މީހުންގެ ސުލޫކީ މިންގަނޑުގެ ތެރޭގައި މަސައްކަތްކުރެއްވުމަށް،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.ގިނަ އަދަދެއްގެ ވަގު ޑޮލަރާއެކު ދާދި ފަހުން ފުލުހުން ހައްޔަރުކުރި މީހާގެ މައްސަލައިގެ އޮޕަރޭޝަން ނުނިމެނީސް ވެސް އޭނާގެ ވަކީލަކަށްވުމަށް އެދި މީހަކު މޯލްޑިވްސް ޕޮލިސް ސާވިސް އަށް ދިޔަ ކަމަށްވެ އެވެ.
|
މާލޭގައި މާރާމާރީތައް އިތުރުވަމުންދާތީ ފުލުހުން ފެށި ހާއްސަ އޮޕަރޭޝަންގައި 10 މީހަކު ހައްޔަރުކޮށްފިއެވެ. އޭގެ ތެރޭގައި ކަނޑި ގެންގުޅުނު ކަމުގެ ކުށުގައި ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ވެސް ހިމެނެއެވެ. މި އޮޕަރޭޝަންގެ ތެރެއިން ޗިކާ ގޭބަންދަށް ދޫކުރި ޚަބަރާއެކު ދިޓީވީ މުވައްޒަފުންތަކަކަށް ހަމަލާދީ މާރާމާރީ ހިންގައި ހަވީރުގެ މަސައްކަތްކުރާ މުވައްޒަފަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލި މައްސަލައެއް ފެންމަތިވެފައިވެއެވެ. ފުލުހުން ވަނީ މި އޮޕަރޭޝަންގައި އެންމެންގެ އެއްބާރުލުން ބޭނުންވާކަމަށް ބުނެ މީޑިއާ އޮފީސްތައް ކައިރީ ފޯރިމަރަން ފަށައިފައެވެ. އަދި ކުށްކުރާ މީހުން ދިފާއުކުރުމަށް ބައެއް ގާނޫނީ ވަކީލުން މަސައްކަތްކުރާ ކަމީ ކަންބޮޑުވާ ކަމެއްކަމަށާއި އެފަދަ ފަރާތްތަކުން އަމަލުކުރުމުގައި ސުލޫކީ މިންގަނޑުގެ ތެރޭގައި ތިބުމަށް އިލްތިމާސްކޮށްފައެވެ.
|
އެކްޓަރު ޝާހިދު ކަޕޫރު ލީޑް ރޯލް ކުޅޭ ފިލްމު "ކޮކްޓެއިލް 2"ގެ ޝޫޓިން މި އަހަރުގެ އޮގަސްޓް މަހު ފަށަން ނިންމައި، އަމާޒަކީ އަންނަ އަހަރު ފިލްމު ބެލުންތެރިންނަށް ގެނެސްދިނުން ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާގައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ޕްލޭންކޮށްފައިވާ ގޮތަށް މި އަހަރުގެ އޮގަސްޓް މަހު މި ފިލްމުގެ މަސައްކަތް ފެށިއްޖެނަމަ އަންނަ އަހަރުގެ ފަހުކޮޅު ފިލްމު ބެލުންތެރިންނަށް ގެނެސްދެވޭވަރުވާނެއެވެ. ކާމިޔާބު ގިނަ ފިލްމުތަކެއް މި ފަހުން ގެނެސްދެމުން އަންނަ ޕްރޮޑިއުސަރު ދިނޭޝް ވީޖަންގެ މެޑޮކް ފިލްމްސްއިން އުފައްދާ "ކޮކްޓެއިލް 2"އަކީ 2012 ވަނަ އަހަރު ސައިފް އަލީ ޚާން، ދީޕިކާ ޕަދުކޯން އަދި ޑަޔާނާ ޕެންޓީ މުހިންމު ރޯލަކުން ފެނުނު ފިލްމުގެ ސީކުއަލްއެކެވެ. ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި މި ފިލްމުގެ ސީކުއަލްގެ ޑައިރެކްޓަރަކީ ވެސް 2012 ވަނަ އަހަރުގެ ފިލްމުގެ ޑައިރެކްޓަރު ހޯމީ އަދަޖާނީއެވެ. ފިލްމު "ކޮކްޓެއިލް 2"ގައި ދިނޭޝް ވީޖަން ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރާނެއިރު ދީނަޝްއާ އެކު ޕްރޮޑިއުސަރުންގެ ޓީމުން ދެން ފެންނާނީ ކުޅަދާނަ ޑައިރެކްޓަރު ލަވް ރަންޖަންއެވެ. ފިލްމު "ކޮކްޓެއިލް 2"ގެ ބޮޑު ބައެއް ޔޫރަޕްގެ ޤައުމުތަކުގައި ޝޫޓްކުރުމަށް ނިންމާފައިވާއިރު މިއީ ޝާހިދާ އެކު ބަތަލާ ކްރިތީ ސެނޮން ފެންނާނެ ދެވަނަ ފިލްމެވެ. ޝާހިދާއި ކްރިތީ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ އަހަރު މެޑޮކް ފިލްމްސްއިން ގެނެސްދިން "ތޭރޭ ބާތޯ މޭ އޭސާ އުލްޖާ ޖިއާ"އިންނެވެ. މި ދެތަރިންގެ އިތުރުން ފިލްމުގެ ވަރަށް މުހިންމު ރޯލަކުން ސައުތު ބަތަލާ ރަޝްމިކާ މަންދަންނާ ފެންނާނެ ކަމަށް ވެސް ޕިންކްވިލާގައި ވަނީ ބުނެފައެވެ. ބެލެވޭ ގޮތުގައި މި ތިން ތަރިން ވެސް ފިލްމު "ކޮކްޓެއިލް 2"ގެ ޝޫޓިންގްއާ ގުޅޭނީ މިހާރު މަސައްކަތް ފަށާފައިވާ ފިލްމުތަކުގެ ޝެޑިއުލް އެއްކޮށް ނިންމާލުމަށް ފަހެވެ.
|
އެކްޓަރު ޝާހިދު ކަޕޫރު ލީޑް ރޯލް ކުޅޭ ފިލްމު "ކޮކްޓެއިލް 2"ގެ ޝޫޓިން މި އަހަރުގެ އޮގަސްޓް މަހު ފަށަން ނިންމައި އަންނަ އަހަރު ފިލްމު ރިލީޒްކުރުމަށް އަމާޒުހިފައިފިއެވެ. މި ފިލްމަކީ 2012 ވަނަ އަހަރު ރިލީޒްވި ހޮމީ އަދަޖާނީ ޑައިރެކްޓްކޮށް ސައިފް އަލީ ޚާން ދީޕިކާ ޕަދުކޯން ޑަޔާނާ ޕެންޓީ ފެނިގެންދިޔަ ފިލްމުގެ ސީކުއަލްއެކެވެ. "ކޮކްޓެއިލް 2" ގައި ޝާހިދު ކަޕޫރާއެކު ކްރިތީ ސެނޮން އަދި ރަޝްމިކާ މަންދަންނާ މުހިންމު ރޯލްތަކުން ފެނިގެންދާއިރު ފިލްމުގެ ޝޫޓިން ޔޫރަޕްގެ ގައުމުތަކުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
|
އޭސީސީން ދެ މަގާަމު ހުސްވީ އެ ކޮމިޝަނުގެ ނައިބުރައީސާއި އިތުރު މެންބަރަކު މަގާމުން ވަކިކުރަން ރައްޔިތުންގެ މަަޖިލީހުން ނިންމާފައިވަނިކޮށް ކޮމިޝަނުގެ ނައިބުރައީސް އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަންގެ ނައިބު ރައީސް ޢަބްދުއްސަލާމް އާއި ކޮމިޝަންގެ މެމްބަރު ޠޯހާ މުޙައްމަދު މަޤާމުން އިސްތިއުފާދެއްވުމުން ހުސްވި ދެމަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ރައީސް އޮފީހުން ގެޒެޓުކޮށްފައިވާ އިއުލާނުގައި ވާގޮތުން މިމަހުގެ 16 ވަނަ ދުވަހާއި ހަމައަށް މިފުރުސަތު ހުޅުވާލާފައި އޮންނާނެ އެވެ.
މިދެޖާގަ ހުސްވެފައިވާއިރު، އޭސީސީ އާއި އީސީ (އިލެކްޝަންސް ކޮމިޝަން) ގެ ރައީސް އާއި ނައިބު ރައީސް އައްޔަނުކުރެވޭ އުސޫލަށް ބަދަލެއް ގެނެސްފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިހާރު އެދެމަގާމަށް އައްޔަނުކުރެވިގެންދާނީ ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވުމުން މަޖިލީހުން ރުހުންދޭ ބޭފުޅެކެވެ.
އޭސީސީގެ ނައިބު ރައީސް މަގާމުން އިސްތިއުފާ ދެއްވާފައިވާ ވާއިރު، އީސީގެ ރައީސްގެ މެމްބަރުކަމުގެ ދައުރު ހަމަވެ، އެމަގާމުވެސް ހުސްވެފައިވާކަން ފާހަގަކޮށްލެވެ އެވެ.
ގާނޫނަށް މިފަދައިން ބަދަލު ގެނެސްފައިވާއިރު އިދިކޮޅު ޕާޓީތަކުން ދަނީ މިކަމާ ނުރުހުންފާޅުކޮށް، މިބަދަލުގެ ސަބަބުން އެމަގާމްތަކަށް ނުފޫޒު ފޯރުވުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންދާނެކަމަށް ތަކުރާރުކޮށް ބުނަމުންނެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަގާމުތަކަށް އެމަނިކުފާނުގެ އެއްވެސް ނުފޫޒެއް ނުފޯރާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފަ އެވެ.
މިމަގާމުތަކަށް ކުރިމަތިލުމަށް ބޭނުންވާ ޝަރުތުތަކާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްސީލު މިހާރު ގެޒެޓުން ލިބެން ހުންނާނެއެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
|
ރައްޔިތުންގެ މަޖިލީހުން ސައިބަރ ކްރައިމްގެ ކުށްތައް ޤާނޫނުލްޢުޤޫބާތަށް އިތުރުކުރުމަށް ހުށަހެޅުނު ބިލު މިއަދު ފާސްކޮށްފިއެވެ. މި ބިލު ފާސްވެފައިވަނީ 58 މެންބަރުންގެ ވޯޓުންނެވެ. މި ބިލު ހުށަހެޅުއްވީ މާފުށީ ދާއިރާގެ މެމްބަރު ހުސައިން ރިޟާ އާދަމެވެ. މި އިސްލާހުގެ ދަށުން ސައިބަރ ކްރައިމްގެ ތެރޭގައި ހިމެނޭ ބައެއް ކުށްތަކުގެ ތެރޭގައި ކޮމްޕިއުޓަރ ސިސްޓަމަށް އެކްސެސްވުމާއި ސައިބަރ ވަޔަލަންސް ކޮމްޕިއުޓަރ ފޯޖަރީ އަދި ކޮޕީރައިޓަށް އަރައިގަތުން ފަދަ ކުށްތައް ހިމެނެއެވެ. މި ބިލާއެކު އިތުރު ތިން ބިލެއްވެސް ވަނީ ފާސްކޮށްފައެވެ. މި އިސްލާހުތަކުގެ ސަބަބުން ދިވެހިރާއްޖޭގައި ސައިބަރ ކްރައިމްއާ ދެކޮޅަށް ގާނޫނީ ފިޔަވަޅުތައް ވަރުގަދަވެ މުޖުތަމައު ރައްކާތެރިކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
|
މި ވާހަކަތައް ފެތުރެން ފެށީ މިފްކޯ އިން މިހާރު އެންމެ ކުޑަ ސައިޒުގެ ގޮތުގައި ވިއްކަމުންދާ 180 ގްރާމް މަސްދަޅުން 40 ގްރާމް އުނިކޮށް، 140 ގްރާމް މަސްދަޅު ބާޒާރަށް ނެރުމާ ގުޅިގެންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުގެ ދަށުން ރޯދަމަހު ގޭބިސީތަކަށް ހިލޭ ބަހާ މަސްދަޅުގެ ސައިޒު ކުޑަވާނެ ކަމަށް ދެކެވޭ ވާހަކަތައް މިފްކޯ އިން ދޮގުކޮށްފި އެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރޯދަމަހު ހިލޭ ބަހާ މަސްދަޅުތަކުން 40 ގްރާމު އުނިކުރަން ސަރުކާރުން ނިންމި ކަމަށްވެ އެވެ. ނަމަވެސް އެކަން މިއަދު މިފްކޯއިން ވަނީ ދޮގުކޮށްފަ އެވެ.މި ވާހަކަތައް ފެތުރެން ފެށީ މިފްކޯ އިން މިހާރު އެންމެ ކުޑަ ސައިޒުގެ ގޮތުގައި ވިއްކަމުންދާ 180 ގްރާމް މަސްދަޅުން 40 ގްރާމް އުނިކޮށް، 140 ގްރާމް މަސްދަޅު ބާޒާރަށް ނެރުމާ ގުޅިގެންނެވެ. ނަމަވެސް ކުދި ސައިޒަކީ ކުދި ގޭބިސީތަކަށް އެއްފަހަރުން ބޭނުންކޮށްލެވޭނެހެން ފަސޭހަ ކުރަން ތައާރަފް ކުރި މަސްދަޅެއް ކަމަށް މިފްކޯ އިން ބުންޏެވެ."ރައީސްގެ ވައުދުފުޅާ އެއްގޮތަށް ރޯދަޔަށް ގޭބިސީތަކަށް ހިލޭ ބަހާ މަސްދަޅުން 40 ގްރާމް މަސް އުންޏެއް ނުވާނެ. ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއް. 140g ބާޒާރަށް ނެރުނީ ކުދި ގޭބިސީތަކަށް އަދި އެއްފަހަރު ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައި. މަސް ދަޅު ފްރިޖު ކުރުމަކީ ރަނގަޅު ކަމަކަށް ނުވާތީ،" މިފްކޯ އިން ބުންޏެވެ.މިފްކޯއިން މިހާރު ވިއްކަމުންދަނީ 140 ގްރާމުގެ މަސްދަޅާއި 180 ގްރާމުގެ މަސްދަޅެވެ. މިފްކޯއިން 140 ގްރާމްގެ 48 ދަޅު އިންނަ ތެޔޮ މަސްދަޅު ކޭހެއް ވިއްކަނީ 700 ރުފިޔާ އަށެވެ. އަދި 180 ގްރާމުގެ 48 ދަޅުގެ ތެޔޮ މަސްދަޅު ކޭހެއް ވިއްކަނީ 760 ރުފިޔާ އަށެވެ.ރައީސް ވައުދުވެވަޑައިގެންފައި ވަނީ ރޯދަމަހު ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ހަދިޔާ ކުރުމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
|
ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާފަދައިން މި ރޯދަމަހު ގޭބިސީތަކަށް ހިލޭ ބަހާ މަސްދަޅުގެ ސައިޒު ކުޑަވާނެކަމަށް ދެކެވޭ ވާހަކަތައް މިފްކޯއިން ދޮގުކޮށްފިއެވެ. އެކުންފުނިން ބުނީ 180 ގްރާމްގެ މަސްދަޅުން 40 ގްރާމް އުނިކޮށްފައިނުވާނެކަމަށެވެ. އަދި އެކުންފުނިން އަލަށް ނެރުނު 140 ގްރާމްގެ މަސްދަޅަކީ ކުދި ގޭބީސީތަކަށް ފަސޭހައިން ބޭނުން ކުރެވޭގޮތަށް ތައާރަފު ކުރި މަސްދަޅެއްކަމުގައެވެ.
|
ގައުމަކަށް ދެމެހެއްޓެނިވި ކާމިޔާބު ލިބޭނީ މިނިވަން، އިންސާފުވެރި އިންތިހާބެއް ބޭއްވިގެން ކަމަށް އިނގިރޭސި ކޮންޒަވޭޓިވް ޕާޓީގެ ކުރީގެ ޗެއާޕާސަން ފްރޭންސިސް މޯޑް ވިދާޅުވެއްޖެ އެވެ.މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާގައި ތަގުރީރުކުރައްވަމުން ކޮންޒަވޭޓިވް ޕާޓީއަށް ނިސްބަތްވާ ޕާލިމަންޓް މެމްބަރު ފްރޭސިންސް ވިދާޅުވީ މިނިވަން، އިންސާފުވެރި އިންތިހާބަކީ ޑިމޮކްރަސީގެ މައިގަނޑު ސިފަކަމަށެވެ. އަދި ދެމެހެއްޓެނިވި ކާމިޔާބު ލިބޭނީ ރައްޔިތުންނަށް އެ މީހުން ބޭނުންވާ މީހަކު ވެރިކަމަށް ގެނައުމުގެ ފުރުސަތު ލިބިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.ދެމެހެއްޓެނިވި ކާމިޔާބުގެ ސިފަތަކުގެ ތެރޭގައި ކޮރަޕްޝަން ތަހައްމަލު ނުކުރުމާއި ގާނޫނަށް ބޯލެނބުމާއި ހުޅުވިފައިވާ މާކެޓެއް އޮތުމުގެ އިތުރުން އިޖުތިމާއީ އަދާލަތަކީ މުހިންމު ސިފަތަކެއް ކަމަށް ވެސް ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ ސިޔާސީ ޕާޓީގެ ހިޔަނި މިނިސްޓަރެއް ކަމުގައި މިހާރު ހުންނެވި ފްރޭންސިސް ވިދާޅުވި އެވެ.ފަނޑިޔާރުންނަކީ މިނިވަން، އިންސާފުވެރި ބަޔަކަށް ނުވާނަމަ އިންސާނީ ހައްގެއް ނުލިބޭނެ ކަމަށް ވެސް ފްރޭންސިސް ވިދާޅުވި އެވެ. އިންސާނީ ހައްގާއި ފަރުދުންނާއި ވިޔަފާރި ހައްގުތައް ހިމާޔަތްނުވާނަމަ ބޭރުގެ އިންވެސްޓަރުން އެ ގައުމަކަށް އިންވެސްޓް ނުކުރާނެ ކަމަށް ވެސް ފްރޭންސިސް ވިދާޅުވި އެވެ.ދުޅަހެޔޮ އިގުތިސޯދަކާއި ދުޅަހެޔޮ އިޖުތިމާއީ ވެއްޓެއް ގާއިމުކުރުމަށް މުއްސަނދިންނާއި ފަގީރުންގެ ފަރަގު ކުޑަކުރަންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.ފްރޭންސިސް ވިދާޅުވީ ކޮންޒަވޭޓިވް ޕާޓީގެ ވަފުދު ރާއްޖެ އައީ ރާއްޖޭގެ ސިޔާސަތާ ބެހުމަކަށް ނޫން ކަމަށެވެ. އެ ބޭފުޅުން ރާއްޖެ ވަޑައިގެންނެވީ ރާއްޖެ އަށް ޑިމޮކްރަސީ ގެނައުމަށް އެހީތެރިވުމަށް ކަމަށެވެ.އިނގިރޭސި ކޮންޒަވޭޓިވް ޕާޓީ އާއި އެމްޑީޕީ ގުޅިގެން ސަރުކާރު ވައްޓާލަން އުޅޭ ކަމަށް ބުނެ، އެކަން ހުއްޓުވުމަށް ޕޮލިސް ކޮމިޝަނަރު ފޮނުއްވި ސިޓީއެއް ދާދި ފަހުން ވަނީ ލީކުވެފަ އެވެ.ރާއްޖޭގައި އިންތިގާލީ ސަރުކާރު އުފެއްދުމަކީ ކޮންޒަވޭޓިވް ޕާޓީ ބެހޭ ކަމެއް ނޫން ކަމަށާއި އެކަން ނިންމާނީ ދިވެހި ރައްޔިތުން ކަމަށް ފްރޭންސިސް ވިދާޅުވި އެވެ. އެކަމަކަށް ރާއްޖޭގެ ރައްޔިތުންގެ ހާއްސަ މަޖިލީހުން ވަކި ގޮތެއް ނުނިންމާނެ ކަމަށް ވެސް ވެސް އޭނާ ވިދާޅުވި އެވެ. އަދި ބަދަލު އަންނަންވާނީ ޑިމޮކްރެޓިކް އުސޫލުން ހަމަ އެކެނި މިނިވަން، އިންސާފުވެރި އިންތިހާބަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.އެމްޑީޕީ އަކީ ދުނިޔޭގެ އެންމެ ޒުވާން އެއް ސިޔާސީ ޕާޓީއަށް ވިޔަސް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދައިފައިވާ ކަމަށް ވެސް ފްރޭންސިސް ވިދާޅުވި އެވެ.ރޭގެ ޖަލްސާގައި ވާހަކަ ދެއްކެވި އިނގިރޭސި ޕާލިމަންޓް މެމްބަރެއް ކަމުގައިވާ ރިޗަޑް ސުޕްރިން ވިދާޅުވީ ރާއްޖެއަށް ބޭނުންވަނީ ހުސް ވާހަކަތަކެއް ނޫން ކަމަށާއި ހަގީގީ ބަދަލުތަކެއް ކަމަށެވެ.ކުރިއަށް އޮތް މަސްތަކުގައި އެމްޑީޕީ އަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށާއި އެމްޑީޕީ އުއްމީދުތައް ވަރަށް ބައިވަރު އެބަހުރި ކަމަށާއި އެ ބަދަލުތަކަކީ އެންމެ ރެއަކުން އަންނާނެ ބަދަލްތަކެއް ނޫން ކަމަށް ވެސް ރިޗަޑް ވިދާޅުވި އެވެ. އަދި އެމްޑީޕީ ތަރައްގީކުރުމަށް އެހީވެދޭނެ ކަމަށާއި "އެމްޑީޕީ އެކަންޏެއް ނުވާނެ" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.ރޭގެ ޖަލްސާގައި އެމްޑީޕީގެ ރައީސް ޑރ. މުހައްމަދު މުނައްވަރު ވިދާޅުވީ ކޮންޒަވޭޓިވް ޕާޓީން ތަމްރީން ހޯދަމުން މި ދަނީ ދެމެހެއްޓެނިވި ގޮތަކަށް ވެރިކަންކުރުމުގެ މެޑެލް ހޯދުމަކަށް ނޫން ކަމަށާއި "ވެރިކަން ބަދަލުކުރުމުގެ ގާބިލްކަން ރައްޔިތުންނަށް ދިނުމަށް" ކަމަށެވެ.ރޭގެ ޖަލްސާގައި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ލ. މެމްބަރު މޫސާ މަނިކު ވެސް ވާހަކަ ދެއްކެވި އެވެ.
|
އިނގިރޭސި ކޮންޒަވޭޓިވް ޕާޓީގެ ކުރީގެ ޗެއާޕާސަން ފްރޭންސިސް މޯޑް ވިދާޅުވެއްޖެ އެވެ. ގައުމަކަށް ދެމެހެއްޓެނިވި ކާމިޔާބު ލިބޭނީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވިގެން ކަމަށް ޑިމޮކްރެސީގެ މައިގަނޑުއެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވިއެވެ. އޭނާވަނީ ކޮރަޕްޝަން ތަހައްމަލުނުކުރުމާއި ގާނޫނަށް ބޯލެނބުމާއި ހުޅުވިފައިވާ މާކެޓެއް އޮތުމުގެ އިތުރުން އިޖުތިމާއީ އަދާލަތަކީ މުހިންމު ސިފަތަކެއްކަމަށް ފާހަގަކުރައްވާފައެވެ. އޭނާ ވަނީ މުއްސަނދިންނާއި ފަގީރުންގެ ފަރަގު ކުޑަކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ
|
ތިން މިނިސްޓްރީއެއް ހިންގަމުންދިޔަ އިމާރާތުގައި މި މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގަށް ބޭނުންކުރެވިދާނެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހިއްސާކުރުމަށް ފުލުހުން އެދިއްޖެއެވެ.މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 6:30 ހާއިރު އެންމެ ފުރަތަމަ ރޯވީ ހައުސިން މިނިސްޓްރީގަ އެވެ. އޭގެ ފަހުން، ހުޅުގަނޑު ބޮޑުވަމުން ގޮސް، އެ އިމާރާތުގައި ހިންގާ ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެ ތަނާ ޖެހިގެން ހުންނަ އެންވަޔަރަންމެންޓް މިނިސްޓްރީގައި ރޯވި އެވެ. ހަތަރު ގަޑިއިރު ފަހުން އަލިފާން ނިއްވާލިއިރު މުޅި ތަން ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައި ހުލިވެފަ އެވެ.ފުލުހުން މިއަދު ވަނީ އެ ހާދިސާގެ ތަހުގީގަށް އާއްމުންގެ އެހީއަށް އެދިފަ އެވެ. އެ ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ 9911099 އަށް ގުޅަން ފުލުހުން އެދެ އެވެ.ޓިނު ބިލްޑިންގުގައި ރޯވެ އެ އިމާރާތާ ޖެހިގެން ހުންނަ ގްރީން ބިލްޑިންގަށް އަލިފާން ފެތުރުނީ އެމްއެންޑީއެފްގެ ފަޔާމަނުންގެ އިހުމާލުން ކަމަށް އެމްޑީޕީން ވަނީ ތުހުމަތު ކޮށް، އެ މައްސަލަ މަޖިލީހަށް ވެސް ހުށަހަޅައިފަ އެވެ.މި ހާދިސާއާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝުޖާއު ވިދާޅުވީ، މައްސަލައިގެ ތަހުގީގުގައި ބޭރުގެ ތަޖުރިބާކާރުން ހިމެނޭ ޓީމެއް ވީހާވެސް އަވަހަށް ބައިވެރިކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ އުއްމީދަކީ ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި އެ ޓީމާ ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތް ވުން ކަމަށެވެ. ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ބޭނުން ނުކުރެވޭ ވަރަށް އެނދި އިމާރާތް ހުރި ބިން ސާފުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ސިޓީސް, ލޯކަލް ގަވަމެންޓް ޕަބްލިކް ވޯކްސް އިން ވަނީ ފަށައިފަ އެވެ
|
ތިން މިނިސްޓްރީއެއް ހިންގި އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގަށް މައުލޫމާތު ދިނުމަށް ފުލުހުން އެދިއްޖެއެވެ. މިމަހުގެ 12 ވަނަ ދުވަހުގެ ހެނދުނު ހައުސިންގ މިނިސްޓްރީގައި ފުރަތަމަ ރޯވި އަލިފާންގަނޑު ފެތުރި ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އެންވަޔަރަންމެންޓް މިނިސްޓްރީގެ އެޑްމިނިސްޓްރޭޝަން ބްލޮކް ގައި ރޯވިއެވެ. ހަތަރު ގަޑިއިރު ފަހުން އަލިފާން ނިއްވާލިއިރު އިމާރާތުގެ ގިނަ ބައިތައް ވަނީ އަނދައި ހުލިވެފައެވެ. ފުލުހުން ވަނީ މި ހާދިސާއާ ގުޅޭ މައުލޫމާތެއް އެނގޭ ފަރާތްތަކުން ގުޅުމަށް އެދިފައެވެ. އެމްޑީޕީން ތުހުމަތު ކުރާ ގޮތުގައި އަލިފާންގަނޑު އެމްއެންޑީއެފްގެ ފަޔާމަނުންގެ އިހުމާލުން ފެތުރުނެވެ. މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާއިރު ބޭރުގެ ތަޖުރިބާކާރުން ހިމެނޭ ޓީމެއް އަންނަ ދެތިން ދުވަހުގެ ތެރޭގައި ހަރަކާތްތެރިވާން ފަށާނެއެވެ. އެ އިމާރާތް ހުރި ބިން ސާފުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަމެންޓް ޕަބްލިކް ވޯކްސް އިން ވަނީ ފަށައިފައެވެ.
|
ތިމާވެށި މޮނީޓާ ކުރުމުގެ ބޭނުމުގައި މީގެ ދެ އަހަރު ކުރިން ރާއްޖެ ގެނައި "ތިމާވެށި" ބޯޓު އަނެއްކާ ވެސް މަރާމާތުތަކެއް ކުރަންޖެހިއްޖެ އެވެ.
އިންޑިއާގެ ކުންފުންޏަކުން ހެދި ތިމާވެށި ބޯޓު ގަތީ ވޯލްޑް ބޭންކުގެ އެހީގަ އެވެ. އެ ބޯޓު ރާއްޖެ ގެނެސް އިފުތިތާހު ކުރީ މެއި، 2023، ގަ އެވެ. ބޯޓު ގެނައި ފަހުން މިހާރު ވެސް ދެ ފަހަރަކަށް މަރާމާތުކޮށްފި އެވެ.
ތިމާވެށި ބޯޓު މަރާމާތު ކުރަން އެންވަރަމަންޓް މިނިސްޓްރީ އިން އަނެއްކާ ވެސް އިއުލާނު ކުރީ މިދިޔަ ހަފުތާގަ އެވެ. މިފަހަރު ބޯޓަށް ވަރަށް ބޮޑު މަރާމާތެއް ކުރަންޖެހެ އެވެ. ބެލެވޭ ގޮތުގައި މިފަހަރު ކުރަންޖެހޭ މަރާމާތަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުވާނެ އެވެ. މަރާމާތު ކުރުމުގެ އިތުރުން، ބޯޓުގައި މިފަހަރު އިތުރު ސިސްޓަމްތަކެއް ވެސް ހަރު ކުރުން ހިމެނެ އެވެ.
ތިމާވެށި ބޯޓުގެ މަރާމާތް
އިންޑިއާއިން ރާއްޖެއަސް ބޯޓު ފުރުވާލުމުގެ ކުރިން ބޭއްވި ހަފުލާގައި ކޮންސަލްޓަންޓު ޔާސިރު (ވ).
ތިމާވެށި ބޯޓު ގެނެސް މައްސަލަ ނުޖެހި އެ ބޯޓު ދުއްވުނީ މަދު ދުވަސްކޮޅެކެވެ. އެ ބޯޓު ނުދުއްވައި ވަރަށް ގިނަ ދުވަހު ބާއްވާފައި އޮތެވެ. ބޯޓު ގެނައި އިރު ވެސް އޭގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ވަނީ ފާހަގަވެފަ އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި، ފުލުހުންގެ މެރިން ޑިޕާޓްމަންޓުން ވަނީ މީގެ ކުރިން ބޯޓުގެ އިވެލުއޭޝަނެއް ހަދައިފަ އެވެ. ބޯޓުގައި ހަރުކޮށްފައި ހުރި ބައެއް ސިސްޓަމްތަކަކީ ވަރަށް ބާ ސާމާނުކަން އެ އިވެލުއޭޝަނުން ހާމަވި އެވެ. އެކަމަކު އެ ސިސްޓަމްތައް ހަރުކޮށްފައި ހުރީ އާ ތަކެތީގެ ގޮތުގަ އެވެ.
އެކަމަކު ތިމާވެށި ބޯޓު ރާއްޖެ ގެނެސްފައި ވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޓީމަކުން އިންޑިއާއަށް ގޮސް ބެލުމަށްފަހެވެ. އޭގެ ތެރޭގައި އެ ޕްރޮޖެކްޓުގެ ކޮންސަލްޓަންޓު އިބްރާހިމް ޔާސިރު ވެސް ހިމެނެ އެވެ.
އެ ބޯޓު ގެނެސްފައި ވަނީ އެންވަރަމެންޓު ޕްރޮޓެކްޝަން އެޖެންސީއާ ހަވާލު ކުރުމަށެވެ. ނަމަވެސް ބޯޓުގެ މައްސަލަތައް ގިނަކަމުން މިހާތަނަށް ވެސް އީޕީއޭ އިން އެ ބޯޓާ ހަވާލުވެފައެއް ނުވެ އެވެ.
ތިމާވެށި ބޯޓު ބަނދެފައި ވަނީ ވިޖާއީ މެރިން ޝިޕްޔާޑުންނެވެ. އެއީ އިންޑިއާގެ ގޯއާގައި އޮޕަރޭޓު ކުރާ ކުންފުންޏެކެވެ. އެ ކުންފުނިން މީގެ ކުރިން ބުނެފައި ވަނީ އެ ބޯޓަކީ އިންޑިއާގައި ހެދި އެންމެ ފުރަތަމަ ކަޓަމަރާން ސްޓައިލުގެ ބޯޓު ކަމަށެވެ.
|
ތިމާވެށި މޮނީޓާ ކުރުމަށް ދެ އަހަރު ކުރިން ރާއްޖެ ގެނައި "ތިމާވެށި" ބޯޓު އަނެއްކާ ވެސް މަރާމާތުކުރަންޖެހިއްޖެއެވެ. މި ބޯޓު ރާއްޖެ ގެނެސްފައިވަނީ ވޯލްޑް ބޭންކުގެ އެހީގައެވެ. ބޯޓު ގެނައި ފަހުން މިހާރު ވެސް ދެ ފަހަރަކަށް މަރާމާތުކޮށްފައިވެއެވެ. މިފަހަރު ބޯޓަށް ބޮޑު މަރާމާތެއް ކުރަންޖެހޭއިރު އެތައް މިލިއަން ރުފިޔާއެއް ހަރަދުވާނެކަމަށް ބެލެވެއެވެ.
|
އަހުމަދު ސައީދުރާއްޖޭގައި ޓެލެކޮމިޔުނިކޭޝަނާއި އިންފޮމޭޝަން ޓެކްނޮލޮޖީ ތައުލީމު ފުޅާކުރުމަށް 11 މިލިއަނަށް ޑޮލަރު ( 141.35 މިލިއަން ރުފިޔާ) ހަރަދުކުރަން ގަސްދުކުރާ ކަމަށް ވަތަނިޔާ ޓެލެކޮމްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުންބުނެފި އެވެ.ދެވަނަ ކުންފުންޏެއްގެ ގޮތުގައި ރާއްޖޭގައި މޯބައިލް ހިދުމަތް ދިނުމަށް އިއްޔެ ލައިސަން ދޫކުރި ވަތަނިޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީި އެ ކުންފުންޏަށް ލައިސަން ދޫކޮށްފައިވާ 15 އަހަރުގެ ތެރޭގައި ޓެލެކޮމިޔުނިކޭޝަނާއި އިންފޮމޭޝަން ޓެކްނޮލޮޖީއާ ބެހޭ ސްކޫލެއް އުފައްދައި މުސްތަގުބަލުގައި އެތަނަކީ ދުނިޔޭގެ ފެންވަރުގެ ތަނަކަށް ހެދުމަށް އެހީވެދޭނެ ކަމަށެވެ. އެ ތަނުގައި ކޮމްޕިޔުޓަރު ލެބަކާއި ދުރުން ދޭ ތައުލީމު ލިބިގަތުމަށާއި ރިސާޗު ކުރެވެން ހުންނާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެ އެވެ."އަހަރަކު ލިބޭ އާމްދަނީގެ އެއް ޕަސެންޓު ޓެލެކޮމިޔުނިކޭޝަނާއި އައިޓީ ދާއިރާ އަށް ކަނޑައެޅޭނެ. އެއީ ލައިސަންގެ މުއްދަތުގެ ތެރޭގައި 11 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ،" މުޅި ރާއްޖެ އަށް މޯބައިލް ފޯނު ގުޅައިދިނުމަށް ހަ މަސް ދުވަހުގެ ތެރޭގައި 40 މިލިއަން ޑޮލަރު އިންވެސްޓުކުރަން ނިންމައިފައިވާ ކުންފުނިން ބުނެފައިވެ އެވެ.
|
ވަތަނިޔާ ޓެލެކޮމްސް މޯލްޑިވްސް އިން ވަނީ ރާއްޖޭގެ ޓެލެކޮމިޔުނިކޭޝަން އަދި އައިޓީ ދާއިރާ ކުރިއެރުވުމަށް އަންނަ 15 އަހަރު ތެރޭގައި 141.35 މިލިއަން ރުފިޔާ ހޭދަކުރުމަށް ނިންމާފައެވެ. މި ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ޓެލެކޮމިޔުނިކޭޝަން އަދި އިންފޮމޭޝަން ޓެކްނޮލޮޖީއާ ބެހޭ ސްކޫލެއް ޤާއިމުކޮށް ދުނިޔޭގެ ފެންވަރުގެ ތަނަކަށް ހެދުމަށެވެ. އެ ކުންފުންޏަށް ލައިސަންސް ދީފައިވަނީ މޯބައިލް ހިދުމަތް ރާއްޖޭގައި ދިނުމަށެވެ.
|
ބިދުޢަތަކުން ސަލާމަތްވެ ނުތިބެވޭނަމަ އެކަމުގެ ތެރެއަށް ވަދެވި ޤިޔާމަތް ދުވަހު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޝަފާޢަތް ނުލިބޭނެ މީހުންގެ ތެރެއިން ހިމެނިދާނެ ކަމުގެ ބިރު ވަރަށް ބޮޑެވެ. އެހެންކަމުން މިއީ ވަރަށް ބޮޑަށް ހޭލުންތެރިވާން ޖެހިފައިވާ ކަމެކެވެ.
ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! މުހިންމު މަޢުލޫމާތު ތަކެއް ލިބިލައްވާނެއެވެ! އިން ޝާ ﷲ
ބިދުޢަތަކާ ގުޅުން ހުރި މައްސަލަތައް ދެނެގަތުމުގައި ބިދުޢައިގެ ލަފްޒީ މާނައާއި އިޞްތިލާޙީ މާނަ އެނގުމަކީ ވަރަށް މުހިންމުކަމެކެވެ. އެހެނީ ބިދުޢައާއި ގުޅުން ހުރި ބައެއް މައްސަލަތަކުގައި އުފެދިފައިވާ ޚިލާފުތައް ގުޅިފައިވަނީ ބިދުޢައިގެ އިޞްތިލާޙީ މާނަކުރާ ގޮތަށެވެ.
ބަހުގެ ގޮތުން ބިދުޢައިގެ ތަޢާރުފު
ބަހުގެ ބޮތުން ބިދުޢަ: البِدْعَة އަކީ الابتداع އިން ނެގިފައިވާ ނަމެކެވެ. [1]
ޢަރަބި ބަހުގައި ب – د – ع އެއްލަފްޒެއްގައި އައިސްފައިވާނަމަ އެއިން ދޭހަކޮށްދެނީ ކުރީގައި ނުވާ ގޮތަކަށް ކަމެއް ފެށުމެވެ. [2]
މީހަކު އާކަމެއް ކޮށްފިއްޔާ ابتدع އޭ ކިޔާ އުޅެއެވެ. [3]
ދުލުން ބޭރު ކުރާ ބަސްތަކަށާއި ގުނަވަންތަކުން ކުރާ ޢަމަލުތަކަށްވެސް ބިދުޢަ އޭ ބުނެ އުޅެއެވެ. [4]
އަދި މިވެނި މީހަކީ މިވެނި ކަމެއްގައި ފުރަތަމަ މީހާއޭ ބުނުމަށް بِدْع في هذا الأمر އޭ ބުނެ އުޅެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿قُلْ مَا كُنتُ بِدْعًا مِّنَ الرُّسُلِ﴾ [5]
މާނައީ: ”ކަލޭގެފާނު ވިދާޅުވާށެވެ! ރަސޫލުންގެ ތެރެއިން ފުރަތަމަ (ފޮނުއްވި) ރަސޫލަކުކަމުގައި، ތިމަންކަލޭގެފާނު ނުވަމެވެ.“
އެބަހީ: ރަސޫލުކަމާއިގެން އެންމެ ފުރަތަމަ ވަޑައިގެންނެވީ ތިމަންކަލޭގެފާނެއް ނޫނެވެ. [6]
މީހަކު އާކަމެއް ނުވަތަ ބިދުޢައެއް ފާޅުކޮށްފިނަމަ أَبْدَعَ – ابْتَدَعَ – تَبَدَّع އޭ ބުނެ އުޅެއެވެ. [7]
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَرَهْبَانِيَّةً ابْتَدَعُوهَا مَا كَتَبْنَاهَا عَلَيْهِمْ﴾ [8]
މާނައި: ”އަދި ދުނިޔެ އަޅާފައި (އަޅުކަމުގެ ނަމުގައި) ތިބުމަކީ، އެއުރެން އަމިއްލަޔަށް އުފެއްދި ކަމެކެވެ. އެކަމަކީ، ތިމަން އިލާހު އެއުރެންގެ މައްޗަށް ކަނޑައެޅުއްވި ކަމެއް ނޫނެވެ.“
ދީން ފުރިހަމަވުމަށް ފަހު ކުރާ އާ ކަންތައްތަކަށްވެސް ބިދުޢައޭ ކިޔާ އުޅެއެވެ. [9]
އަދި މީހަކަށް ބިދުޢައެއް ނިސްބަތްކޮށްފިނަމަ بَدَّعَهُ އޭ ބުނެ އުޅެއެވެ. [10]
އިޞްތިލާހީ ގޮތުން ބިދުޢައިގެ ތަޢާރުފު
އިޞްތިލާޙީ ގޮތުން އެކި ޢިލްމުވެރިން ބިދުޢަ ތަޢުރީފުކުރައްވާ ގޮތް ތަފާތެވެ. އެބޭފުޅުން ޛިކުރުކުރައްވާފައިވާ ބައެއް ތަޢުރީފުތަކުގެ ތެރޭގައި:
ފުރަތަމަ ތަޢުރީފު: ﷲ ގެ ރަސޫލާ صلى الله عليه وسلم އަވަހާރަވުމަށް ފަހު، އަލަށް އުފެދިގެން އައި ޢަމަލުތަކާ އަދި (މުސްލިމުންގެ ޖަމާޢަތާ ވަކިވެ) ހަވާނަފްސަށް ތަބާވުމުގެ ޢަމަލުތަކެވެ. [11]
ދެވަނަ ތަޢުރީފު: ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ ދުވަސްވަރުގައި ކޮށްފައި ނުވާ ކަންތައްތަކެވެ. [12]
ތިންވަނަ ތަޢުރީފު: ދީނުގައިވާ ކަންތައްތަކާ ވައްތަރު ގޮތަކަށް އަލަށް އުފައްދާ ކަންތައްތަކެވެ. އެކަމުގެ ބޭނުމަކީ (ކަނޑަ އަޅުއްވާފައިވާ މިންވަރަށް ވުރެ) ބޮޑަށް ﷲ އަށް އަޅުކަންކުރުމެވެ. [13]
ހަތަރުވަނަ ތަޢުރީފު: ޝަރީޢަތުގައި ބިދުޢައޭ ކިޔަނީ އަލަށް އުފައްދާ ނޭދެވޭ ކަންތައްތަކަށެވެ. އަދި ރަނގަޅުކަމަކަށް ނިސްބަތްކުރާނަމަ އެކަން ބަޔާންވެފައި އޮންނާނެއެވެ. [14]
ފަސްވަނަ ތަޢުރީފު: އިޢުތިޤާދާއި ބަހާއި ޢަމަލުގައި ސުންނަތާ ޚިލާފުވުމެވެ. [15]
ހަވަނަ ތަޢުރީފު: ﷲ ޝަރުޢު ކުރައްވާފައި ނުވާ ކަމެއްގެ ޛަރީޢާއިން އެއިލާހަށް އަޅުކަންކުރުމެވެ. [16]
ހަތްވަނަ ތަޢުރީފު: ނަބިއްޔާ صلى الله عليه وسلم އާއި ޚުލަފާއުއްރާޝިދޫން ކުރައްވާފައި ނުވާކަމެއް އަޅުކަމެއްގެ ގޮތުގައި ކުރުމެވެ. [17]
މި ތަޢުރީފުތަކުގެ ތެރެއިން އެންމެ ރަނގަޅު ތަޢުރީފުކަމަށް ބުރަވެވެނީ ތިންވަނަ ތަޢުރީފެވެ. އެއީ ޝަރުޢީ ގޮތުން ބިދުޢައިގެ މާނަ ރަނގަޅަށް ދޭހަކޮށްދޭ ޖާމިޢު ތަޢުރީފެކެވެ. އަދި އެ ތަޢުރީފުގައި ބަހުގެ ގޮތުން ބިދުޢައިގެ މާނަ ހިމަނުއްވާފައިވެއެވެ. އަދި މީސްތަކުން ޢާންމު ގޮތެއްގައި ކޮށްއުޅޭ ކަންތައްތައް އެއްކިބާ ކޮށްފައިވެއެވެ. [18]
ހަތަރުވަނަ ތަޢުރީފުގައިވަނީ ބިދުޢައިގެ ތެރޭގައި ރަނގަޅު ބިދުޢައާއި ރަނގަޅު ނޫން ބިދުޢަވާކަމަށް ހިމަނާފައެވެ. އެހެނަސް އެފަދައިން ބިދުޢަތައް ދެ ބަޔަކަށް ބެހުމަކީ ރަނގަޅު ގޮތެއް ނޫންކަން ކުރިއަށް ހުރި ލިޔުންތަކުގައި އެނގިގެން ދާނެއެވެ. إن شاء الله.
ފަސްވަނަ ތަޢުރީފުގައިވާ ގޮތުން ބިދުޢައަކީ: ”އިޢުތިޤާދާއި ބަހާއި ޢަމަލުގައި ސުންނަތާ ޚިލާފުވުމެވެ.“ މިފަދައިން ބިދުޢައިގެ ތަޢުރީފުކޮށްފިނަމަ ބިދުޢައިގެ ތެރެއަށް ފާފަތައް ވަދެގެން ދާނެއެވެ. ކޮންމެ ފާފައަކީ ބިދުޢައެއް ނޫނެވެ.
ދެން ހުރި ތަޢުރީފުތަކުގައިވަނީ ބިދުޢައިގެ ބައެއް ޤަވާޢިދުތަކެވެ. [19]
ބަހުގެ ގޮތުން ބިދުޢައާއި އިޞްތިލާހީ ގޮތުން ބިދުޢައިގެ ތަފާތު
އަލަށް އުފައްދާ ކޮންމެ ކަމަކަށް ބަހުގެ ގޮތުން ބިދުޢަ ކިޔާ އުޅުނަސް، އިޞްތިލާޙީ ގޮތުން އެފަދަ ކޮންމެ ކަމަކަށް ބިދުޢައެކޭ ނުކިޔާނެއެވެ. މިސާލަކަށް އަލަށް އުފައްދާ ތަކެއްޗާއި ރަށްތަކަށް އިޞްތިލާޙީ ގޮތުން ބިދުޢައެކޭ ނުކިޔާނެއެވެ. [20]
އަދި މީސްތަކުން އާދަކާދައިގެ ގޮތުން ކުރާ ކަންތައްތަކަށްވެސް އެއީ ބިދުޢަކަމުގައި ނުކިޔާނެއެވެ. އެހެނަސް ދީނުގައި ކަނޑައަޅުއްވާފައިވާ ގޮތަކާ ޚިލާފަށް، ﷲ އާ ކުއްތަންވުމުގެ ގޮތުން އާދަކާދައިގެ ނަމުގައިވިޔަސް ކުރާ ކަންތައްތައް ބިދުޢައިގެ ތެރޭގައި ހިމެނިގެން ދާނެއެވެ. [21]
އާ ކަންތައްތައް ނުކުރާން ކާރު ސައިކަލުފަދަ ތަކެތި ދޫކޮށްލާފައި ޖަމަލުގައި އުޅޭށޭ ބައެއް މީހުން ބުނާ ބުނުމަކީ ރަނގަޅު ބަހެއް ނޫންކަން މިކަމުން ހާމަވެގެން ދެއެވެ. އަދި ބަހުގެ ގޮތުން ބިދުޢައިގެ ގޮތުގައި އެފަދަ ކަންކަން ހިމެނިޔަސް ދީނުގެ ޢިލްމުވެރިންގެ އިޞްތިލާޙުގައި ބިދުޢައިގެ ނުބައި ވާހަކަ ދައްކާއިރު އެ ބުނާ ކަންތައްތައް ނުހިމެނެއެވެ.
[1] انظر: المصباح المنير للفيومي (1/38).
[2] انظر: مقاييس اللغة لابن فارس (1/209).
[3] انظر: جمهرة اللغة لابن دريد (1/298).
[4] انظر: مقاييس اللغة لابن فارس (1/209).
[5] سورة الأحقاف: ٩
[6] انظر: مقاييس اللغة لابن فارس (1/209) والمفردات للراغب (ص: 111).
[7] انظر: لسان العرب لابن منظور (8/6).
[8] سورة الحديد: ٢٧
[9] انظر: الصحاح للجوهري (3/1183).
[10] انظر: الصحاح للجوهري (3/1183).
[11] العين للخليل (2/55).
[12] قواعد الأحكام لعز بن عبد السلام (2/204).
[13] الإعتصام للشاطبي (1/50).
[14] انظر: المنثور للزركشي (1/217).
[15] بريقة محمودية للخادمي (1/86 -87).
[16] مجموع فتاوى ورسائل فضيلة الشيخ محمد بن صالح العثيمين (2/292).
[17] مجموع فتاوى ورسائل فضيلة الشيخ محمد بن صالح العثيمين (2/292).
[18] انظر: شرح الشاطبي لهذا الضابط في كتاب الإعتصام (1/51-52).
[19] انظر: قواعد معرفة البدع للجيزاني (ص: 123- 135).
[20] الاعتصام للشاطبي (1/50).
[21] انظر: تنبيه أولي الأبصار للسحيمي (ص: 106).
- ޖަމިއްޔަތުއްސަލަފް
|
ބިދުޢަތަކާ ގުޅުން ހުރި މައްސަލަތައް ދެނެގަތުމުގައި ބަހުގެ މާނައާއި އިޞްތިލާޙީ މާނަ ދަތުމަކީ ވަރަށް މުހިއްމު ކަމެކެވެ. ބަހުގެ ގޮތުން ބިދުޢައިގެ މާނައަކީ ކުރީގައި ނުވާ ގޮތަކަށް ކަމެއް ފެށުން ކަމުގައިވާއިރު އިޞްތިލާޙީ ގޮތުން ދީން ފުރިހަމަ ވުމަށް ފަހު އަލަށް އުފެދިގެން އަންނަ ޢަމަލުތަކަށް ބިދުޢައިގެ ގޮތުގައި ބެލެވެއެވެ. ތަފާތު ޢިލްމުވެރިން ބިދުޢަ ތަޢުރީފުކުރައްވާ ގޮތް ތަފާތު ނަމަވެސް އެންމެ ރަނގަޅު ތަޢުރީފަކީ ދީނުގައިވާ ކަންކަމާ ވައްތަރު ގޮތަކަށް އަލަށް އުފައްދާ ކަންކަން ކަމަށް ބުރަވެވެއެވެ. ބިދުޢަތަކަށް ރަނގަޅު އަދި ނުރަނގަޅު ބައިތަކެއް ކަނޑައެޅުމަކީ ރަނގަޅު ގޮތެއް ނޫންކަމާއި ހުރިހާ ފާފަތަަކަކީ ބިދުޢަނޫންކަންވެސް ފާހަގަކޮށްލެވެއެވެ.
|
އަންނަ ރަމަޟާން މަހުވެސް ފެން ބިލާއި ކަރަންޓު ބިލުން ރައްޔިތުންނަށް ޑިސްކައުންޓު ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަތިވެރިއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރޯދަ މަހު ބޭނުން ކުރާ ފެނާއި ކަރަންޓަށް އާންމު މަސްތަކަށްވުރެ ބިލް ބޮޑުނުވާނެހެން ބިލަށް ޑިސްކައުންޓު ދިނުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ރޯދަމަހު ނިންމެވިއެވެ. މިއީ ރަމަޟާން މަހެއްގައި މިގޮތަށް ހުރިހާ ރައްޔިތުންނަށް ބިލުތަކުން ޑިސްކައުންޓު ދިން ފުރަތަމަ ފަހަރެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދިޔަ ރަމަޟާން މަހާއެއްގޮތަށް އަންނަ ރަމަޟާން މަހުވެސް ފެނާއި ކަރަންޓުން ރައްޔިތުންނަށް ޑިސްކައުންޓު ދެއްވާނެ ކަމަށެވެ. ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓު ދެއްވުމުގެ އިތުރުންވެސް ރައްޔިތުންނަށް އިތުރު އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ރަމަޟާން މަސް އަންނަ މާގިނަ ދުވަހެއް ނެތް. މިދިޔަ ފަހަރު ދިންހެން. ރާއްޖޭގައި އަލަށް ބިލުތަކުން އަޅުގަނޑުމެން ޑިސްކައުންޓް ދިންހެން އަނެއްކާވެސް އެ ޑިސްކައުންޓް ދޭނަން އިރާދަކުރެއްވިއްޔާ. އަދި އޭގެ އިތުރަށްވެސް އަޅުގަނޑުމެން ވީހާވެސް ގިނަ އެހީތެރިކަން، ވީވަރަކުން ކަންކަމުގައި ޚަރަދުތައް ލުއިކޮށްދީގެން، އާމްދަނީ އިތުރުކުރެވޭނެ ގޮތް އަޅުގަނޑުމެން ހަދާނީ،" ރައީސް ވިދާޅުވިއެވެ.
މިދިޔަ ރަމަޟާން މަހު ސަރުކާރުން ވަނީ ފެން ބިލާއި ކަރަންޓް ބިލުތަކަށް 142 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދެއްވާފައެވެ.
ފެނާއި ކަރަންޓު ބިލުން އަންނަ ރަމަޟާން މަހު ޑިސްކައުންޓު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާއިރު ކޮންމެ ގޭބިސީއަކަށް ސަރުކާރުން މަސްދަޅު ކޭހެއް ހަދިޔާކުރެއްވުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ. އެގޮތުން މި މަސްދަޅު ކޭސް ދިނުމަށް ވާންޖެހޭ ތައްޔާރީތައް އެސްޓީއޯއިން ވަމުންދާކަން މީގެ ކުރިން ރައީސް ހާމަކުރައްވާފައެވެ.
ސަރުކާރުން ވަނީ މިދިޔަ ރޯދަމަހު ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް ހަނޑޫ އަދި ފުށް ބަސްތާއެއްވެސް ދީފައެވެ. އެގޮތުން 82،000 ގޭބީސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ހިލޭ ދީފައިވެއެވެ.
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންނަ ރަމަޟާން މަހުގައިވެސް ފެން ބިލާއި ކަރަންޓު ބިލުން ރައްޔިތުންނަށް ޑިސްކައުންޓު ދެއްވާނެކަމަށް ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރެއްވީ އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. މިދިޔަ ރޯދަމަހުގައިވެސް ސަރުކާރުން ވަނީ ފެނާއި ކަރަންޓު ބިލުން 142 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދީފައެވެ. މީގެ އިތުރުން ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކުރެއްވުމަށާއި ހަނޑޫ އަދި ފުށް ބަސްތާއެއްވެސް މިދިޔަ ރޯދަމަހު ދީފައިވެއެވެ.
|
ޔޫރަޕްގެ ފްރާންސް އަދި ބެލްޖިއަމްގެ އަވަށްތަކުގައި ދިރިއުޅޭ މީހުންނަށް ހިލޭ ކުކުޅު ދޭން ފަށާފައި ވަނީ 2015 ވަނަ އަހަރުން ފެށިގެންނެވެ. ފަރަންސޭސިވިލާތުގެ އުތުރު އިރުމަތީގެ އަވަށެއް ކަމަށްވާ ކޮލްމާރުގައި ދިރިއުޅޭ މީހުންނަށް މިކަން ތަޢާރަފްކޮށްފައި ވަނީ އެ އަވަށުގެ ކުނި ކަލެކްޝަން ޑިޕާޓްމަންޓުންނެވެ. އެ ޑިޕާޓްމަންޓުން އަޖުމަ ބެލުމުގެ ގޮތުން ތައާރަފްކުރި ކުކުޅު ހިލޭ ބެހުމުގެ މި ސްކީމްގެ މަގްސަދަކީ ކާބޯތަކެތި ބޭނުންކުރުމަށްފަހު އުކާލެވޭ ކުނީގެ މިންވަރު މަދުކުރުމެވެ. ކޮލްމާރު އަވަށުގެ ރައީސްގެ މަގާމުގައި 2015 ވަނަ އަހަރު ހުރި ރައީސް ގިލްބާޓް މި ސްކީމް ފަށާފައި ވަނީ "ކޮންމެ އާއިލާއަކަށް، އެއް ކުކުޅު މި ޝިއާރުގެ ދަށުންނެވެ. ހިލޭ ކުކުޅު ގެންގުޅުމުގެ ހާއްސަ ސްކީމްގެ ސަބަބުން ފްރާންސްގެ މި އަވަށުގައި ކާ ކުނި ނައްތާލުމަށް ވަރަށް ބޮޑު އެހީއަކަށް ވަނީ ވެފައި--ފޮޓޯ/ބީބީސީ މި ސްކީމް ތައާރަފް ކުރުމަށްފަހު ޖެހިގެން އައި އަހަރުން ފެށިގެން މިއަދާ ހަމައަށް މިސްކީމް ކުރިއަށްގެންދަނީ ކޮލްމާރު އަވަށު ކައިރީގައި ހުންނަ ކުކުޅުތައް ގެންގުޅޭ ފާމަކާ ގުޅިގެންނެވެ. މި އަވަށުގެ މީހުން ގެންގުޅެން ދެވޭ ހިލޭ ކުކުޅުގެ ސަބަބުން އެ މީހުންނަށް ކޮންމެ ދުވަހެއްގެ ވެސް ކެއުމުގައި ބޭނުންކުރާނެ ބިސް ހިލޭ ލިބޭނެ މަގުފަހިވެފައި އޮތުމަކީ މިކަމުން އެމީހުންނަށް ލިބޭނެ ވަރަށް ބޮޑު ފައިދާއެއް ކަމަށް އެ އަވަށުގެ ރައީސް ވަނީ ބުނެފައެވެ. މި ސްކީމުން ލިބޭ ފައިދާތައް ފަހުމުވުމާ އެކު ކޮލްމާރުގައި ދިރިއުޅޭ 200އަށް ވުރެ ގިނަ ގޭބިސީތަކުން ވަނީ އެތަނުގެ މުނިސިޕަލްޓީގައި ރަޖިސްޓްރީ ކުރުމަށްފަހު ގޭގައި ގެންގުޅޭނެ ދެ ކުކުޅު ހިލޭ ހޯދާފައެވެ. ފްރާންސްގެ ކޮލްމާރުގެ ގޭބިސީއެއްގައި ގެންގުޅޭ ކުކުޅުތައް އަޅާފައިވާ ބިސްތަކެއް--ފޮޓޯ/ބީބީސީ ކޮލްމާރުގެ ކުނި ކަލެކްޝަން ޑިޕާޓްމަންޓުން ކޮލްމާރުގެ ގޭބިސީތަކުގެ ވެރިންނަށް ކުކުޅު ހިލޭ ދީފައި ވަނީ އެކަމަށް ހާއްސަ އެއްބަސްވުމެއްގައި ވެސް ސޮއިކުރުމަށްފަހުއެވެ. މި އެއްބަސްވުމުގައި ބުނެފައިވާ ގޮތުގައި ހިލޭ ދެވޭ ކުކުޅާ އެކު ކުކުޅު ދިރިއުޅޭނެ ގެއެއް އެ ގޭބިސީތަކަށް ފޯރުކޮށެއް ނުދޭނެއެވެ. ކުކުޅުތައް ދިރިއުޅޭނެ ތަނެއް އިމާރާތް ކުރުން ނުވަތަ ގަތުމަކީ ގޭބިސީތަކުގެ ވެރިންގެ ޒިންމާއެއް ކަމަށާއި ކުކުޅު ދިރިއުޅުމަށް ތައްޔާރުކުރާ ގޭގޭ ބޮޑު މިނުގައި 86 އަކަފޫޓާއި 108 އަކަފޫޓާ ދެމެދުގެ ޖާގައެއް ހުންނަން ޖެހޭނެ ކަމަށް މި އެއްބަސްވުމުގައި ވަނީ ބުނެފައެވެ. އޭގެ އެންމެ ބޮޑު އެއް ބޭނުމަކީ މިނިވަންކަމާ އެކު ކުކުޅަށް ބިސް އެޅުމުގެ ފުރުސަތު ދިނުން ކަމަށް މި އެއްބަސްވުމުގައި ވަނީ ފާހަގަކޮށްފައެވެ. މިއަދާ ހަމައަށް ފްރާންސާއި ބެލްޖިއަމްގެ އަވަށްތަކުގެ މީހުންނަށް ހިލޭ ދެވުނު ކުކުޅުގެ އަދަދު 5،282އަށް އަރާފައިވާއިރު ކުރިއަށް އޮތް ޖޫން މަހުގެ ނިޔަލަށް ކުކުޅު ހިލޭ ބެހުމުގެ އިތުރު ބުރެއް ބާއްވަން ރާވާފައިވާ ކަމަށް ކޮލްމާރުގެ ރައީސާ ހަވާލާދީ ބީބީސީއިން ވަނީ ބުނެފައެވެ. މިގޮތަށް ގޭބިސީތަކަށް ހިލޭ ކުކުޅު ބެހުމުގެ ޕްރޮގްރާމެއް ތައާރަފްކުރެވުމާ އެކު އެ އަވަށްތަކުގެ މީހުންނަށް އަގަކާއި ނުލައި ހިލޭ ބިސް ލިބުމުގެ އިތުރުން ގޭގައި ހުންނަ ކުނި ބޭނުންތެރި ގޮތުގައި ނައްތާލުމަށް މަގުފަހިވެފައިވާ ކަމަށް ބީބީސީއިން ނެރުނު ރިޕޯޓެއްގައި ވަނީ ބުނެފައެވެ. ސަބަބަކީ ގޭބިސީތަކުން ކެއުމުގައި ބޭނުންކުރުމަށްފަހު އުކާލާ ގިނަ ކުނިތައް ގޭގައި ގެންގުޅޭ ކުކުޅުތަކަށް ކާނާގެ ގޮތުގައި ދޭން ފަށާފައިވާތީއެވެ. އާއްމުކޮށް ކުކުޅެއްގެ އުމުރަކީ ހަތަރު އަހަރު ކަމަށް ވާއިރު ދުވާލެއްގެ މައްޗަށް ކޮލްމާރުގައި ގެންގުޅޭ ކުކުޅުތަކަށް ކާނާގެ ގޮތުގައި ދެވޭ ކާ ކުނީގެ މިންވަރަކީ 150ގުރާމެވެ. އެހެންކަމުން 2015 ވަނަ އަހަރުން ފެށިގެން ބެލި ނަމަވެސް މިހާތަނަށް 273.35 ޓަނުގެ ބައޯ-ވޭސްޓް ގުދުރަތީ ގޮތުން ނައްތާލެވިފައިވާ ކަމަށް ކޮލްމާރުގެ މިހާރުގެ ރައީސް އެރިކް ސްޓްރޯމަން ވަނީ ބުނެފައެވެ. ޖޯކަކަށް ހަދައިގެން ފްރާންސްގެ އަވަށެއްގައި ފެށި މި ހަރަކާތަކީ ހަގީގަތުގައި ވެސް ފައިދާހުރި ހަރަކާތަކަށްވުމާ ގުޅިގެން ބެލްޖިއަމްގެ ބައެއް ސިޓީތަކާއި ޕްރޮވިންސްތަކުގެ 2،500އަށް ވުރެ ގިނަ އާއިލާއިން އަހަރެއްގެތެރޭ ގިނަ އަދަދަކަށް ވަނީ ކުކުޅު ގެންގުޅެން ފަށާފައެވެ.
|
ފްރާންސްގެ ކޮލްމާރު އަވަށުގައި 2015 ވަނަ އަހަރުން ފެށިގެން ހިލޭ ކުކުޅު ދޭން ފަށާފައިވާ ކަމަށާއި މި ސްކީމްގެ މަގްސަދަކީ ކާބޯތަކެތީގެ ކުނި މަދުކުރުން ކަމަށް ބީބީސީ އިން ރިޕޯޓްކޮށްފިއެވެ. މި ސްކީމްގެ ދަށުން ކޮންމެ އާއިލާއަކަށް ހިލޭ ކުކުޅު ދޭއިރު މިކަމުގެ ސަބަބުން އާއިލާތަކަށް ބިސް ހިލޭ ލިބުމުގެ އިތުރުން ކާ ކުނި މަދުކުރުމަށް އެހީވެދެއެވެ. މި ސްކީމްގެ ސަބަބުން މިހާތަނަށް 273.35 ޓަނުގެ ބައޯ-ވޭސްޓް ގުދުރަތީ ގޮތުން ނައްތާލެވިފައިވާ ކަމަށް އެ އަވަށުގެ ރައީސް ވިދާޅުވިއެވެ.
|
ދެ މިނިސްޓްރީއެއްގެ އޮފީސް ހިންގާ އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފްގެ ފަޔަރމަނުން ހަރަކާތްރެރިވަމުންދަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ގެ އޮފީސް ހިންގަމުންދާ މ. ގްރީންބިލްޑިންގައެވެ.
އެ އިމާރާތް ހުންނަ ގޯތީގައި މާލެ ސިޓީ ކައުންސިލްގެ ރެޖިސްޓްރޭޝަން ޑިޕާޓްމަންޓްވެސް ހުރެއެވެ.
އަމީނީމަގުން ދިވެހިރާއްގެ އަޑާއި ފުޑްކޯޓާވީ ހަތަރު އަންގޮޅީގައި މަގުގެ ކަނަކަށްވާ ގޮތަށް ހުންނަ އެ އިމާރާތުގައި އަލިފާން ރޯވި ސީދާ ސަބަބެއް ސާފެއް ނޫނެވެ. މިކަމާ ގުޅޭ ގޮތުން އެމްއެންޑީއެފްއިން އަދި ވަކި އެއްޗެއް ނުބުނެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ އަލިފާން ރޯވެފައިވާ އިމާރާތުގެ ކުރިމަތީގައި ހުރި އިމާރާތްތަކުން މީހުން ބަދަލުކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.
މަންޒަރުތައް ފެންނަގޮތުން އިމާރާތުގައި ވަރަށްބޮޑަށް ވަނީ ރޯވެފައެވެ. އަދި މުޅި ސަރަހައްދަށް ދަނީ ދުމުގެ އަސަރު ކުރަމުންނެވެ. އިމާރާތުން އަރަމުންދާ ދުމުގެ އަސަރު މާލޭގެ ބޮޑު ސަރަހައްދަކަށް ދަނީ ކުރަމުންނެވެ. އެހެންވެ އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އަަޅަން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ އެދިފައެވެ.
އަލިފާނުގެ ޙާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ވަޑައިގެންފަައެވެ.
|
ދެ މިނިސްޓްރީއެއްގެ އޮފީސް ހިންގާ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެމްއެންޑީއެފްގެ ފަޔަރމަނުން އެތަނުގައި ހަރަކާތްތެރިވަމުންދާއިރު އަލިފާން ރޯވި ސީދާ ސަބަބެއް އަދި ނޭނގެއެވެ. ފުލުހުން ދަނީ އަލިފާން ރޯވެފައިވާ އިމާރާތުގެ ކައިރީގައި ހުރި އިމާރާތްތަކުން މީހުން ނެރުމުގެ މަސައްކަތް ކުރަމުންނެވެ. އަލިފާނުގެ އަސަރު މާލޭގެ ބޮޑު ސަރަހައްދަކަށް ފެތުރިފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސްކުރެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެންފައެވެ.
|
ކ. ގުރައިދޫއިން ނިޔާވި 4 މަހުގެ ކުއްޖާގެ ހަށިގަނޑު އޮޓޮޕްސީ ހަދަން ނިންމައިފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ގުރައިދޫގައި 4 މަހުގެ ތުއްތު ކުއްޖަކު ނިޔާވި މައްސަލަ މިއަދު ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށާއި، އެ ކުއްޖާގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ކ. ގުރައިދޫގެ ކައުންސިލް މެމްބަރު އިބްރާހިމް ޝަލީޒް "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރޭ ދަންވަރު 12:30 ހާއިރު ކުއްޖާގެ ހަބަރު ހުސްވެފައި އޮތުމުން އެރަށުގެ ސިއްހީ މަރުކަޒަށް ގެންދެވުނު ކަމަށެވެ. އެ ރަށު ސިއްހީ މަރުކަޒާ ހަވާލާދީ ޝަލީޒް ވިދާޅުވީ އެ ކުއްޖާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމަށެވެ.
ޝަލީޒް އިތުރަށް ވިދާޅުވީ އެ ވަގުތު ކައުންސިލް މެމްބަރުންވެސް ސިއްހީ މަރުކަޒަށް ދިޔަކަމަށާއި، ދެން މަސައްކަތް ފެށީ ކުއްޖާގެ ކަށުކަމާކެމީގެ ކަންކަން ކުރުމަށް ކަމަށެވެ. ނަމަވެސް ރޭ ދަންވަރު 3 ހާއިރު ފުލުހުންގެ ލޯންޗެއް އެރަށަށް އައި ކަމަށާއި ފުލުހުން ކުއްޖާގެ ހަށިގަނޑު މާލެ ގެންދަން ޖެހޭކަމަށް ބުނި ކަމަށެވެ.
ކުއްޖާގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައިވާކަން ފާހަގަކުރެވެން ނެތް ނަމަވެސް ކުއްޖާގެ ނޭފަތުން ލޭ އައިސްފައިވާކަމަށް އެރަށު ސިއްހީ މަރުކަޒާ ހަވާލާދީ ޝަލީޒް ވަނީ ވިދާޅުވެފައެވެ. ޝަލީޒް އިތުރަށް ވިދާޅުވީ ކުއްޖާގެ ހަށިގަނޑު މިވަގުތު އޮތީ މޯޗަރީގައި ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
|
ކ. ގުރައިދޫގައި ނިޔާވި 4 މަހުގެ ތުއްތު ކުއްޖާގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ފުލުހުން ނިންމައިފިއެވެ. ރޭ ދަންވަރު ކުއްޖާގެ ހަބަރު ހުސްވެގެން ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް އެރަށު ކައުންސިލް މެމްބަރު އިބްރާހިމް ޝަލީޒް ވިދާޅުވިއެވެ. ކުއްޖާގެ ހަށިގަނޑު މާލެ ގެންދިޔުމަށް ފުލުހުންގެ ލޯންޗެއް އައިސްފައިވާއިރު ކުއްޖާގެ ބޭރުފުށުން އަނިޔާއެއް ނުފެނުނު ނަމަވެސް ނޭފަތުން ލޭ އައިސްފައިވާކަމަށް ޝަލީޒް ވިދާޅުވިއެވެ. މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން ގެންދެއެވެ.
|
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބަންޑާރަނައިބުގެ އޮފީހުގެ ބިލު މިއަދު ތަޞްދީޤުކުރައްވައިފިއެވެ. މި ބިލަކީ، 15 މޭ 2025 ވީ ބުރާސްފަތި ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 32 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ. މިއާއެކު، ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނު ވުޖޫދުވީއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރެއްވުމާ ގުޅިގެން ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ބިލު ތަޞްދީޤުކުރައްވައި، ގެޒެޓުގައި ޝާއިޢުކުރައްވާތާ 90 (ނުވަދިހަ) ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.
|
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބަންޑާރަ ނައިބުގެ އޮފީހުގެ ބިލު ތަސްދީޤުކުރައްވައި އެ ޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވައިފިއެވެ. މި ބިލަކީ 15 މޭ 2025 ވީ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ބިލެކެވެ. ގާނޫނަށް އަމަލުކުރަން ފަށާނީ ގެޒެޓުގައި ޝާއިޢުކުރައްވާތާ 90 ދުވަސް ފަހުންނެވެ.
|
ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ޠާރިޤު އިބްރާހީމް، ޤަޠަރު ޓޫރިޒަމްގެ ޗެއަރމަން ސަޢުދު އަލް-ޚަރްޖީއާ ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުވުން ބާއްވާފައިވަނީ ދުބާއީގައި ކުރިއަށްދާ އަރަބް ޓްރެވަލް މާކެޓް (އޭޓީއެމް) 2025 ގަ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ދެ ގައުމުގެ ޓޫރިޒަމް ދާއިރާ އިތުރަށް ކުރިއެރުވުމަށް މަޝްވަރާކުރެވުނު ކަމަށާއި އަދި ދެ ގައުމުގެ ދެމެދުގައި އޮތް ރަހުމަތްތެރިކަން އިތުރަށް ބަދަހިކުރުމަށް މަގުފަހިވާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.
އޭޓީއެމް 2025 އަކީ މެދުއިރުމަތީގެ ސަރަޙައްދުގައި ބޭއްވޭ އެންމެ ބޮޑު އެއް ޓޫރިޒަމް މައުރަޒެވެ. މި މައުރަޒުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޓޫރިޒަމް ދާއިރާގެ އިސްވެރިންނާއި، ވިޔަފާރިވެރިން ބައިވެރިވެ، އެ ދާއިރާގެ އެންމެ ފަހުގެ ކުރިއެރުންތަކާއި ޓްރެންޑްތައް ހިއްސާކުރެ އެވެ.
މިނިސްޓަރު ޠާރިޤު އިބްރާހީމްގެ މި ބައްދަލުވުމަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ އިތުރަށް ތަރައްޤީކޮށް، ބައިނަލްއަޤުވާމީ ފެންވަރުގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓްރީން ބުނެ އެވެ.
|
ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ޠާރިޤު އިބްރާހީމް ޤަތަރު ޓޫރިޒަމްގެ ޗެއަރމަން އާއި ބައްދަލުކުރައްވައިފިއެވެ. ދުބާއީގައި ކުރިއަށްދާ އޭޓީއެމް 2025ގައި ބޭއްވި މި ބައްދަލުވުމުގައި ދެ ގައުމުގެ ޓޫރިޒަމް ކުރިއެރުވުމާއި ރަހުމަތްތެރިކަން އިތުރުކުރުމަށް މަޝްވަރާކުރެވުނެވެ. މިއީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
|
މަރުޙޫމް ޝައިޚް އިބްރާހީމް ފަރީދުގެ ޖަނާޒާގެ ކަންކަން ފުރިހަމަކޮށްދެއްވި ގޮތާމެދު ހިތްހަމަޖެހި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި ދިވެހި ސަރުކާރަށް ފަރީދުގެ އާޢިލާއިން މިއަދު ޝުކުރު އަދާކޮށްފިއެވެ.
ޝައިޚް ފަރީދުގެ އާއިލާއިން ވިދާޅުވެފައިވަނީ، ޖަނާޒާގެ ކަންތައްތައް ފުރިހަމަ ކޮށްދެއްވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. މީގެ އިތުރުން، މެލޭޝިޔާގެ އެމްބެސަޑަރާއި ހައިކޮމިޝަންގެ ހުރިހާ މުވައްޒަފުންނަށާއި، ޖަނާޒާގެ ކަންކަން ފުރިހަމަކޮށްދެއްވުމުގައި އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށްވެސް އިޚުލާސްތެރިކަމާއެކު ޝުކުރު އަދާކޮށްފައިވެއެވެ.
އާއިލާއިން އިތުރަށް ފާހަގަކޮށްފައިވަނީ، މަރުޙޫމް ފަރީދުގެ އާއިލާއަށް ތަޢުޒިޔާ ފޮނުވި ހުރިހާ ފަރާތްތަކަށްވެސް ޝުކުރު އަދާކުރާ ކަމަށެވެ.
ޝައިޚް އިބްރާހީމް ފަރީދުގެ ޖަނާޒާ ބޭއްވުނީ މިއަދު މެންދުރު ނަމާދަށްފަހު މެލޭޝިޔާގެ ސެލަންގޯގެ ހާޖީ ފީސަ ފީސަބީލިﷲ މިސްކިތުގައެވެ. އަދި އެމަނިކުފާނު ފަސްދާނުލެވުނީ ތަނާޙް ޕަރްކުބްރަން އިސްލާމް ރައުދުލް ބަޤީ ގަބުރުސްތާނުގައެވެ.
ޝައިޚް ފަރީދަކީ ދިވެހިރާއްޖޭގެ އިސްލާމްދީން ފެތުރުއްވުމުގައި ދީނީ ދަރުސްދެއްވުމުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރެއްވި ބޭފުޅެކެވެ.
|
މަރުޙޫމް ޝައިޚް އިބްރާހީމް ފަރީދުގެ ޖަނާޒާގެ ކަންކަން ފުރިހަމަ ކޮށްދެއްވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި ދިވެހި ސަރުކާރަށް އާއިލާއިން ޝުކުރު އަދާކޮށްފިއެވެ. އާއިލާއިން ވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދަށާއި މެލޭޝިޔާގެ އެމްބެސަޑަރާއި ހައިކޮމިޝަންގެ މުވައްޒަފުންނަށްވެސް ޝުކުރު އަދާކޮށްފައެވެ. ޝައިޚް ފަރީދަކީ ދިވެހިރާއްޖޭގައި އިސްލާމްދީން ފެތުރުއްވުމުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރެއްވި ބޭފުޅެކެވެ.
|
Dhivehi Text Summarization Dataset
Dataset Description
This dataset contains Dhivehi (Maldivian) text summarization pairs, consisting of original news articles and their corresponding summaries. The dataset is designed to support the development of Dhivehi text summarization models and advance NLP research for low-resource languages.
Dataset Summary
- Language: Dhivehi (dv)
- Task: Text Summarization
- Domain: News Articles
- Format: Original content paired with summaries
- Split: 80% train, 20% test
Languages
The dataset contains text in Dhivehi (Divehi), the official language of the Maldives, written in the Thaana script.
Dataset Structure
Data Instances
Each instance contains:
text: The full original text/article in Dhivehisummary: A concise summary of the original content in Dhivehi
Example:
{
"text": "ކޮންމެ މީހަކަށްވެސް ނުރަނގަޅު ކަމެއް ކުރެވިދާނެއެވެ. އެކުގައި އުޅެން އެންމެ ނުރައްކައުތެރި މީހުންނަކީ ކުރެވޭ ނުރަނގަޅު ކަންކަން ވިސްނައިދިނުމުން އިޞްލާޙްނުކުރާ މީހުންނެވެ. އެމީހުން ކުރާ ނުބައި ޢަމަލުކުރުންމަތީގައި ދެމިތިބޭ މީހުންނެވެ. ބައެއް މީހުންނަށް ވިސްނެނީ އެފަދަ މީހުންނާއިއެކު އުޅުމަކީ އެއްވެސް މައްސަލައެއް ނޫންކަމަށެވެ...",
"summary": "އެއްވެސް މީހަކީ ފުރިހަމަ މީހެއް ނޫނެވެ. ނަމަވެސް، ކުށްތަކަށް އިޞްލާޙް ނުވެ ދެމިތިބޭ މީހުންނާއެކު.."
}
Data Fields
- text (string): The source text that needs to be summarized
- summary (string): Human-written summary of the original content
Data Splits
| Split | Number of Examples |
|---|---|
| train | ~80% of total |
| test | ~20% of total |
Length Analysis
The dataset contains summaries of varying lengths. The length of the summaries is as follows:
Total Entries : 56,133
Length Statistics
- Mean Length: 525.9 characters
- Median Length: 498.0 characters
- Min Length: 3 characters
- Max Length: 7,702 characters
- Standard Deviation: 198.5
Category Distribution
| Category | Range (chars) | Count | Percentage | Description |
|---|---|---|---|---|
| Very Short | 0-40 | 59 | 0.1% | keyword/headline |
| Short | 41-120 | 54 | 0.1% | short highlight |
| Medium | 121-300 | 2,475 | 4.4% | short paragraph |
| Long | 301-600 | 39,516 | 70.4% | detailed paragraph |
| Extended | 601+ | 14,029 | 25.0% | extended summary |
Dataset Creation
Source Data
The dataset consists of Dhivehi news articles and their corresponding summaries, collected and processed to ensure quality and consistency.
Data Processing
The data underwent several preprocessing steps:
- Validation: Ensured both original content and summaries are non-empty
- Character Cleaning: Removed unwanted Unicode characters (RTL marks, zero-width characters)
- Content Filtering: Removed advertisement text and promotional content
- Whitespace Normalization: Cleaned excessive whitespace and formatting issues
Usage
Loading the Dataset
from datasets import load_dataset
# Load the dataset
dataset = load_dataset("alakxender/dhivehi-summaries")
# Access train and test splits
train_data = dataset['train']
test_data = dataset['test']
# Example usage
print(f"Training examples: {len(train_data)}")
print(f"Test examples: {len(test_data)}")
Use Cases
This dataset can be used for:
- Text Summarization: Training and evaluating Dhivehi summarization models
- Language Model Fine-tuning: Adapting existing models for Dhivehi text generation
- Cross-lingual Research: Studying summarization across different writing systems
- Low-resource NLP: Advancing techniques for under-resourced languages
Limitations
- Domain Specificity: Primarily contains news content, may not generalize to other domains
- Size: As a low-resource language dataset, the size may be limited compared to major languages
- Temporal Coverage: Content may be concentrated in specific time periods
- Length of summaries: Some summaries may be longer depending on the use case. Additional processing may be required to standardize or shorten them.
- Downloads last month
- 20